އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިންޏަށްފަހު އަނެކާގެ ޢާއިލާއަކީ މަގޭވެސް ޢާއިލާކަމަށް ނުބަލާ މީހުންނަށް އަގުހުރި ފިލާވަޅެއް!

ކައިންޏަށްފަހު އަނެކާގެ ޢާއިލާއަކީ މަގޭވެސް ޢާއިލާކަމަށް ނުބަލާ މީހުންނަށް އަގުހުރި ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

އެއީ ހުކުރު ދުވަހެކެވެ. މެންދުރު ކާންތިބެގެން ފިރިމީހާ ބުންޏެވެ. "މާދަމާ މެންދުރުގެ ކެއުމަށް އަހުރެންގެ ޢާއިލާއަށް ދަޢުވަތު ދީފީމެވެ. ރަނގަޅު އެއްޗެއް ތައްޔާރުކުރާށެވެ!"  

އަނެއް ދުވަހު 11 ޖެހިއިރު ފިރިމީހާ ސުވާލުކުރިއެވެ. "ކޮބާ މެންދުރަށް ތައްޔާރުކޮށްފިން ހެއްޔެވެ؟"  

އަނބިމީހާ ބުންޏެވެ. "މާބޮޑު ކަމެއް ނުކުރަމެވެ. ގޭގައި ހުރިއެއްޗެއް ކާންދިނީމާ ރަނގަލުވާނެ ނޫންހެއްޔެވެ؟"  

އއަނބިމީހާ އެހެން ބުނުމުން ފިރިމީހާ ނުކުމެގެންދިއައީއެވެ. އަނބިމީހާ ހީކުރީ ކާއެއްޗެތި ގަންނަން ކަމަށެވެ. އެގޮތަށް ވިސްނައިގެން އިންދައި ގެއަށް އައީ އޭނާގެ ޢާއިލާގެ މީހުންނެވެ. މައިންބަފައިންނާއި ކޮއްކޮމެންނެވެ.  

ބައްޕަ ފުރަތަމަވެސް ސުވާލުކުރިއެވެ! "ފިރިމީހާ ކޮބައި ހެއްޔެވެ؟ އަހުރެމެން މިއައީ މެންދުރުގެ ކެއުމަށް ދަޢުވަތުދިނުމުންނެވެ!"  

ދަރިފުޅަށް ބުނާނެ އެއްޗެއްވެސް ނުއެނގުނެވެ. އަވަސްއަވަހަށް ފިރިމީހާއަށް ފޯނުކުރިއެވެ. "ކަލޭ ދަޢުވަތުދިނީ އަހަރެންގެ ޢާއިލާއަށް ވާހަކަ ނުބުނީ ކީއްވެގެން ހެއްޔެވެ؟"  

ފިރިމީހާ ބުންޏެވެ! ފޯނު ސްޕީކަރަށްލައި އަޑުއިއްވާށެވެ! "ބަލަ ކެއުމަށް ގެއަށް ދަޢުވަތުދޭން ތިބާގެ ޢާއިލާއެކޭ އަހުރެންގެ ޢާއިލާއެކޭ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ތިބާގެ ޢާއިލާއަކީ އަހުރެންގެވެސް ޢާއިލާ ނޫން ހެއްޔެވެ؟ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟" 

އަނބިމީހާ ބުންޏެވެ! "ކާންދޭނެ ރަނގަޅު އެއްޗެއް ގަނެގެން އަވަހަށް ގެއަށް އަންނާށެވެ!" 

ފިރިމީހާ ބުންޏެވެ! "ބަލަ އަހަރެންގެ ޢާއިލާ މިއަދު މެންދުރު ކާން އަންނާނެވާހަކަ އިއްޔެ ނުބުނަން ހެއްޔެވެ؟ މިއަދު ސުވާލުކުރީމާ ގޭގައި ހުރިއެއްޗެއް ކާންދިނީމާ ރަނގަޅުވާނެ ކަމަށް ނުބުނަން ހެއްޔެވެ؟" އެހެން ބުނެފައި ފޯނު ކަނޑައިލީއެވެ.

މަންމައާއި ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ކަލޭގެ ފިރިމީހާއަކީ ވަރަށް ރަނގަޅު ދަރިއެކެވެ. ގޯސްހަދަމުން ތިގެންދަނީ ދަރިފުޅެވެ. ދެންވެސް ވިސްނައި ކަންކަން އިޞްލާޙްކުރާށެވެ! ކައިވެނިކުރުމަށްފަހު ދެފަރާތުގެ ޢާއިލާއަކީ އެއްޢާއިލާއެކެވެ. ކަންކަން ކުރަންޖެހޭނީ ހަމަހަމަކޮށެވެ!"  

މިވާހަކައިގައި ތިއްބާ ކާތަކެތި ގަނެގެން ފިރިމީހާ އައިސް ގެއަށް ވަނުމުން އަނބިމީހާ ބުންޏެވެ. "މާފުކުރާށެވެ! ކުށް ދެން ތަކުރާރެއް ނުވާނެއެވެ!"  

އަޅުގަނޑު އުންމީދުކުރަނީ ކޮންމެ ދެމަފިރިއަކަށްވެސް މިވާހަކަކޮޅުގައި ރަނގަޅު ޢިބްރަތެއްވާކަމަށެވެ. ކައިވެނިކުރުމަށްފަހު ކަލޭގެ ޢާއިލާ، މަގޭ ޢާއިލާ އެއް ނުއޮންނާނެއެވެ. އޮންނަންވާނީ ދެމީހުންގެ ޢާއިލާއެވެ. އުފަލުގައި ދިރިއުޅެވޭނީ އެކަން ޤަބޫލުކުރާނަމައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް