އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 49 ސިކުންތު
ފުރަތަމަ މިބަޔާންކުރަނީ ކިޔުންތެރިން ތަފާތު މޭރުމުން ކުރަމުން އަންނަ ސުވާލަކާއި އެސުވާލުގެ ޖަވާބެވެ. މިފަދަ ސުވާލުތައް ލިބޭލެއް ގިނަކަމުންނެވެ.
އަޅުގަނޑަކީ ބައެއް ބާވަތުގެ ފާފަތައް ކުރެވޭ ޒުވާނަކީމެވެ. މަސައްކަތް މިކުރަނީ ފާފަކުރުން ހުއްޓައިލެވޭތޯއެވެ! އެކަމަކުވެސް އަދި މިއުޅެނީ ކާމިޔާބު ނުކުރެވިގެންނެވެ. އަޅުގަނޑަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފޯނާއި އެކުވެރިންނެވެ. އެހެންކަމުން މިޙާލަތުގައި ޢަމަލުކުރަން ރަނގަޅު ގޮތެއް ބުނެދެއްވަފާނަންތޯ؟
ޒުވާން ޢުމުރުގައިވެސް ފާފަކުރުން ހުއްޓާލަން ތިއަކުރާ ހިތްވަރަށް ސާބަސްދެމެވެ. ހިތްވަރުވެސް ދެމެވެ. އެކަމަކުވެސް ވިސްނައިލާށެވެ! ކަނބުރު ގެއަކަށް ވަންނަނަމަ އަޅިބުރާނެއެވެ. ކަނިވެސް ބުރާނެއެވެ. ގައިން ވަސްދުވާނެއެވެ. ހެދުމުން ތަންތަންކޮޅު އަނދަންވެސް އަނދާނެއެވެ. އެކަންކަމަށް އޮންނާނެ ޙައްލަކީ އެތަނަށް ނުވަނުމެވެ.
ހަމައެފަދައިން ނުބައި އެކުވެރިންނާއި އެކުގައި އުޅެމުން ޢަމަލުތައް އިޞްލާޙްތައް ނުކުރެވޭނެ ކަމަށް ބުނެ ގޮންޖަހާކަށް ނެތީމެވެ. ނަމަވެސް ވަރަށް ކެރިހުރެގެން ބުނަންކެރިދާނެ ވާހަކައެއް އެބަ އޮތެވެ. ނުބައި އެކުވެރިންނާއި އެކުގައި އުޅެމުން 1000 އަކުން މީހަކަށްވެސް ޢަމަލުތައް އިޞްލާޙެއް ނުކުރެވެއެވެ. ވީމާ ފުރަތަމަ ކަމަކަށް ނުބައި އެކުވެރިންތައް ދޫކޮށްލާށެވެ!
ދެން ތިރީގައިވާ ލިޔުމުގައިވާ ފަދައިން ޢަމަލުކުރާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
ގިނަ ބައެއްގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކަށްވެފައި އޮންނަނީ ފާފަކުރުން ހުއްޓައިނުލެވުމެވެ. އެމީހުން ބުނަނީ ފާފަނުކުރަން އެމީހުން ގަދައަޅައި މަސައްކަތްކުރާކަމަށާއި ނަމަވެސް ހުއްޓައި ނުލެވެނީ ކަމަށެވެ. އަހަރެންވެސް މިއީ ހަމައެވިސްނުމުގައި ދިރިއުޅެމުން އައި މީހަކީމެވެ.
ޤަވާއިދުން ކޮންމެ ދުވަހަކު 5 ނަމާދުކުރުމާއި ފާހިޝް ޢަމަލުތައް ނުކުރުމާއި މަސްތުނުވެ ހުރުމަކީ އެއްގޮތަކަށްވެސް ކުރެވިދާނެ ކަމެއް ކަމަކަށް އަހަރެން އެއިރު ޤަބޫލެއްވެސް ނުކުރަމެވެ. ނަމަވެސް ކޮންމެ ގޮތަކުންވެސް ފާފަކުރުން ހުއްޓާލަން އަހަރެން ބޭނުންވެއެވެ. އެހެންވެ އިމާމްއަކާއި ބައްދަލުކޮށް މިވާހަކަތައް ކިޔައިދިނުމުން ބުންޏެވެ.
"ފުރަތަމަ ކަމަކަށް އަތުގައި ތިއައޮތް އެންމެ ފަހުގެ ފޯނު އިންޓަރނެޓް ބްރައުސް ނުކުރެވޭ ފޯނަކަށް ބަދަލުކޮށްގެން ހަފްތާއެއްވަންދެން ބޭނުންކޮށްފަ އަންނާށެވެ!"
އެކަންވެގެންދިއައީ ވަރަށް ބޮޑުކަމަކަށެވެ. ހުރިހާ ރައްޓެހިންގެ އިތުރުން މުޅި ދުނިޔެއާއިވެސް ގުޅުން ކެނޑުންފަދަ ކަމަކަށެވެ. ނަމަވެސް ފާފަކުރެވުން ހުއްޓައިލުމުގެ މުހިންމުކަން މާބޮޑުކަމުން އެކަން ހަމަ އިމާމަބުނިގޮތަށް ކުރުމަށްފަހު ބައްދަލުކުރީމެވެ.
އެދުވަހު އިމާމް ބުންޏެވެ. "ދެން އޮތީ އެންމެ 40 ދުވަހު ކޮށްލަންޖެހޭ ކުޑަކުޑަކަމެކެވެ. މިއަދުން ފެށިގެން 40 ދުވަސްވަންދެން ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ 5 މިނިޓްކުރިން މިސްކިތަށް އައިސް އަހަރެންނާއި ބައްދަލުކުރަންވާނެއެވެ. އަހަރެމެންނާއިއެކު ޖަމާއަތުގައި ނަމާދުވެސްކުރަންވާނެއެވެ. އެއިރުން ޙަދީޘްފުޅުގައިވާ ގޮތުން ތިބާއަށް ސުވަރުގެ ވަދެވިއްޖެކަމުގެ ސެޓުފިކެޓު ލިބުނީއެވެ. އިން ޝާ ﷲ. ބޭނުންވެގެން ތިއަ އުޅެނީ އެކަމެއް ނޫންހެއްޔެވެ؟ އެއިރުން އިރާދަކުރެއްވެވިއްޔާ އެކަން އެއޮތީވެފައެވެ."
އިމާމް ދެއްކި ވާހަކައިން ވަރަށް ގިނަ ސުވާލުތައް އުފެދުނެވެ. ޝައްކުތައްވެސް އުފެދުނެވެ. ނަމަވެސް ހުރިހާ ސުވާލުތަކެއް ބަހައްޓާފައި މަސައްކަތްކުރީ އަމަލުކުރުމަށެވެ. މިހާރު އަހަރެންނަކީ ވަރަށް ބުރަ މީހެކެވެ. ދުނިޔެއާއި ގުޅުންކެނޑީގައިހުރި މީހެކެވެ. ވަގުތު ޖހުމުގެ 5 މިނިޓުގެ ކުރިން ކޮންމެ ނަމާދަކަށް ހާޒިރުވާ މީހެކެވެ.
ކޮންމެއަކަސް އެގޮތަށް ޖަމާޢަތުގައި ނަމާދުކުރާތާ 40 ދުވަސްވުމުން އިމާމް އާއި ސުވާލުކުރީމެވެ. މިހާރު 40 ދުވަސްވީއެވެ. ލިބޭނެކަމަށް ބުނި ސެޓުފިކެޓް ލިބޭނީ ކޮން ދުވަހަކުންހެއްޔެވެ؟
ޖަވާބުދައި ދއްކޮށްލީ މި ޙަދީޘްފުޅު ލިޔެފައިވާ ކަރުދާސްގަނޑެކެވެ.
صَلَّى لِلَّهِ أَرْبَعِينَ يَوْمًا فِى جَمَاعَةٍ يُدْرِكُ التَّكْبِيرَةَ الأُولَى كُتِبَتْ لَهُ بَرَاءَتَانِ بَرَاءَةٌ مِنَ النَّارِ وَبَرَاءَةٌ مِنَ النِّفَاقِ
Anas ibn Malik (radi Allahu Anhu) said: The Prophet (sallahu alayhi wa salam) said,
“Who prays forty days sincerely for Allah in congregation catching the opening takbir, then two exemptions are written for him. He will be safe from the fire and free from hypocrisy.”
Collected by At-Tirmithi (241) graded as being Hasan Li Ghayrihi by Al-Albani
އިމާމް ބުންޏެވެ. "މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ރަސޫލް ﷺ ގެ ޞަޙީޙް ޙަދީޘްފުޅެވެ. މިޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ކޮއްކޮގެ ހުރިހާ ފާފަތަކެއް މިހާރުވާނީ ﷲ ތަޢާލާ ފުއްސަވައިދެއްވަވައިފައެވެ. އަދި ތިއަހުރީ ނަރަކައިން މިންޖުކުރައްވަވައިފައެވެ. އިން ޝާ ﷲ
ނަމަވެސް ބުނަންހެއްޔެވެ؟ އެކަން ދެމިއޮންނާނީ ތިބާ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުންނެވެ. އެއީ ފާފަނުކުރުމާއި ނަމާދުކުރުމުގައި ސާބިތުވުމެވެ.
ފޯނު އަތުގައޮި އޮތްނަމަވެސް ފާފަ ނުކުރެވޭނެ ކަމުގެ ޔަޤީންކަން މިހާރު އޮތްނަމަ ސްމާޓްފޯންވެސް ގެންގުޅޭށެވެ. ނަމަވެސް އެ ޔަޤީންކަން ނެތްނަމަ ބޭނުންނުކުރާށެވެ! ނަމަނަމަ ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކުރަން މަސައްކަންކުރުން ހުއްޓައިނުލާ ކުރިއަށް ގެންދާށެވެ."
އިމާމްގެ ވާހަކަތަކުން ލިބުނު ހިތްވަރުން ބާރުލިބި ކުރިއަށްމިދަނީއެވެ. ސްމާޓް ފޯނުވެސް ބޭނުންކުރަމެވެ. ފާފައެއްވެސް ނުކުރަމެވެ. ފާހިޝް އަމަލެއްވެސް ނުކުރަމެވެ. މަސްތުވާ އެއްވެސް އެއްޗެއްވެސް ބޭނުމެއް ނުކުރަމެވެ. އެއިގެ ފަހުން 32 އަހަރުވީއެވެ. މިހާރުވެސް ބަންގި ގޮވުމުގެ 5 މިނިޓްކުރިން މިހުންނަނީ މިސްކިތުގައެވެ.
ދެން އޮތީ މިކުރިމަސައްކަތުގެ ދުނިޔަވީ މަންފާއެވެ. ފާފަތައް ކުރެވުން މުޅިން ހުއްޓައިލެވުމުން އަމިއްލަވިޔަފާރިއެއް ފެށީ ބައްޕައަތުން 2 މިލިއަން ރިޔާލަ ދަރަންޏަށް ހޯދައިގެންނެވެ. ނަމަވެސް މިއަދު ބައްޕަ ބޭނުންވެއްޖެނަމަ 20 މިލިއަން ރިޔާލަ ދަރަންޏަކަށް ނުވާގޮތަށްވެސް ބައްޕައަށް ދެވިދާނެއެވެ! ވީއިރު ފާފަކުރުން ހުއްޓާލައި ބަރާބަރަށް ނަމާދުކުރުމަށްވުރެ ފައިދާބޮޑު އެއްވެސް ކަމެއް ނެތެއްނޫންހެއްޔެވެ؟
- އަޙްސަން ބިން ޢަބްދިﷲ ، މޮރޮއްކޯ
Advertisement
7 ޖޫން 2025