އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް

މިއަދަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް ރޭގައި ފެނުމުން މިއަަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

"މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ މިހިނގާ މޭ މަހުގެ 28 ވާ ބުދަ ދުވަހަކީ 1446 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 01 ވަނަ ދުވަސް ކަމުގައި ވާތީ، މީލާދީ ސަނަތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 05 ވާ ބުރާސްފަތި ދުހަކީ 1446 ވަނަ އަހަރުގެ ޙައްޖު (ޢަރަފާތު) ދުވަސް ކަމުގައި ދަންނަވަމެވެ." މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ދިވެހި ޙައްޖުވެރިން މިހާރު ވަނީ ފުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ދެ ފްލައިޓެއްގެ ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު