އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެކަމަށް މަސައްކަތް ކުރެވިއްޖެނަމަ ސުވަރުގެ ވެއްދެވުމުގެ ކުރިންވެސް ރަސޫލް ޞޢވ އާއި އެކުގައިވެވުމުގެ ފުރުޞަތު އެބައޮތް-: ޢުމަރު ސުލައިމާން

އެކަމަށް މަސައްކަތް ކުރެވިއްޖެނަމަ ސުވަރުގެ ވެއްދެވުމުގެ ކުރިންވެސް ރަސޫލް ޞޢވ އާއި އެކުގައިވެވުމުގެ ފުރުޞަތު އެބައޮތް-: ޢުމަރު ސުލައިމާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

އާޚިަރްތ ލިބިގަންނަން މަސައްކަތްކުރާ މީހަކަށް އޮތީ އެކަމަށް ކުރަންހުރި މަސައްކަތްތަކުގައި ހީވާގިވުމެވެ. ހީވާގިވެވިއްޖެނަމަ އެމީހާގެ ފުރާނަ ގެންދަވާ ހިސާބުން އެމީހަކަށް އެވަނީ އުފާވެރިކަން ލިބިފައެވެ. އިން ޝާ ﷲ  

މަރުވުމަކީ ނިމުމެއް ނޫނެވެ. މަރުވުމަކީ ޙަޔާތެއްގެ ފެށުމެވެ. މަރުވެ ވަޅުލެވުމުން އެމީހަކު އެންމެ ލޯބިވީ މީހުންނާއިއެކުގައި ވެވޭނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

ރަސޫލް ގެ ދަރިކަނބަލުން ފާޠީމަތުގެފާނަށް ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެންމެ ފުރަތަމަ ތިމަންކަލޭގެފާނާއި ބައްދަލުކުރައްވަވަނީ ދަރިކަނބަލުންނެވެ." އެކަންމެދުވެރިވީވެސް ހަމަ އެފަދައިންނެވެ. ޞަޙާބީންގެތެރެއިން އެންމެ ފުރަތަމަ އަވަހާރަވީ ފާޠިމަތުގެފާނެވެ.  

އަބޫބަކުރުގެފާނު އަވަހާރަވުމުން ފަސްދާނުލުން ލަސްނުކޮށް އަވަސްކުރުމަށް ވަޞިއްޔަތްކުރެއްވެވިއެވެ. އަދި ރަސޫލް ފަދައިން ޙައްޖުގައި ބޭނުންފުޅު ކުރެއްވެވި 2 އިޙްރާމާއި އިތުރުފޭރާމަކުން ކަފުން ކުރުމަށްވެސް ވަޞިއްޔަތްކުރެއްވެވިއެވެ.  

ފަސްދާނުލުން އަވަސްކުރުމަށް އެވިދާޅުވީ ވީހައި އަވަހަކަށް ރަސޫލް އާއި ބައްދަލުކުރެއްވެވުމަށް އޮތް ބޭނުންފުޅު ބޮޑުކަމުންނެވެ.  

ޢުޘްމާންގެފާނު އަވަހާރަވި ދުވަހު ހުވަފެންފުޅުގައި ރަސޫލް ، އެދުވަހުގެ ރޯދަ ޢުޘްމާންގެފާނު ވީއްލަވާނީ ރަސޫލް އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއިއެކުގައިކަމަށް ޙަދީޘްފުޅުކުރެއްވެވިއެވެ.  

އަދި ކީއްހެއްޔެވެ؟ ބިލާލްގެފާނު އަވަހާރަވުމުގެ ދުވަސް އައިސް ޖެހުމުން އެކަމަށް އުފާފުޅު ކުރެއްވެވިއެވެ. އެއީ ރަސޫލް އާއި މިތުރު ޞަހާބީންނާއި ބައްދަލުވެވަޑައިގަންނަވާނެތީކަމަށް ވިދާޅުވިއެވެ.  

ވީމާ އެނގިގެން މިދަނީ ކައްވަޅުގައިވެސް އެމީހަކު އެންމެ ލޯބިވާ މީހުންނާއި ބައްދަލުވާނެކަމެވެ. ނަމަވެސް އެ ނިޢްމަތް ލިބޭވަރަށް އެކަމަށް މަސައްކަތްކުރެވިގެންނެވެ. މަރުވުމުން ރަސޫލް އާއި ބައްދަލުވެވުމުގެ ފުރުޞަތު އަހަރެމެންނަށްވެސް އެބަ އޮތެވެ. ފިރިންނާއި، އަނބިދަރިންނާއި މައިންބަފައިންނާއި އެކުވެރިންނާއި ބައްދަލުވުމުގެ ފުރުޞަތުވެސް އެބައޮތެވެ. އޮތީ އެކަމަށް އެދިގެން މަސައްކަތްކުރުމެވެ.

 

- އިމާމް ޢުމަރު ސުލޭމާނުގެ ދަރުސަކުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް