އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ތަނަވަސްކަން ނެތް އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމަކީ އެކަނިވެރި މައެއްގެ ގޮތުގަ ދަރިންތަކެއް ބަލަންޖެހުން!

އަމިއްލަ ތަނަވަސްކަން ނެތް އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމަކީ އެކަނިވެރި މައެއްގެ ގޮތުގަ ދަރިންތަކެއް ބަލަންޖެހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އަންހެނުންގެ ތެރޭގައިވެސް އަމިއްލަ ތަނަވަސްކަން ހުރި މީހުން ތިބެއެވެ. ނަމަވެސް އެތައް ގުނައަކަށް ގިނަވާނީ އަމިއްލަ ތަނަވަސްކަމެއް ނެތް އަންހެނުންނެވެ. އެފަދަ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ ނުވަތަ ނިކަމެތި ކަމަކީ އަދި ހިތްދަތިކަމަކީވެސް ކުދި ދަރިންތަކަކާއިއެކު އެކަނިވެރިމައަކަސްވާންޖެހުމެވެ.  

މުސްލިމުންނަކީ މިކަމަށް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ މީހުން ނަމަވެސް މިބުނި ފަދަ ނިކަމެތިޙާލު ޖެހިފައިވާ އެކަނިވެރި މައިން މުސްލިމުންގެ ތެރޭގައި ވަރަށް ގިނަކަން ފާހގަކުރެވެއެވެ. އަހުރެން ބުނާނީ ލަދުވެތިވާންޖެހޭ މިންވަރަށް މުސްލިމް މުޖުތަމަޢުތަކުގައި ގިނަ ކަމަށެވެ.  

އާދޭސްކޮށްފައި ބުނަމެވެ. އެކުގައި ދިރިއުޅެވެން ނެތިގެން އަނބިމީހާ ވަރިކުރިނަމަވެސް ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ބައްޕައިން އުފުލާށެވެ. ނިކަމެތިވާން ދަރިން ދޫކޮށްނުލާށެވެ. އަހުރެން މިފަދައިން އާދޭސްމިކުރަނީ އެކަނިވެރި މައިންގެ ޙައްޤަކު ނޫނެވެ. ދަރިން ނިކަމެތިކުރާ ބައްޕައިންނަށްޓަކައެވެ. ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެތީއެވެ.

- އިސްލާމީ ތިލަަފތުގެ ދަރުސަކުން  

އެކަނިވެރިމައިން އުޅެމުންދާ ނިކަމެތިޙާލު އެނގިގެންދާ ސުވާލެއް!: 

"އަޅުގަނޑަކީ ޢުމުރުން އަދި 30 އަހަރުވެސް ނުވާ އަންހެނަކީމެވެ. ފިރިމީހާ އަޅުގަނޑާއި 3 ކުދިން އެއްލާލާފައި ދިއަ ގޮތަށް ޚަބަރެއްވެސް ނުވާތާ 2 އަހަރުވެއްޖެއެވެ. މައިންބަފައިންގެ ކިބައިން ބޯހިޔާވަހިކަން ލިބެއެވެ. 4 މައިން މިނިދަނީ ކުޑަކުޑަކޮޓަރިއެއްގައި ވަރަށް ދަތިގޮތަކަށެވެ. ކާނެ އެތިކޮޅު ލިބިއެވެ. ނަމަވެސް އެމީހުންގެ ވެސް ޙާލަތުހުރި ގޮތުން އިތުރު ކަމެއް ކޮށެއް ނުދެވެއެވެ.  

ދަރިންގެ ކިޔެވުމަށް ރުފިޔާ ބޭނުންވެއެވެ. އެންމެ ކުޑަމިނުން އިންޓޯލެއް ގަނެދެވޭނެ ފަދަ ގޮތެއްވެސް ނެތެވެ. މަންމަ މުސްކުޅިވެ، ބަލިޙާލުގައި އުޅޭތީ ދަރިން ޙަވާލުކޮށްފައި ނޯކިރީއަކަށް ދެވޭކަށް ނެތެވެ. ފިރިހެނުން ލާރިދޭން ބުނެއެވެ. ނަމަވެސް ވިއްދައިގެން އެދެނީ ޙަރާމް ކަންކަމަށެވެ. 3 ދަރިން ތިބީތީ ކައިވެނިކުރަން ބޭނުމެއް ނުވެއެވެ.  

މިފަދަ ޙާލަތުގައި ޢަމަލުކުރާނެ ގޮތެއް ބުނެދެއްވިދާނެތޯ؟" 

ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ދަތިޙާލަތަށްޓަކައި ވަރަށް ހިތާމަކުރަމެވެ. ތިއަ ޙާލަތުން އަރައިގަނެވޭނެ މަގެއް ދައްކަވައި ދެއްވެވުން އެދި ދުޢާކުރަމެވެ. ބުނެލަން ބޭނުންވަނީ ކިތަންމެ ދަތިޙާލެއްގައި އުޅެންޖެހިފައިވީނަމަވެސް މިހާރުވެސް ދެއްވަވާފައިވާ ނިޢްމަތްތައްމަތިން ވިސްނައިލާށެވެ. ކިތަންމެ ދަތިގޮތަކަށް ނަމަވެސް ބޯހިޔާވަހިކަން އެބަލިބެއެވެ. ކާނެ އެތިކޮޅު އެބަލިބެއެވެ. މިފަދަވެސް ނުލިބޭ އެތައްހާސް އެކަނިވެރިމައިން އެބަތިބިކަން ހިތަށް އަރުވާލައި ޝުކުރުވެރިވާށެވެ!  

ދެން ބުނެލަން ބޭނުންވަނީ ތަޤްވާވެރިކަމުގައި އިތުރަށް ޘާބިތުވާން މަސައްކަތްކުރާށެވެ! މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ކުރިއަރައިދާށެވެ. ﷲ ތަޢާލާގެ މަގުގައި ޘާބިތުވެހުރެ ރޭއަޅުކަންކޮށް ދުޢާކުރަމުން ގެންދާށެވެ. ލަސްތަކެއް ނުވެ އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް