އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާއެއް އިންތިހާއަށް ބޭނުންވެގެން ހުރެވެސް ލިބެން އޮތް ފުރުޞަތު ދަތިޙާލުގަހުރި އެކަނިވެރިމައަކަށް ދޫކޮށްލި ޒުވާނަކަށް ކުރި ބޮޑު ފައިދާއާ ކުރިއެރުމުގެ ވާހަކަ-

ވަޒީފާއެއް އިންތިހާއަށް ބޭނުންވެގެން ހުރެވެސް ލިބެން އޮތް ފުރުޞަތު ދަތިޙާލުގަހުރި އެކަނިވެރިމައަކަށް ދޫކޮށްލި ޒުވާނަކަށް ކުރި ބޮޑު ފައިދާއާ ކުރިއެރުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

އަޅުގަނޑަކީވެސް އެމްބީއޭ ޙާޞިލުކޮށްގެންހުރި ދަރިވަރަކީމެވެ. މަސައްކަތްކުރަމުން ދިއައީ ރަނގަޅު ވަޒިފާއެއް ލިބޭތޯއެވެ. އެއްދުވަހަކު އިޏްޓަރވިޔުއަކަށް ދިއުމުގެ ދަޢުވަތުލިބުމުން ގޮސް އިންދައި އެތަނަށް އައި އަންހެނަކާއި ވާހަކަ ދައްކައިލުމުން އެނގުނީ އޭނާއަކީ ވަރަށް ދަތިޙާލުގައި ދިރިއުޅޭ އަންހެނަކު ކަމެވެ. 

އޭނާބުނީ ކައިވެނި ރޫޅިފައިވާ ކަމަށާއި ދަރިފުޅުބަލަނީ އެކަނި ކަމަށެވެ. ވަޒީފާއެއް ނެތުމުން އުޅޭތަނުގެ ކުލިވެސް ނުދެއްކޭތާ 2 މަސްވެފައިވުމުން ތަންހުސްކުރަންވެސް އަންގާފައިވާ ކަމަށެވެ. 

ވަޒީފާއަށް އިންތިހާއަށް ބޭނުންވެގެން ހުރެވެސް ލިބުނު ފުރުޞަތު ދޫކޮށްލާފައި ނުކުމެގެންދިއައީ އެފުރުޞަތު އޭނާއަށް ލިބުން އެދި ދުޢާކުރަމުންނެވެ. 

އެއިގެ މަހެއްހައި ދުވަސްފަހެވެ. ރައްޓެއްސަކާއިއެކު ކޮފީއެއްގައި އިންދައި އެއަންހެން މީހާއަށް ފެނިގެން އައިސް މިހާރު ވަޒީފާއެއް ލިބިއްޖެތޯ ސުވާލުކުރުމުން އަދި ނުލިބޭކަމަށް ބުނުމުން ބުނީ މާދަމާ އޮފީހަށްގޮސް ޢޭނާއާއި ބައްދަލުކޮށްލުމަށެވެ. 

އަނެއް ދުވަހު އަޅުގަނޑު ދިއުމުން އަޅުގަނޑުގެ ލިޔުންތައް ބަލާފައި ބުނީ ހަވީރު ބައްދަލުކުރުމަށެވެ. ހަވީރު ދިއުމުން އޭނާ އާއި ހަމަ އެއްފެންވަރުގެ ވަޒިފާއެއް ހަމަޖެހިއްޖެ ކަމަށާއި ވެރިމީހާއާއި ބައްދަލުކުރުމަށެވެ. އެހެން ބުނެފައި އަޅުގަނޑު ގޮވައިގެންގޮސް ވެރިމީހާއަށް ތަޢާރަފްކޮށްދިނެވެ. ވެރިމީހާ ބުނީ އަނެއް ދުވަހު ވަޒިފާއަށް ނުކުތުމަށެވެ. 

އެކުގައި ދެމީހުން މަސައްކަތްކުރަމުން ގޮސް އުފެދުނު ގުޅުމުގެ ތެރެއިން ލޯބިވެވި ކައިވެނިވެސް ކުރެވުނެވެ. އޭނާއަށް ދަރިއަކު ލިބިފައިވުމަކީ މައްސަލައެއް ކަމަކަށް ނުބަލަމެވެ. އޭނާ އަޅުގަނޑަށް ވަޒީފާ ހޯދައިދިނީ އޭނާއަށް އަޅުގަނޑުގެފަރާތުން ލިބުނު ހެޔޮކަމަށެވެ. އޭނާ ކައިވެންޏެއްކޮށް ދަރިއަކު ލިބިފައިވިޔަސް އަޅުގަނޑު ކައިވެނިމިކުރަނީ އަލަށް ކަމަށްވާތީ އެކަމަކަށްވެސް ނުބަލަމެވެ.

އަޅުގަނޑު އޭނާ އާއި ކައިވެނިކުރީ އޭނާގެ ސިފައަށްވުރެ އަޅުގަނޑަށް ކޮށްދިން ހެޔޮކަންތަކުގެ އަގު ވަޒަންކުރުމަށެވެ. މިއީ 7 އަހަރު ފަހެވެ. މިއަދު ދެމީހުން ދިރިއުޅެމުން މިގެންދަނީ ހަމަ އުފަލުގައެވެ. ދެމީހުންގެ ދަރިއަކުވެސް އެބައޮތެވެ. ދެމީހުން މިކުރަނީ އަމިއްލަ މަސައްކަތެވެ. އަމިއްލަ ވިޔަފާރިއެވެ. 

ކުރުގޮތަކަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގެ ވާހަކައެވެ. ތިމާއަށް ރަނގަޅު ގޮތް މެދުވެރިވުން އެދޭ ކޮންމެ މީހަކަށްވެސް އަޅުގަނޑުމެންގެ ވާހަކައިން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ޒަމީރު / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު