އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: މަލާއިކަތުންގެ ދުޢާ ތިބާއަށް ލިބިގެންދާނެ ދިހަ ކަމެއް!

ހަނދުމަކޮށްދިނުމެއް!: މަލާއިކަތުންގެ ދުޢާ ތިބާއަށް ލިބިގެންދާނެ ދިހަ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މަލާއިކަތްބޭކަލުން މީސްތަކުންނަށްޓަކައި ހެޔޮ ދުޢާ ކުރައްވަވާ ކަމާއި އެބޭކަލުންގެ ދުޢާ މީސްތަކުންނަށް ލިބިގެންދާނެކަން ކީރިތި ޤުރައާނުން އެނގެން އެބައޮތެވެ. 

"(اللَّه ގެ ކީރިތިވަންތަކަމުން) އުޑުތައް އެތަކެތީގެމަތިން ފަޅަފަޅައިގެންދިއުމާ ގާތްވެއެވެ. އަދި މަލާއިކަތުން، އެއުރެންގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙް ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުންއެދި، ދުޢާ ކުރައްވަތެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.": (އައްޝޫރާ: 5) 

1—ވުޟޫކޮށްގެން ނިދުން:

ވުޟޫކޮށްގެން މީހަކު ނިދައިފިނަމަ އޭނާ ނިދީން ހޭލަންދެން އޭނާއަށްޓަކައި ހެޔޮ ދުޢާކުރައްވަވާނެ މަލާއިކަތަކު ﷲ ތަޢާލާ ލައްވަވަތެވެ. 

2—ދެވަނަ ކަމަކީ އަޚާއަށް ސިއްރުން އޭނާއަށްޓަކައި ހެޔޮދުޢާކުރުމެވެ.

މީހަކަށް ނުއަންގައި އޭނާއަށްޓަކައި ހެޔޮދުޢާކޮށްފިނަމަ އެދުޢާކުރި ކަމެއް ދުޢާކުރިމީހާއަށްވެސް ދެއްވެވުން އެދިވަޑައިގެން މަލާއިކަތަކު ދުޢާކުރައްވަވަތެވެ. 

3—ބަލިމީހުންނަށް ޒިޔާރަތްކުރުން

ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އެމީހަކަށްޓަކައި މަލާއިކަތް ބޭކަލުން އެމީހަކަށްޓަކައި އެމީހާގެ ﷲާފަތައް ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަތެވެ.  

4—ޞަދަޤާތްކުރުން:

ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައިވާ ތަކެތިން ﷲ ތަޢާލާގެ މަގުގައި ބަދަޤާތްކުރުމަކީ އެމީހަކަށް މަލާއިކަތްބޭކަލުންގެ ދުޢާ ލިބިގެންދާ ކަމެކެވެ. 

5—އެހެން މީހުން ރޯދަ ނުހިފައި ކަމުންދާއިރު ރޯދަ ހިފުން 

6—ނަމާދުގެ ޖަމާޢަތުގެ ކުރީސަފުގައި ނަމާދުކުރުން 

7—ރަސޫލް އަށް ޞަލަވާތްކިޔެވުން 

8—މީސްތަކުންނަށް ހެޔޮކޮށް ހިތައި އެހީތެރިވެދިނުން 

9—ތައުބާވެ ފާފަފުއްސަވައިދެއްވެވުމަށް އެދުން

10—ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ނަމާދުކުރުން 

މީސްތަކުންނޭވެ! އުޑުތަކުގައިވާ މަލާއިކަތުން އެމީހަކަށްޓަކައި ހެޔޮދުޢާ ކުރައްވަވައިފިނަމަ އެމީހަކަށް އެކަމެއް މިންވަރުކުރައްވަވައި ދެއްވަވާނެ ކަމާއިމެދު ޝައްކުނުކުރާށެވެ! މިބަޔާންކުރި ހެޔޮ ޢަމަލުތައްކުރުންމަތީގައި ދެމިތިބޭށެވެ! އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް