އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ މަންމަ ބަލިވުމުން ބަލަން ފިރިމީހާ އެއްބަސްނުވާނަމަ ފިރިމީހާގެ ބައްޕަ ބަލިވީމާ ވެސް އޮންނާނީ ހަމައެގޮތްކަން އަންތބަކު ފިރިމީހާއަށް އަންގައިދިން ރިވެތި ގޮތުގެ ވާހަކަ-

އަނބިމީހާގެ މަންމަ ބަލިވުމުން ބަލަން ފިރިމީހާ އެއްބަސްނުވާނަމަ ފިރިމީހާގެ ބައްޕަ ބަލިވީމާ ވެސް އޮންނާނީ ހަމައެގޮތްކަން އަންތބަކު ފިރިމީހާއަށް އަންގައިދިން ރިވެތި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

އެއީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންނެވެ. ދެމަފިރިން ދިރިއުޅެނީ ދެމަފިރިންގެ ފައިށާއިން ގަނެފައިވާ ފްލެޓެއްގައެވެ. އަހަރެއްހައި ދުވަސްވީތަނާ އަނބިމީހާގެ މަންމަ ބަލިވެއުޅެން ޖެހުމުން މަންމަ އެފްލެޓަށް ބަދަލުކުރަން އަނބިމީހާ ބޭނުންވިއެވެ. އޭނާއަކީ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުކަމަށްވާތީއެވެ. ފިރިމީހާގެ ޖަވާބަކަށްވީ މިއީ ބަލިމީހުން ބަލަހައްޓާތަނެއް ނޫނެވެ. މަންމް ގެނެސްފިނަމަ އަބަދުއުޅެންޖެހޭނީ އެކަމާއިގެންނެވެ. 

އަނބިމީހާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ. މަންމަ ބަލަމުން އައީ މަންމަގެ ގޭގައި ބާއްވައިގެންނެވެ.  

އެއިގެ ހައަކަ މަސްދުވަފަހެވެ. އަނބިމީހާ މަސައްކަތުން އެނބުރި ގެއަށްއައިއިރު ފިރިމީހާގެ ބައްޕަވަނީ ގެއަސް ގެނެސްފައެވެ. ބަލިވުމުން ބަލާށެވެ! އަނބިމީހާ ވަޤުތުން އެކަމަށް ދެކޮޅުހަދައި ކުރިން ފިރިމީހާ އޭނާއަށް ބުނިބަސްތައް ތަކުރާރުކޮށްލިއެވެ.  

ފިރިމީހާ ބުނީ އެފްލެޓަކީ އޭޜނާގެވެސް ފްލެޓެއް ކަމަށާއި އޭނާގެ ބައްޕަ ގެންގުޅެވެން ޖެހޭނެ ކަމަށެވެ. އަނބިމިހާގެ ޖަވާބަކަށްވީ ބަލަ މިއީ އަހަރެންގެވެސް ފްލެޓެވެ. މިފްލެޓުގައި އަހަރެންގެ މަންމަ ނުގެންގުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ އެހެންވީމާ އަހަރެން ޤަޞްދުކުރަނީ ފްލެޓުގެ އަހަރެންގެ ޙިއްޞާ ވިއްކައިލާށެވެ!  

މިއަޑުތައް އަހަން ބައްޕައަކަށް ކެތެއް ނުކުރެވުނެވެ. ބައްޕަ އޭނާގެ ދަރިފުޅުގެ ކިބައިން އެދުނީ އަނބުރައި ގެއަށް ގޮސްދިނުމަށެވެ. އެކަމާއިކުރިއަސަރުން ފިރިމިހާއަށް ރޮވެން ފެށުމުން އަނބިމީހާ ބުންޏެވެ. "ބައްޕާއެވެ! ބައްޕަ ދާނެ ކަމެއް ނެތެވެ. މިގޭގައި ބައްޕައަށް އުޅެވޭނަމެވެ. އަހަރެންވެސް އެހީތެރިވާނަމެވެ. އަހަރެން މިކުރިކަމަކީ ފިރިމީހާއަށް ކަމެއް ވިސްނައިދިނުމެވެ. ދެންވެސް ވިސްނިއްޖިއްޔާ ރަނގަޅެވެ." އެހިސާބުން ފިރިމީހާއަށް ރޮވެން ފެށީ އަނބިމީހާ އޭނާދެކެ\ވާލޯބި އެނގުމުންނާއި އެކަމުން ލިބުނު އުފާވެރިކަން ބޮޑުކަމުންނެވެ.  

މިފަދަ ޙާދިސާތައް ވަރަށް ގިނައިން ހިނގައެވެ. މިހުރީ ވިސްނަންޖެހޭނެ ކަންކަމެވެ. ދިރިއުޅެން މަސައްކަތްކުރަންވާނީ މިފަދަ މައްސަލަތައް ނުޖެހޭނެ ގޮތަށެވެ. އަނެކާގެ މައިންބަފައިންނަކީ ތިމާގެވެސް މައިންބަފައިން ކަމަށް ޤަބޫލުކޮށްގެންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް