އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދަރިއަކަށްވެސް އަގުހުރި ފިލާވަޅެއް!: މަންމަ ފަޤީރުވީމާ ގެއަށްވައްދަން ނުރުހުނު ތަނަވަސް އަނބިމީހާއާއި ވަކިވީމާ މާތަނަވަސް، މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ކޮންމެ ދަރިއަކަށްވެސް އަގުހުރި ފިލާވަޅެއް!: މަންމަ ފަޤީރުވީމާ ގެއަށްވައްދަން ނުރުހުނު ތަނަވަސް އަނބިމީހާއާއި ވަކިވީމާ މާތަނަވަސް، މާއުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

އަހުރެންގެ ހުރީ ހަމައެކަނި މަންމައެކެވެ. ބައްޕަ ވަނީ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަހުރެންނާއި ހަގަށް ތިބި 2 ކޮއްކޮ އާއި 3 ބައިން ގެންގުޅެ ބޮޑުކުރީ މަންމަ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. އެހެންވެ 3 ބެއިންވެސް އައީ މަންމައާއިމެދު ވަރަށް ހެޔޮކޮށް ކަންކަން ކުރަމުންނެވެ.  

އަހުރެންނަށް ކައިވެނިކުރެވުނީ ތަނަވަސް އަންހެނަކާއިއެވެ. ކައިވެނިކުރުމަށްފަހު ދިރިއުޅުންވެސް އަނބިމީހާގެ އެދުމުގެ މަތިން އަނބިމީހާގެ ގެއަށް ބަދަލުކުރީމެވެ. ހަފްތާއަކު 2 ދުވަހު މަންމައަށް ޒިޔާރަތް ކުރަމެވެ. މަންމަ އަހުރެން ދެކެލަން އަންނަނީ މަހަކު އެއްފަހަރު ކަހަލަގޮތަކަށެވެ. އަންނަނީވެސް އަނބިމީހާ އާއި ބައްދަލުކޮށް ވާހަކަދައްކައިލުމުގެ ބޭނުމުގައެވެ. ދުވަހަކުވެސް އަނބިމިހާގެ ގާތުން އެއްވެސް ކަމަކުވެސް ނުއެދެއެވެ.  

އެހެންކަމާއިއެކުވެސް އަނބިމީހާއަށް އެކަން ކަމަކު ނުދިއައެވެ. މަންމަ ފަދަ ފަޤީރު އަންހެނަކު އެގެއަށް ގޮސް އުޅުމަކީ އަނބިމީހާ ރުހޭ ކަމަކަށް ނުވިއެވެ. އެހެންވެ އެކަން ހުއްޓުވަން ބުނުމުން އަހުރެން ބުނީމެވެ. "ވަރަށް ކުޑައިރު ބައްޕަ ނިޔާވުމުން އަހަރެމެން 3 ބެއިން ގެންގުޅެ ބޮޑުކުރީ މަންމަ ވަރަށް ބުރައުފުލައިގެންނެވެ. އަހުރެންގެ މަންމަ ފަޤީރަސް ތިބާގެ ގާތަކުން އެއްވެސް ކަމަކު ނޭދެއެވެ. އެއަންނަނީވެސް ތިބާއަކީ އަހުރެންގެ އަނބިމީހާކަމަށްވުމުން ތިބާއާއި ބައްދަލުކޮށް ވާހަކަދައްކައިލުމުގެ ބޭނުމުގައެވެ. އަހުރެން އުޅޭ ގެއަކަށް ނުއަންނަން މަންމަ ގާތަކު ބުނާނަމެވެ. އަދި ތިބާ ކިތަންމެ ތަނަވަސްނަމަވެސް އަހުރެން އިސްކަން ދޭނީ މަންމައަށެވެ. ތިބާ ތިއަ ގޮތުގައި ހުންނާނެ ނަމަ އަހުރެން ވަކިވާނީ ތިބާއާއިއެވެ. މަންމައަކާއެއް ނޫނެވެ."  

އަނބިމީހާ ގޮތްދޫނުކުރުމުން ވަރިކޮށްލާފައި ނުކުމެގެންދިއައީއެވެ. އަހުރެން ބޭނުންވަނީ ބޮޑު ތަނަވަސްކަމަކަށް ނޫންވީމައެވެ. އަހުރެން އަންތބަކަށް ބޭނުންވަނީ އަހުރެންގެ މަންމަގެ އަގުވަޒަންކުރާނެ އަންތބެއްވީމައެވެ.  

ކަންކަން މަންމައަށް އެނގުމުން ވަރަށް ދެރަވިއެވެ. އަހުރެންގެ ކައިވެނި ރޫޅިގެންދިއައީ މަންމަގެ ސަބަބުންކަމަށް ޤަބޫލުކުރެވުނީތީއެވެ. އަހުރެން ބުނީމެވެ. "މަންމާއެވެ! މިއީ މަންމަގެ ސަބަބުން މެދުވެރިވި ކަމެއް ނޫނެވެ. މަންމަގެ އެއްވެސް ކުށެއް ނެތެވެ. މިގޮތަށް ކަންތައް މިކުރީވެސް އެކަން ޤަބޫލުކުރާތީއެވެ." ޖަވާބުގައި މަންމަ ބުނީ އަހުރެންނަށްޓަކައި ހެޔޮދުޢާކުރާނެ ކަމަށެވެ.  

ދެން މިކިޔައިދެނީ ނަތީޖާ ފެނުނު ގޮތެވެ. އަނބިމީހާ އަހުރެންގެ ބޮސްއަށް ގުޅައި އަހުރެން ވަޒީފާއިން ވަކިކުރަން ބުނީމާ ބޮސް އަހުރެން ގެންގޮސްފައި ސުވާލުކުރުމުން ކަންކަން ހިނގައި ދިއަ ގޮތް ކިޔައިދިނީމާ ބުނީ އަހުރެންނަށް ޙައްޤު އިނާމުދޭނެ ކަމަށެވެ. އިނާމެއް ނުބުނެއެވެ.  

3 ދުވަސްފަހުން ރޭގަނޑުގެ ކެއުމަކަށް ބޮސްގެ ގެއަށްދާން ދަޢުވަތުދިނީމާ ދިއުމުން ކައިނިމިގެން ދެމަފިރިން އެކުގައި ތިބެފައި ބުންޏެވެ. "ދެންމެ ކާން ތިބިއިރު ކަލޭގެ ކުރިމަތީ ގޮނޑީގައި އެއިނީ އަހުރެމެންގެ ދޮށީ އަންހެން ދަރިފުޅެވެ. އަހުރެމެން ދެމަފިރިން ނިންމީ ކަލޭ ރުހޭނަމަ ދެކުދިން ކައިވެނިކުރުވާށެވެ. އަހަރެމެން ދެމަފިރިން ބޭނުންވަނީ ކަލޭ، ކަލޭގެ މަންމަ ދެކެ ލޯބި ތިއަވާ ވަރަށް އަހަރެމެން ދެމަފިރިން ދެކެވެސް ލޯބިވެގެން އުޅެދިނުމެވެ. އެހެން އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. މަންމަ އަންނަން ހުރިއްޔާ މިގެއަށް ބަދަލުކުރާށެވެ. 2 ކޮއްކޮއަށް ކުންފުނިން ވަޒީފާވެސް ހަމަޖައްސައިދޭނަމެވެ."  

ދުވަހަކުވެސް މީހެއްގެ ފައިމައްޗަށް ގުދުވެ ސަޖިދަކުރާނެނަމަ އެދެމަފިރިންގެ ފައިމައްޗަށް ގުދުވީމުހެވެ. ނަމަވެސް އެކަމެއް ނުކުރަމެވެ. ޝުކުރުވެރިކަމާއިއެކު ދެމަފިރިންގެ ހުށަހެޅުން ބަލައިގަތީއެވެ.  

މިހާރު ކައިވެންޏަށް 12 އަހަރުވީއެވެ. ކުންފުނީގައި އެންމެ އިސްކޮށް މަސައްކަތްކުރަނީ އަހުރެމެން ދެމަފިރިންނެވެ. ބައްޕަކުރާ ހަމައެކަނި ކަމަކީ އިރުޝާދުދިނުމެވެ. ދިރިއުޅެނީ މައިމީހާއާއިއެކު ހަމަ އެގޭގައެވެ. ވަކިން އުޅޭނެ ގެއެއް ގަނެދީފިއެވެ. ނަމަވެސް ބައްޕަ ބޭނުންވަނީ އެގެ ހޮޓަލަކަށް ބޭނުންކޮށްފައި އެމީހުންނާއިއެކު ދިރިއުޅޭށެވެ. އެގޭގައި ދިރިއުޅެމުން މިއަންނަނީ ބައްޕަގެ އެދުމަށް އިޙްތިރާމް ކުރުމަށެވެ. މައިންބަފައިންނަށް އެހީތެރިވެ ބެލެހެއްޓުމުނެ ބޭނުމުގައެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ކޮންފަދަ އަގުހުރި ފިލާވަޅެއްތޯއެވެ؟ މިފަދަ ކަންކަން މިހާރުވެސް ލޮލަށް ފެންނައިރުވެސް ގިނަ ދަރިންނަށް ޤަބޫލުނުކުރެވެނީ ކީއްވެގެންބާވައެވެ؟

 

- މަންމައެއް، މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް