އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގިނައިން ހެލިފެލިވެ ނޫޅޭނަމަ ލޭ ހޮޅިތަކުގައި ސަރުބީ ހިފާލެއް އަވަސްވާނެ!

ގިނައިން ހެލިފެލިވެ ނޫޅޭނަމަ ލޭ ހޮޅިތަކުގައި ސަރުބީ ހިފާލެއް އަވަސްވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

ލޭހޮޅިތަކުގައި ސަރުބީ ހިފުމަކީ ގިނަ ސިއްހީ މައްސަލަތަކަކާ ކުރިމަތި ކުރުވާ ކަމެކެވެ. ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުމުގެ އެންމެ ބޮޑު އެއްސަބަބަކީ ލޭ ހޮޅިތަކުގައި ސަރުބީހަފައިގެން ލޭ ހޮޅިތައް ބެދުމެވެ. 

ގިނައިން ހެލިފެލިވެ އުޅުން ނުވަތަ ގަވައިދުން ކަސްރަތު ކުރުމަކީ ލޭހޮޅިތަކުގައި ސަރުބީ ހިފުން ލަސްކޮށްދޭކަމެކެވެ. އުމުރުން ތިރީސް އަހަރަށްވުރެ މައްޗަށް ދިޔުމުން އާއްމުކޮށް ގިނަ މީހުންގެ ލޭހޮޅިތަކުގައި ސަރުބީ ހިފަންފަށައެވެ. ނަމަވެސް ގަވައިދުން ކަސްރަތުކުރުމުގެ ސަބަބުން މިގޮތަށް ސަރުބީ ހިފާ މިންވަރާއި ސަރުބީ ހިފާލެއް ލަސްކޮށްދެއެވެ. 

މަދުވެގެންމ ހަފްތާއަކު 150 މިނެޓަށްވުރެ ގިނައިރު ކަސްރަތު ކުރުމަށް ޔޫރަޕިއަން ހާޓް އެސޯސިއޭޝަނުން އިރުޝާދުދެއެވެ. މިއާއެކު މިންހެޔޮ ރަނގަޅު ކެއުމެއް ކެއުމާއި ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީވެސް ލޭހޮޅިތަކުގައި ސަރުބީ ހިފުމުން ދުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެވެ. 

ލޭ މައްޗަށް ދިޔުމާއި ހަކުރު ބަލިފަދަ ބަލިތައް ތަހައްމަލު ކުރަމުން ގެންދާ ފަރާތްތަކުން ޑޮކްޓަރު ދޭ އިރްޝާދުތަކާއެކު ބޭސް ބޭނުންކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަޖެހޭ ބަދަލުތައް ގެންނަންވާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް