އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮލަފާ އަންތބަކު ދެއްވެވުމަކީ ﷲ ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއް! ދޫކޮށްލަން ހެޔޮނުވާނެ!

ހެޔޮލަފާ އަންތބަކު ދެއްވެވުމަކީ ﷲ ލައްވަވާ ވަރަށް ބޮޑު ރަޙްމަތެއް! ދޫކޮށްލަން ހެޔޮނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އަނބިންނާއިމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެއެވެ. ހެޔޮލަފާ އަންތބަކު ލިބުމަކީ ފިރިހެނަކަށް ދެއްވަވާނެ އެންމެ ބޮޑު ނިޢުމަތެވެ. އެނިޢުމަތް އަތުން ބީވެގެން ދިއަނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަމުން ގެންދާށެވެ.  

ބުނަންހެއްޔެވެ؟ ހެޔޮލަފާ އަންތބަކު ދޫކޮށްލާފައި އެހެން އަންހެނަކު ހޯދި އެއްވެސް ފިރިހެނަކަށް އެކަމުގެ ހިތާމަކުރަން ނުޖެހިފައެއް ނެތެވެ. އެއީ ގޭގަ ހުންނަ ޓީވީ އަޕްގްރޭޑްކުރާހެން ކުރެވޭނެ ކަމެއް ނޫނެވެ. ހެޔޮލަފާ އަންތބެއްގެ ބަދަލެއް ނުހޯދޭނެއެވެ. އެއީ މިޒަމާނުގައި ހެޔޮލަފާ އަންހެނުން މަދުކަމުންނެވެ.  

ހެޔޮލަފާ އަންތބަކު ދެއްވަވައިފިނަމަ ދީނުގެ ދެބައިކުޅައެއބައި ފުރިހަމަކޮށްދެއްވެވީކަމަށް ޙަދީޘްފުޅުގައި އެއޮތީ އެސަބަބަށްޓަކައެވެ. އެފަދަ ބޮޑު ނިޢުމަތެއް ދެއްވެވުމުން ފުރަގަސްދޭ މީހާ އެނަގައިލަނީ އެމީހަކަށް އާޚިރަތް ލިބެން އޮތް ފުރުޞަތުކަމަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ 

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said, “Whoever Allah provides with a righteous wife, Allah has assisted him in half of his religion. Let him fear Allah regarding the second half.”

Source: al-Mu’jam al-Awsaṭ 992  

ހެޔޮލަފާ ފިރިއަކު ލިބުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އެފަދަ ބޮޑު ނިޢުމަތެކެވެ. ތިމާގެ ބައިވެރިޔާއަކީ ހެޔޮލަފާ މީހަކަށް ނުވެއްޖެނަމަ ގެއްލިގެންދާނީ ހަމައެކަނި ދުނިޔޭގެ ދިރިއުޅުމެއް ނޫނެވެ. އެންމެ ބޮޑު ދެރައަކީ އާޚިރަތް ގެއްލިގެން ދިއުން ގާތްކަމެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް