އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބޭ މިންވަރުން ދެކޮޅުނުޖެހެނީހެއްޔެވެ؟ މިބުނާ ކަންކަމަށް ސަމާލުކަން ދިނުމަކީ ތަނަވަސްކަން އިތުރުވާނެ ސަބަބެވެ! އިން ޝާ ﷲ

ލިބޭ މިންވަރުން ދެކޮޅުނުޖެހެނީހެއްޔެވެ؟ މިބުނާ ކަންކަމަށް ސަމާލުކަން ދިނުމަކީ ތަނަވަސްކަން އިތުރުވާނެ ސަބަބެވެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ކޮންމެވެސް ކަމެއް މެދުވެރިވެ ތިމާއަށް ލިބޭ ފައިސާކޮޅު މަދުވެދާނެއެވެ. މާލީ ގޮތުން އެކި މީހުންނަށް ކުރިމަތިވާނީ އެކި ހުރަސްތަކެވެ. މުސާރައަށް ބަރޯސާވެގެން ދިރިއުޅޭ މީހެއްގެ ވަޒީފާ ގެއްލުނަސް މުސާރަ ކުޑަވިނަމަވެސް އަތަށް ލިބޭ ފައިސާކޮޅު މަދުވެދާނެއެވެ. ދިރިއުޅެން ކުރާ މަސައްކަތުން ލިބޭ އާމްދަނީ މަދުވިނަމަވެސް އެގޮތް މެދުވެރިވެދާނެއެވެ. މިފަދަ އެތައް ގޮތެއްވެސް މެދުވެރިވެދާނެއެވެ.

ބުނެލަން ބޭނުންވަނީ އަތަށް ލިބޭ ފައިސާ، ނުވަތަ އާމްދަނީ މަދުވި ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ ލިބޭ ޢަދަދު މަދުވުމަކީ އެއްވެސް މައްސަލައަކަށްނުވެ ފުދިގެން އުޅެވޭނެއެވެ. ވީމާ އަހަރެމެންނަށް އޮތީ ލިބޭ އާމްދަނީގައި ބަރަކާތްލެއްވެވުން އެދުމާއި އާމްދަނީ ހޯދަން ކުރާ މަސައްކަތް އިތުރުކުރުމެވެ.

އެއްވެސް ސަބަބެއް މެދުވެރިވެގެން ލިބޭ އާމްދަނީ މަދުވެއްޖެ ނަމަ ފުރަތަމަވެސް ވިސްނައިލަންވީ ތިމާއަށް ކުރެވޭ ފާފަތަކާއިމެދުގައެވެ. ފާފަކުރުން މުޅިން ހުއްޓައިލާށެވެ! ތައުބާވާށެވެ! ގިނަގިނައިން އިސްތިޣްފާރުކުރާށެވެ! އެއިރުން ﷲ ތައާލާގެ ރަޙްމަތް އެމީހަކަށް ނުވަތަ އެބައަކަށް އުޑުން އޮއްސަވައި ދެއްވަވާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އެއީ އެއްވެސް މީހަކު އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ.

މިއީ ރަސޫލްބޭކަލުން ފައުޅުވާނެ ޒަމާނެއް ނޫނެވެ. ވީމާ 7 އުޑުމަތިން ވަޙީއެއް ނުފޮނުއްވަވާނެތެވެ. އަހަރެމެންނަށް އޮތީ ކުރިމަތިކުރައްވަވާ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމެވެ. އެއރުން ސަލާމަތްވެވޭނެ މަގުތައް ދައްކަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް