އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 51 ސިކުންތު
އަބަދުވެސް ބުނާފަދައިން މައްސަލައަކަށް ވެގެން މިއުޅެނީ ދިރިއުޅުން ކާމިޔާބުކުރެވޭނެ މަގު ދީނުން ފެންނަން ނެތުމެއް ނޫނެވެ. ހުރިހާވެސް މައްސަލައަކީ ޢަމަލުކުރަން ފަސްޖެހެވޭ ކަމެވެ. ކަންނެތްވެ ފަރުވާކުޑަކުރެވޭ ކަމެވެ.
ކޮންމެ ދުވަހަކުވެސް އެމީހެއްގެ ޢާންމު ދިރިއުޅުމުގައި މިހަތަރު ހަދީޘްފުޅަށް ޢަމަލުކުރާ މީހާ ހުންނާނީ ޙައްޤު މަގުގައެވެ! ފުރިހަމަ މުއްމިނެއްގެ ގޮތުގައެވެ. އިން ޝާ ﷲ
1 ތިމާގެ ޢަމަލުތައް ބައްލަވައިވޮޑިގަންނަވާނީ އެމީހާގެ ނިޔަތުގެ މައްޗަށްކަމަށް އޮތް ޙަދީޘްފުޅު.
Narrated 'Umar bin Al-Khattab:
I heard Allah's Messenger (ﷺ) saying,
"The reward of deeds depends upon the intentions and every person will get the reward according to what he has intended. So whoever emigrated for worldly benefits or for a woman to marry, his emigration was for what he emigrated for."
Saheeh Al-Bukhari 1
މިޙަދީޘްފުޅުން އަނގައިދޭ އެއްކަމަކީ އަޅުކަންކުރުމުގައި އެއްވެސް މިންވަރަކަށް ދެެއްކުންތެރިކަމެއް ނެތި ހަމައެކަނި ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން އަޅުކަންކުރުމުގެ މުހިންމުކަމެވެ. އަދި ކުރާ ކޮންމެ ކަމެއްވެސް ހެޔޮ ނިޔަތުގައި ކުރުމާއި ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަމެއް ނޫނީ ނުކުރުމުގެ މުހިންމުކަމެވެ.
2 މީހާގެ އިސްލާމްކަން ފުރިހަމަވާނީ އޭނާ އާއި ނުބެހޭ ކަންކަމާއި ނުބެހި ދޫކޮށްލުމުންކަމަށް އޮތް ޙަދީޘްފުޅު
On the authority of Abu Hurayrah (may Allah be pleased with him) who said:
“The Messenger of Allah (peace and blessings of Allah be upon him) said: “Part of the perfection of a person’s Islam is his leaving that which is of no concern to him”
A hasan hadith. Recorded by at-Tirmidhi and others in that fashion
މިޙަދީޘްފުޅުން އެނގިގެންދަނީ ތިމާ އާއި ނުބެހޭކަންކަމާއި ނުބެހި ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަމެވެ. މީހުންގެ ވާހަކަދައްކައި ޣީބަ ބުނުން ފަދަކަންކަން ނުކޮށް އެމީހަކަށް ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ ކަންކަން ކުރުމުގައި ދެމިހުރުމުގެ މުހިންމުކަމެވެ.
3 އީމާންކަން ފުރިހަމަވާނީ ތިމާއަށް އެދޭކަންކަން މުސްލިމް އަޚާއަށް ވެސް ލިބުމަށް އެދިގެންކަމަށް އޮތް ޙަދީޘްފުޅު
The Prophet (ﷺ) said,
"None of you will have faith till he wishes for his (Muslim) brother what he likes for himself."
Saheeh Al-Bukhari: 13
މި ޙަދީޘްފުޅުން އެނގިގެންދަނީ ޢާއިލާގެ މީޙުންނަށާއި އެހެން މީހުންނަށްވެސް ހެޔޮއެދެންޖެހޭނެކަމެވެ. އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރިނުވުމުގެ މުހިންމުކަމެވެ.
4 އެކަމަކީ ކުރުން ހުއްދަ ކަމެއްކަމާއިމެދު ޝައްކު އުފެދޭ ކޮންމެ ކަމަކާއި ދުރުހެލިވެ ހުރުމަށް އޮތް ޙަދީޘްފުޅު
I heard Allah's Messenger (ﷺ) saying,
'Both legal and illegal things are evident but in between them there are doubtful (suspicious) things and most of the people have no knowledge about them. So whoever saves himself from these suspicious things saves his religion and his honor. And whoever indulges in these suspicious things is like a shepherd who grazes (his animals) near the Hima (private pasture) of someone else and at any moment he is liable to get in it. (O people!) Beware! Every king has a Hima and the Hima of Allah on the earth is His illegal (forbidden) things. Beware! There is a piece of flesh in the body if it becomes good (reformed) the whole body becomes good but if it gets spoilt the whole body gets spoilt and that is the heart.
Saheeh Al- Bukhari : 52
މި ޙަދީޘްފުޅުން އެނގިގެންދަނީ ﷲ ތަޢާލާ ހުއްދަކުރެއްވެވިކަމެއްކަން ޔަޤީންނުވާ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމެވެ. ޝައްކުގެ މަތީގައި ކަންކަން ކުރުމުން ފާފަވެރިވެ ގެއްލެނިވެގެންހިނގައިދާނެކަމެވެ. އަދި އަމުރުކުރައްވަވާފައިވާ ހުރިހާ ކަންކަންވެސް އަމުރުކުރައްވަވާފައިވާ ގޮތަށް ކުރަމުން ގެންދަންޖެހޭނެ ކަމެވެ.
މި 4 ހަދީޘްފުޅަށް ޢަމަލުކުރާ މީހާއަށް އަބަދުވެސް ހުރެވޭނީ ޙައްޤު ގޮތުގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
7 ޖޫން 2025