އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރެއްނެތި ފާފަކުރާ މީހުންނާ ފާފަކުރަން މަގުފަހިކޮށްދޭ މީހުންނަށް ޤަބޫލުނުކުރެވިގެން އެއުޅެނީ މިއަދުވެސް ވޮޑިގެންވަނީ ކޯފާޙައްޤުވީމާ ޤައުމުތަކާއި މީސްތަކުން ފަނާކުރެއްވެވި ﷲ ކަން!

ބިރެއްނެތި ފާފަކުރާ މީހުންނާ ފާފަކުރަން މަގުފަހިކޮށްދޭ މީހުންނަށް ޤަބޫލުނުކުރެވިގެން އެއުޅެނީ މިއަދުވެސް ވޮޑިގެންވަނީ ކޯފާޙައްޤުވީމާ ޤައުމުތަކާއި މީސްތަކުން ފަނާކުރެއްވެވި ﷲ ކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 7 ސިކުންތު

ބައެއް މީހުންނަށް ވިސްނިގެން އުޅެނީ ކޮންމެ ގޮތަކަށް އުޅުނަސް ﷲ ތަޢާލާ ކޯފާށ ނުލައްވަވާނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްފީއެކެވެ. އެމީހަކަށް ކޯފާ ޙައްޤުވީމާ އިރާދަޖުރައްވަވާ އަޅުންނަށް ވަޤުތުންވެސް ކޯފާ ލައްވަވައެވެ. މިއަދުވެސް އެކަންކަން އަންނަނީ އެގޮތަށް މެދުވެރިވަމުންނެވެ. 

ﷲ ޞުބުހާނަހޫ ވަޠަޢާލާ އިންސާނުން ބިމުގައި ލެއްވެވީންސުރެ، އެކަލާނގެ މަގަށް މަގުދައްކަވާ، އެކަލާނގެ ބަސްފުޅު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށް ރަސޫލުބޭކަލުން ފޮނުއްވެވިއެވެ. ނަމަވެސް ގިނަމީހުން، އެބޭކަލުންގެ ބަސްފުޅުތަކަށް އިންކާރުކުރިއެވެ. އަދި އެބޭކަލުންނަށް މަލާމާތްކޮށް ހަޖޫޖަހާ އެކި ގޮތްގޮތުން ދުށްތުރާތައްކުރިއެވެ. 

އެފަދަ މީހުންނަށް ﷲ ޞުބުޙާނަހޫ ވަޠަޢާލާ، ރަސޫލުބޭކަލުންގެ ބަސްފުޅު ތެދުކޮށް އެކަލާނގެ މަގުން ހިނގުމުގެ ފުރުޞަތު އެތައް ފަހަރަކު ދެއްވެވިނަމަވެސް، ބޮޑާކަންމަތީ ތިބެ، އެމީހުން، އެބޭކަލުންގެ ބަސްފުޅު ދޮގުކުރިއެވެ. އަދި އެބޭކަލުންނަކީ، އެއްވެސް ހަމައެއްނުޖެހޭ ދޮގު ވާހަކަތައް ފަތުރާ، ބުއްދި ހަމަނުޖެހޭ ސިހުރުވެރިންގެ ގޮތުގައި ސިފަކޮށްއުޅުނެވެ. 

"އަދި އެއުރެންގެ ކުރިން، ތިމަންރަސްކަލާނގެ ކިތައްކިތައް އުއްމަތް ހަލާކުކުރެއްވިންހެއްޔެވެ؟ އެއުރެންނަށްވުރެ، އެއިހުގެ މީހުން ބާރުގެ ގޮތުން މާގަދަފަދައެވެ. ފަހެ، އެއުރެން ރަށްތަކަށް ދަތުރުކޮށް ހޯދާ ބެލިއެވެ. އެއުރެންނަށް ފިލަންދާނެތަނެއް ފެނުނުހެއްޔެވެ؟ " سورة   ق : 36

ނޫޙުގެފާނުގެ ޤައުމުގެ މީހުންނަކީ ބުދަށް އަޅުކަންކުރުމުގައި މަސްއޫލުވެއުޅުނު ބައެކެވެ. އަދި އެކަލޭގެފާނު އެމީހުންނަށް ތައުޙީދު އުނގަންނައިދީ ހަމައެކަނި އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުމަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު 950 ވަރަކަށް އަހަރުވަންދެންކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް ތަބަޢަވީ ވަރަށް މަދުބައެކެވެ. 11 މީހުންނާއި 83 މީހުންނާއި ދެމެދުގެ ޢަދަދަކަށް ކަމުގައި ބުނެވެއެވެ.   

ސޫރަތުލް ނޫޙްގައި މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަޙީ ކުރައްވާފައިވެއެވެ. " އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ އެއުރެންގެ ފާފަފުއްސެވުމަށްޓަކައި، ތިމަންކަލޭގެފާނު އެއުރެންނަށް އީމާންވުމަށް ގޮވާލައްވާ ކޮންމެ ފަހަރަކު، އެއުރެންގެ އިނގިލިތައް އެއުރެންގެ ކަންފަތްތަކުގައި އަޅަތެވެ. އަދި އެއުރެންގެ ފޭރާމުން އެއުރެން ނިވާވެގަނެތެވެ. އަދި އެއުރެން ކުފުރުވެރިކަންމަތީ ދެމިތިބެތެވެ. ނުހަނު ބޮޑާވެގަނެތެވެ. " (71:7) 

ދެން ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ އަމުރުފުޅަށް އެކަލޭގެފާނު ނައުކޮޅެއް ބިނާކުރައްވާ، ކޮންމެ ދިރޭތަކެއްޗަކުން ޖޯޑެއް އެނައުކޮޅަށް އެރުއްވެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅު ތެދުކުރި މީހުންވެސްމެއެވެ. އެއަށްފަހު އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިމީހުން ނެތިކުރެއްވިގެންދިޔައީ އެތަނުގައި ފެންބޮޑުވެ، އެތަނަށް ޣަރަޤުކުރެވިގެންނެވެ. 

ލޫޠު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ފޮނުއްވުނީ، އެންމެ ފޯރީގައި ﷲ ނަޙީކުރެއްވި އެތައް ފާފަތަކެއްކުރަމުން އައި ދުވަސްވަރެއްގައެވެ. އެގޮތުން، ދުނިޔަވީ އެދުންތަކަށް ކިޔަމަންވެ، އެތަނަށް އައިސް އުޅޭ ދަތުރުވެރިން އަތުން ފޭރި، އެމީހުން މަރާ އަދި ފިރިހެނުން އެއްޖިންސުން ގުޅުންހިންގާއުޅުނުވެ. ލޫޠުގެފާނު އެތައް ފަހަރަކު ﷲގެ ޢަޒާބަށް ބިރުވެތިވުމަށް އެންގެވުމުންވެސް، އެކަލޭގެފާނު އެތަނުން ނެރޭނެކަމަށްބުނެ އިންޒާރުދިނެވެ. ދެން، މާތްﷲ ޞުބުޙަނަހޫ ވަޠަޢާލާ ދެ މަލާއިކަތްބޭކަލުން އެކަލޭގެފާނުގެ އަރިހަށް ފޮނުއްވަވާ، އިރުއެރުމުގެ ކުރިން، އެތަން ދޫކޮށް ދިޔުމަށް ވަޙީކުރެއްވިއެވެ. " ފަހެ އިރުއެރިވަގުތުގައި ގަދަފަދަ އަޑުއައިސް އެއުރެން ހަލާކުކުރިއެވެ. ފަހެ، ތިމަންރަސްކަލާނގެ އެރަށުގެ، މައްޗަށް އޮތް ފުށް ވަތަށް އޮތް ފުށްކަމުގައި ލެއްވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ވާރޭ ވެއްސެވީމެވެ. ފަހެ، އެކަންތަކުގައި ވިސްނާ ފިކުރުކުރާ މީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ. " سورة الحجر: 73،74،75 

މިފަދަ އެތައްގޮތަކުން، ﷲ ޞުބުޙާނަހޫ ވަޠަޢާލާ، ރަސޫލުންގެ ބަސްފުޅު ދޮގުކޮށް އެކަލާނގެ އަމުރުފުޅުތަކަށް ތަބަޢަނުވި މީހުންނަށް ޢަޒާބުދެއްވެވި އިރު، އަހަރެމެންނަށް އޮތީ މިކަމުން ޢިބުރަތް ޙާޞިލްކުރުމެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ޢަޒާބަށް ބިރުވެތިވާ ޙާލު، އެކަލާނގެއަށް ކުށްތަންވުމުގައި ހިތްތިރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރުކުރުމެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ޢަޒީޒްވަންތަ ރަސްކަލާނގެއެވެ. 

މިޒަމާނުގައި ޤައުމުތައް ބަންޑުން ޖައްސަވާ މަންޒަރު ނުވަތަ ނޫޙުގެފާނުގެ ޤައުމު ފަދައިން ޣަރަޤުކުރައްވަވާ މަންޒަރު ނުފެނުމަކީ އެކަންކަން ހިނގަމުން ނުދާނެ ކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަންކަން ވަމުންދާގޮތް ނިކަން ދެކިބަލާށެވެ! އަދި ކީއްހެއްޔެވެ؟ އެމީހަކަށް މުޞީބާތެއް ކުރިމަތިކުރެއްވެވި ނަމަވެސް އެމީހަކަށް އެވަނީ ހަމައެ ޙާލަތު ކުރިމަތިވެފައެވެ.

 

މަސްދަރު: އިސްލާމީ ހިދާޔަތް  

https://www.ukessays.com/essays/history/demolished-nations-described-in-holy-quran-history-essay.php

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު