އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމްދީނަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން ރަޙްމަތްތައް އިތުރުވާންފެށި ކަމަށްބުނާ މީހެއްގެ ވާހަކަ- ދީނަށް ޢަމަލުނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!

އިސްލާމްދީނަށް ޢަމަލުކުރަން ފެށި ދުވަހުން ފެށިގެން ރަޙްމަތްތައް އިތުރުވާންފެށި ކަމަށްބުނާ މީހެއްގެ ވާހަކަ- ދީނަށް ޢަމަލުނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އަހުރެންނަކީ ސަޢުދީގައި މަސައްކަތްކުރަމުން ދިއަ ކާފިރަކީމެވެ. އަހުރެން އިސްލާމްވީ ސަޢުދީ އަންހެނަކާއި ކައިވެނިކުރުމަށެވެ. ކައިވެނިކޮށްގެންވެސް ހުކުރަށް ދިއުން ނޫން އަޅުކަމެއް ނުކުރަމެވެ. އެހެން ހުއްޓައި އަހަރެއްހައި ދުވަސްފަހުން ކައިވެނި ރޫޅުނެވެ.  

އެހިސާބުން ހިތުގައި ސުވާލު އުފެދުނެވެ. އަހުރެން އަދިވެސް ހުންނަންވީ މުސްލިމެއްގެ ގޮތުގައި ހެއްޔެވެ؟ ސުވާލުގެ ޖަވާބުލިބޭތޯ ޢުމްރާއެއްވެސްވީމެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުލިބުނެވެ.  

އެނބުރި މަސައްކަތްކުރާ ރަށަށްއައިސް ހިތަށް އެރިއެވެ. މިހެން މިދިމާވަނީ އަހުރެން އިސްލާމްދީނަށް ޢަމަލުނުކުރާތީކަމަށްވެދާނެއެވެ. އެެހން ހިތަށް އަރައި ހުރިހާ ނަމާދުތަކެއް ކުރަންފެށީމެވެ. ޤުރްއާން އުނގެނި ކިޔަވަން ފެށީމެވެ. ޙަރާމް ހުރިހާ ކަމަކާއި ދުރުހެލިވީމެވެ.  

ބުނަންހެއްޔެވެ؟ އެގޮތަށް ކަންކަންކުރަން ފެށުމާއިއެކު ހެޔޮގޮތްތައް މެދުވެރިވާން ފަށައިފިއެވެ. ވަޒީފާގެ ކުރިއެރުން ލިބުނެވެ. ދާދި އަވަހަށް މާހެޔޮލަފާ އަންތބަކުވެސް ލިބުނެވެ. ތަޤްވާވެރިކަން އިތުރުވަމުން އައިސް މިހާރު އަހުރެންނަކީ އިސްލާމް ދީނަށްޓަކައި ޤުރްބާންވަމުން އަންނަ މީހަކީމެވެ.  

އަހުރެންގެ އަމިއްލަ ތަޖުރިބާއަށް ބަލައި ބުނަމެވެ. އިސްލާމަކަށް ވުމަކުން އަދި ނުފުދެއެވެ. އެކަމުގެ ފައިދާކުރާނީ އިސްލާމްދީނަށް ޢަމަލުކުރަން ފެށުމުންނެވެ.

 

- އަލަށް އިސްލާމްވި މީހަކު ބުނެފައިވާ ބަސްކޮޅެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް