އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ހޭލުންތެރިވާންޖެހޭ ބައެއް ކަންކަން-

ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރެއިން ހޭލުންތެރިވާންޖެހޭ ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

އޮށޯވެ އޮވެގެން ޤުރްއާން ކިޔެވިދާނެތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. 

ޤުރުއާން ކިޔެވުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ޚަތިމް ހިފައިގެން އޮށޯވެ އޮވެ ކިޔެވުމަކީ ހުއްދަ ކަމެކެވެ. އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހަގެ އަރިއަހުން ރިވާވެގެނވެއެވެ. 

((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَّكِئُ فِيْ حِجْرِيْ وَ أَنَا حَائِضٌ ثمَُّيَقْرَأُ الْقُرْآنَ))رواه البخاري(297) ، ومسلم (301)

މާނައަކީ؛ "ތިމަން ކަމަނާގެ އުނގުފުޅުގައި އޮށޯވެވަޑައިގެން އޮންނަވައި ޤުރުއާން ކިޔަވައި ވިދާޅުވިއެވެ. އެއީ ތިމަންކަމަނާ ޙައިޟުގެ ދުވަސްވަރުވެސް މެއެވެ." 

އަދި އާލި ޢިމްރާން ސޫރަތުގެ 191 ވަނަ އާޔަތުން އޮށޯވެ އޮވެގެން ޤުރުއާން ކިޔެވިދާނެކަމަށް ދަލީލު ލިބޭކަމށް އިބުނު ރަޖަބު ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ.

"فتح الباري" (1/406) 

އަދި ދަންނަވަމެވެ. މިފަދަ ކަންކަމަކީ ހުއްދަ ކަންތައް ކަމުގައި ވިޔަސް، ހޭލުންތެރިކަން ކުޑަ މުޖުތަމަޢުތަކުގައި މިފަދަކަންތައް ކުރުމުން ޤުރުއާނާ މެދު މީހުންގެ ހިތްތަކުގައި ޤަދަރުކުޑަވެގެން ހިނގައިދާނެތީވެ، މިބާވަތުގެ ކަންކަން ކުރުމަށްވުރެ ނުކުރުން އެދެވިގެންވަކަމަށް ފެނެއެވެ.

ޢައުރަ ނިވާނުކޮށް ހުރެވެސް ގުރްއާން ކިޔެވިދާނެއެވެ. ނަމަވެސް މޮޅުއިތުރު ގޮތަކީ ޢައުރަ ނިވާކޮށްގެން ހުރެ ގުރްއާން ކިޔެވުމެވެ. والله  أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަވްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް