އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
ފުރަތަމަވެސް ވެސް ވުސްނައިލާށެވެ! މީހުން ނިދުމުން ހޭލައި އެކަނި ހުރެ ރޭއަޅުކަންކުރުމުގެ ޘަވާބު އެހައި މަތިވެގެންދާ ސަބަބަށެވެ. ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރަން އޮވެފައި ރަވާތިބް ސުންނަތް ނަމާދުތައް ގޭގައި ކުރަން އޮންނަ ސަބަބަށެވެ.
ގޮތް ބަލައިލަން ނަމަވެސް ކިތަންމެ ކުޑަ ނަމަވެސް، ހެޔޮ ޢަމަލެއް ކޮންމެ ދުވަހަކު ޤަވާއިދުން ވަރަށް ސިއްރުންކޮށްބަލާށެވެ! ތިމާ އާއި ހުރިހާ ކަމެއް ދެނެވޮޑިގެންވާ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނުއަންގައެވެ.
ކުޑަވެގެން އެއީ ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުން ކަމުގައިވީނަމަވެސް، ކިތަންމެ ކުޑަ ޞަދަޤާތެއްކުރުން ކަމުގައިވީނަމަވެސް އަދި މީހަކަށް ހެޔޮނަޞޭޙަތެއްދިނުން ކަމުގައިވީނަމަވެސްމެއެވެ.
ހަމަ އެއާއިއެކު އެންމެހައިފާފަތަކުން ދުރުވެހުރެ ނިކަން ﷲ ތަޢާލާއަށް ކަންކަމުގައި ދަންނަވައިބަލާށެވެ! ތިބާއަށް ހީވެސް ނުކުރެވޭފަދަ ބޮޑެތި ރަޙްމަތް މިންވަރު ކުރައްވަވާނެތެވެ! އިން ޝާ ﷲ ހަމައެއާއިއެކު މިބުނި މަގުގައި ސާބިތުވެ ހުރުމަކީ ސުވަރުގެ ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ ސުވަރުގެ ލިބުމަށް އުންމީދުކޮށްގެން މިބުނި ގޮތުގައި ސާބިތުވާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
1 ޖޫން 2025