އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ގާތް މީހުންގެ ލޯތްބާ އަޅާލުން ނުލިބުން- ގިނަބައަކު އެންމެ ބޮޑަށް ދެރަވެ ހިތްދަތިވާ ސަބަބު-: މުފްތީ މެންކް

އެންމެ ގާތް މީހުންގެ ލޯތްބާ އަޅާލުން ނުލިބުން- ގިނަބައަކު އެންމެ ބޮޑަށް ދެރަވެ ހިތްދަތިވާ ސަބަބު-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

އަޅުގަނޑަށް މިވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އެހީތެރިކަން ލިޞޭނެކަމަށް ޔަޤީންކޮށްގެން ހުރި އެކެއްގެ ކިބައިންވެސް އެހީތެރިކަމެއް ނުލިބުނެވެ. އެހެންވެ މިހާރު މިވާގޮތަކީ ކުރިމަތިވި މައްސަލައަށްވުރެ މިކަން މާބޮޑުވީއެވެ. މިޙާލަތުގަ ޙައްލަކީ ކޮބައިތޯ؟

ކިޔުންތެރިޔާއަށް ދަނަނަވާލަން އޮތީ ތިއަ ޙާލަތުގައި އިތުރަށް ޔަޤީންކުރަންވީ އަބަދުވެސް ޔަޤީންކޮށްގެން ހުންނަން ޖެހޭނެ ކަންތަކެވެ. އެއީ އެއްވެސް މީހަކު ތިމާއަށް އެހީތެރިނުވިޔަސް މައްސަލައެއް ނެތްކަމާއި ﷲ ތަޢާލާ ތިމާއާއިއެކު ވޮޑިގެންވާ ކަމެވެ. އެކަމުން ތިމާއަށް ފުދޭކަމެވެ. ކުރައްވަން އޮތް ދުޢާއަކީ އިބްރާހީމްގެފާނު ކުރެއްވެވި ދުޢާއެވެ!

حَسْبِيَ اللهُ وَنِعْمَ الوَكِيلُ

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ކޮންމެ މީހެއްގެ ކިބައިން ނަމަވެސް ހިތްދަތިވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ ހިތަށް އަސަރުކުރާނެއެވެ. އެކަމުން ކުރާ އަސަރު ބޮޑުވެގެން ދިއުމަށްވެސް ސަބަބުތަކެއްވެއެވެ. އަދި ވަކި ބައެއްގެ ކިބައިން ހިތްދަތިކަން ނުވަތަ އެއްބާރުލުން ނުލިބުމުން ކުރާ އަސަރު އިތުރަށް ބޮޑުވެގެންދެއެވެ.

މިޘާލަކަށް ކަމަކަށް ބޭނުންވުމުން ކޮންމެ މީހެއްގެ ގާތަށް ދާނީ އެކަން ޙާޞިލްވާނެކަމުގެ ޔަޤީންކަމާއިއެކުގައެއް ނޫނެވެ. އެފަދަ މީހެއްގެ ކިބައިން ކަމެއް ޙާޞިލްނުވުމުން ކުރާއަސަރަށްވުރެ އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަމާއިއެކު ކަންކަމަށް އެދެވޭ މީހުންގެ ކިބައިން ކަންކަން ނުވުމުން ކުރާ އަސަރު ބޮޑުވެގެންދާނެއެވެ.

އިންސާނުންގެ ހިތަށް އެންމެ ބޮޑަށް އަސަރުކޮށް ހިތްދަތިވާނީ އެމީހަކަށް އެބައެއްގެ ކިބައިން ލޯތްބާއި ހިތްވަރާއި އެއްބާރުލުން ލިބޭނެކަމަށް އުންމީދުކޮށް ޔަޤީންކޮށްގެން ހުންނަ މީހުންގެ ކިބައިން އެކަންކަން ނުލިބުމުންނެވެ. އެމީހެއްގެ އަނބިދަރިން، ފިރިން، ޢާއިލާ، އެމީހަކު ލޯބިވާ މީހުންގެ ކިބައިން ހިތްވަރާއި އެއްބާރުލުން ނުލިބުމުންނެވެ.

އެންމެ ފުރަތަމަ ބަލައިލަންވީ ރަސޫލް ﷺ އަށް އެންމެބޮޑަށް އެކަންކަން މެދުވެރިވި ސަބަށެވެ. ﷲ ތަޢާލާ އިސްލާމް ދީން ބާވައިލެއްވެވުމުން އެންމެ ބޮޑަށް ރަސޫލް ﷺ އުންމީދުކުރެއްވެވީ އެކަލޭގެފާނުގެ ޢާއިލާ އާއި ގާތް މީހުން އަދި މައްކާގެ އަހުލުވެރިންގެ ކިބައިން ރަސޫލް ﷺ އަށް ހިތްވަރުފުޅާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނމަވެސް ކަންތައްތައް މެދުވެރިވީ އެފަދައިންނެއް ނޫނެވެ. އެއިގެތެރެއިން ގިނަ ބައަކު ނުކުތީ ރަސޫލް ﷺ އާއި ދެކޮޅަށެވެ.

އެކަމުގެ ސަބަބުން ހިތްޕުޅަށް ދަތިކަންލިބިވަޑައިގަންނަވާތީ ﷲ ތަޢާލާ ޢަމަލުކުރަން އެންގެވި ގޮތް މި 3 އާޔަތުން އެނގިގެންދެއެވެ.

"ހަމަކަށަވަރުން އެއުރެން ބުނާބުނުމުން ކަލޭގެފާނު ހިތްޕުޅުދަތިވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (އަލްޙިޖްރި: 97) "ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށްޙަމްދާއިއެކު ތަސްބީޙް ވިދާޅުވާށެވެ! އަދި ސަޖިދަކުރާ މީހުންގެތެރެއިން ކަލޭގެފާނު ވެވަޑައގަންނަވާށެވެ." (އަލްޙިޖްރި: 98) "އަދި ކަލޭގެފާނުގެ އަރިއަހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!" (އަލްޙިޖްރި: 99)

މިއީ ހަމަ އަހަރެމެނެން ހުރިހާ މުސްލިމުންވެސް މިފަދަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ޢަމަލުކުރަން އޮތް ގޮތެވެ. ކޮންމެ ފަދަ ބޮޑު ހިތްދަތިކަމެއް، ކަންބޮޑުވާންޖެހޭ ކަމެއް އަދި މުޞީބާތެއް ކުރިމަތިވިނަމަވެސް ﷲ ތައާލާ އަނގަވާފައިއެވަނީ އެކަލާނގެ ހަނދުމަކޮށް ތަސްބީޙް ކިޔުމަށެވެ. ނަމާދުކޮށް ސަޖިދަކުރުމަށެވެ.

މިފަދަ ކޮންމެ ކަމަކާއި ގުޅިގެން ނަމާދުކުރިނަމަވެސް ނަމާދުގައި ސަޖިދަ ތަންކޮޅެއް ދިގުކޮށްލާށެވެ! ސަޖިދައިގައި އޮވެ އެމީހަކު ދަންނަވަން ބޭނުން ކޮންމެ ކަމަކަށް އެދި ދަންނަވާށެވެ. އެމީހަކަށް އެކަމެއް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ

ދެން އަންގަވާފައި އެވަނީ އެންމެ މުހިންމު ބައެވެ. އެއީ މަރުވުމަށްދާންދެން ތަސްބީޙް ކިޔުމާއި ސަޖިދަކުރުންމަތީގައި ދެމިހުރުމަށެވެ. ވީމާ ތިމާއަށް ކުރިމަތިވި ކަންތައް ޙައްލުވިނަމަވެސް، ޙައްލުނުވެ ލަސްވިނަމަވެސް މިފަދައިން ޢަމަލުކުރުންމަތީގައި ދެމިހުންނާށެވެ! ދެދުނިޔޭގައިވެސް އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް