އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިކަންކަމަށް ސަމާލުކަން ނުދީ ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންނަކަށް ނުހެދޭނެ!: މުފްތީ މެންކް

މިކަންކަމަށް ސަމާލުކަން ނުދީ ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންނަކަށް ނުހެދޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ކޮންމެ މައަކުވެސް ބަފައަކުވެސް ބުނާނީ އެމީހުންގެ ދަރިންނަކީ އެންމެ ތަޤްވާވެރި ކުދިންކަމުގައި ހަދަން ބޭނުންވާކަމަށެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް މައިންބަފައިން އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. ނަމަވެސް އެއީއަކީ އެކަން ބޭނުންވާކަމަށް ބުނެލުމުން ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ނޫނީ ޙާޞިލުނުކުރެވޭނެ ކަމެކެވެ.  

ފުރަތަމަ ކަމަކަށް ދެމަފިރިންގެ އަޚްލާޤް ރިވެތިކުރާށެވެ! ވާހަކަދައްކާ ބަސްމަގު ރިވެތިކުރާށެވެ! ޢަމަލުތައް ރިވެތިކުރާށެވެ. އެކަންކަން ނުކުރެވޭނަމަ އެކުދިންނަށްވާނީ ކިހިނަކުންހެއްޔެވެ؟ އެކަމަށް ނިކަން ވިސްނައިލަބަލާށެވެ!  

ދުނިޔެ މިދަނީ ކުރިއަރަމުންނެވެ. ޚާއްޞަކޮށް ނުބައި ޢަމަލުތައް ކުރުމުގައި މިދަނީ މާބޮޑަށް ކުރިއަރަމުންނެވެ. އެހެންވީމާ މައިންބަފައިންގެ ކިބައިން ފެނުނީ ނުބައި ސިފައެއްގެ ނުވަތަ ނުބައި ކަމެއްގެ އަލިފްބާ ނަމަ އެކުދިންގެ ޢަމަލުތައް ޔާ އާއި ހަމައަށް އަރައިގެންދާނެކަން ޤަބޫލުކުރަންވާނެއެވެ. އެކަމަށް މައިން ބަފައިން ސަމާލުކަން ނުދީ ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރިންކަމުގައިވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

ލޮބުވެތި މައިންބަފައިންނޭވެ! މީހުން ދައްކާ ވާހަކައެއް ނޫނެވެ. ތަޖުރިބާއިން އެނގޭ ގޮތުގައި އެންމެ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުވެގެން އަންނަނީ އެމީހުންގެ މައިންބަފައިންގެ ކިބައިން ރަނގަޅު ސިފަތައް ފެނުމުންނެވެ. އެމީހުންނަކީ ރަނގަޅު ބައަކަށްވުމުންނެވެ.  

އިތުރަށް ބުނާނަމަ އެންމެ ރަނގަޅު ނަމޫނާ ބައަކީ ޞަޙާބީންކަމުގައިވީ ކީއްވެގެންހެއްޔެވެ؟ އެއީ އެބޭކަލުން ނަމޫނާއަކަށް ބެއްލެވީ ދުނިޔެއިން ފެންނާނެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައިވުމުންނެވެ. އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު މުޙައްމަދު ޞައްލަﷲ ޢަލައިހި-ވަސައްލަމަ ކަމުގައިވުމުންނެވެ.  

އެމީހަކު އެކުގައި އުޅޭ ބައަކީ ނުބައި ބައަކަށްވެއްޖެނަމަ އެކަމުގެ ނުބައި އަސަރު އެމީހަކަށް ކުރާނެކަން އަހުރެމެންގެ ދީނުން އެނގެން އޮތްއިރު ދަރިންނަށް އުޅެންޖެހިފައިވަނީ ނުބައި މައިންބަފައިން ނުވަތަ ބެލެނިވެރިންނާއިއެކުގައި ކަމަށްވެއްޖެނަމަ އެކަމުގެ އަސަރު ދަރިންނަށް ކުރާނެ މިންވަރާއިމެދު ވިސްނައިލާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް