އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެގާތް އެކުވެރިން އެންމެ ނުބައި ހަތުރުންނަށްވުރެ ނުބައިވެ ލޯބިވެރިޔާއާ ބައިވެރިޔާ ޖަހައިގަތުން ގިނަވަނީ- ކިޔާލުން ވަރަށް މުހިންމު ޙާދިސާއެއްގެ ވާހަކަ-

އެންމެގާތް އެކުވެރިން އެންމެ ނުބައި ހަތުރުންނަށްވުރެ ނުބައިވެ ލޯބިވެރިޔާއާ ބައިވެރިޔާ ޖަހައިގަތުން ގިނަވަނީ- ކިޔާލުން ވަރަށް މުހިންމު ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

އެއީ ލޯބިން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ކައިވެނިކުރަން ތައްޔާރުވަމުން ދިއަ ދެޒުވާނުންނެވެ. އެއްދުވަހަކު ފިރިހެންކުއްޖާގެ ފޯނަށް ލިބެނީ މެސެޖެކެވެ. "ކަލެއަކީ ބޭވަފާތެރިއެކެވެ. ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ." 

ލިބުނު ސިހުމާއިއެކު ފިރިހެންކުއްޖާ ބާރަށް ދުވާފައިގޮސް އަންހެން ކުއްޖާއާއި އޭނާގެ ގެއިން ބައްދަލުކުރިއެވެ. މިވީ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން ދެއްކީ ފޮޓޯއެކެވެ. ފިރިހެން ކުއްޖާއާއި އަންހެންކުއްޖަކާއި ދެމީހުން ކޮނޑަށް އަތްލައިގެން ފިހާރައެއްގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.'

ފޮޓޯ ދެއްކުމުން ފިރިހެންކުއްޖާ ބޭނުންވީ އަންހެންކުއްޖާގެ މަންމައާއި ބައްދަލުކުރާށެވެ! ބައްދަލުވުމުން ބުންޏެވެ. "މަންމާއެވެ. މިއަންހެން ކުއްޖަކީ ކާކުކަން ދަރިފުޅަށް ނިކަން ބުނެދީބަލާށެވެ!"

މަންމަ ބުންޏެވެ. "ތިއައީ ކަލާގެ ބޮޑުބޭބެގެ އަންހެންދަރިފުޅު ނޫންހެއްޔެވެ؟ އެމަންޖެ ކިޔަވައިގެން އައީ ވަރަށް ފަހުން ނޫންހެއްޔެވެ؟ މެލޭސިޔާގައި ކިޔަވަންހުރެފައި މީހަކާ ހިތާވެ ކައިވެނިކޮށްގެން ގޮވައިގެން އައި ވާހަކަވެސް އަޑުއެހީމެވެ. ތިއަ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟" 

ޒުވާނާ ބުންޏެވެ. "މަންމާއެވެ. މީގެ 2،3 ދުވަސްކުރިން ދެބެއިން ރެޑްވޭވް ފިހާރައިން ބައްދަލުވިއެވެ. ބާޒާރުކޮށް ނިމިގެން ފައިސާ ދައްކާފައި ނުކުންނަން ހިނގައިގެންފައި އަޅުގަނޑު އޭނާގެ ކޮނޑަށް އަތްލީމެވެ. ޙަސަދަވެރިއަކަށް އެތަން ފެނުނީމާ ފޮޓޯނަގައި މިއޮތީ ޒުލޭއަށް ފޮނުވައިފައެވެ. ޒުލޭއަށް ޤަބޫލުކުރެވިގެން އެއުޅެނީ އަޅުގަނޑު ގޯސްގޮތަކަށް އުޅެނީ ކަމަށެވެ." 

ޙަޤީޤަތް އެނގުމުން ޒުލޭ ވަރަށް ދެރަވިއެވެ. ބުންޏެވެ. "މާފުކުރާށެވެ! ތިއަ ފޮޓޯ ފޮނުވައި ޙަޤީޤަތް އޮޅުވައިލީ ކަލޭގެ އެންމެ އެކުވެރި ވާޙިދެވެ. ދެން ނުބުނާނެ ކަމެއް ނެތެއް ނޫން ހެއްޔެވެ؟ ހުރީ އަހަރެންނާއިހެދި މޮޔަވެފައިކަމަށް ބުނެ ކޮށްފައިވާ މެސެޖްތައްވެސް މިހުރީއެވެ. ބައްދަލުކުރަން އެދި އެގެންދަނީ އާދޭސްކުރަމުންނެވެ." 

މަންމަ ބުންޏެވެ. "އެންމެ ގާތް އެކުވެރިޔާގެ ޙަޤީޤަތް އެނގުނިތީ އުފާކުރާށެވެ! ދެން ދެކުދިންކުރެ ކުއްޖަކު ތިއަބާވަތުގެ މަޅިއެއްގަ ނުޖެހޭށެވެ. ކައިވެނިކުރުން އަވަސްކުރާށެވެ!" 

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އެންމެ ގާތް އެކުވެރިންގެ ގޮތުގައި އުޅޭ ގިނަ މީހުންގެ ޙާލުހުންނަ ގޮތް ބުނެލާށެވެ! ގިނައީ މިބާވަތުގެ ނުލަފާ މީހުންކަން ދަންނަން އެބަޖެހެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް