އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާވުމަށް ޢަމަލުކުރަންޖެހޭ ގޮތް-

ތައުބާވުމަށް ޢަމަލުކުރަންޖެހޭ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ލޯބިވެރިއަކު ޙާޞިލްކުރުން ފަދަ ކަމެއް ޙާޞިލް ކުރުމަށްވިޔަސް ފަންޑިތަ ހެދުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެކަމަކީ އެއީ ޝިރްކުގެ ޢަމަލެކެވެ. އެހެންކަމުން މިފަދަ ކަމެއް ކުރެވިފައިވާނަމަ އެކަމުން ފުރިހަމަ އަށް ތައުބާވާން ޖެހޭނެއެވެ.  

ތައުބާ ޤަބޫލުކުރެއްވުމުގެ ޝަރުޠުތައް : 

1- ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން .

2- ކުރެވުނު ފާފަތަކަށް ހިތާމަކުރުން . އެބަހީ : މާތް ﷲ ގެ ޙައްޤުގައި ތިމާ ފަރުވާކުޑަކޮށްފައިވާކަން މައްޗަށް ހިތާމަކުރުން .

3- ދުވަހަކުވެސް ތިމާ ތައުބާވި ފާފަ އަށް އެނބުރި ނުދިޔުމަށް ޢަޒުމުކަނޑަ އެޅުން .

4- ކުރެވިފައިވާ ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމުގައިވާނަމަ، އެމީހެއްގެ ކިބައިން އެކަމުގެ ހިތް ޙަލާލު ހޯދުން، ނުވަތަ އެކަމެއް ރައްދުކުރުން . 

އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރިމީހާގެ ދިރި އުޅުމާއި ޢައިލާރޫޅުންފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއްކަމުގައި ވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.  

ތައުބާވާން ވަކި ނަމާދެއް ކުރާކަށް ނުޖެހެވެ. މަތީގައި ލިޔެވިދިޔަ ހަތަރު ޝަރުޠު ހަމަވުމުން ތައުބާ ވެވުނީއެވެ. މީހަކަށް އޭނާ ކުރާ ފާފަތަކުގެތެރެއިން އެއް ފާފާއިން ތައުބާވިޔަސް އެފާފައެއްގެ ތައުބާ ކަމުދާނެއެވެ.  ނަމަވެސް ހުރިހާ ފާފައަކުން ތައުބާ ވުމަކީ ވާޖިބެކެވެ. ބޮޑެތި ފާފަތަކުން ވަކިވަކީން ތައުބާ ވާން ޖެހޭނެއެވެ. ނަމަވެސް ކުދިފާފާތަކުން ޢާންމުކޮށް ތައުބާ ވުމުން ފުދޭނެއެވެ.  

ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ.

ކުށެއް ކުރެވުނު ނަމަވެސް އެކަން އެހެން މީހުންނަށް ހާމަކުރުމުގެ ބަދަލުގައި ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވާނީއެވެ. والله  أعلم. 

އިތުރު ސުވާލެއް:  

ވަރަށް ގާތް ތިމާގެ މީހެއްގެ ކޮންމެހެން އަދާކޮށްދޭން ޖެހޭ ދަރަންޏެއް އަދާ ކޮށްދިނުމަށްޓަކައި އެހެން އެއްވެސް ގޮތެއް ނެތް ހާލަތެއްގައި ގެ މޯގޭޖް ކުރުމަކީ ދީނުގައި ކޮންކަހަލަ ކަމެއްތޯ؟ 

މޯގޭޖް ނުވަތަ ރަހްނު ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. ޙަރާމްވެގެންވަނީ ރިބާގެ މުޢާމަލާތް ކުރުމެވެ. ވީމާ، ގޯތި ނުވަތަ އެނޫންވެސް އެއްޗެއް މޯގޭޖް ކޮށްފައި ނަގަނީ ރިބަވީ ލޯނެއް ނަމަ ހުއްދަ އެއް ނުވާނެއެވެ. ނަމަވެސް އިސްލާމީ އުޞޫލުތަކުގެ މަތިން ދަރަންޏަށް ފައިސާނެގުމަށް އެއްޗެއް ރަހުނު ކުރުމަކީ ހުއްދަ ކަމެކެވެ. والله  أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް