އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރުސް ދިނުމަށް ހުރަސްއަޅައި ދަރުސްދިނީމާ ހިފައި ހައްޔަރުކޮށް އަނިޔާކުރަމުންދިއަ އަހަރުތަކުގަވެސް ޝައިޚް ފަރީދު ކުރެއްވި ހިތްވަރަށް ދީނީ ޖަމިއްޔާތަކުގެ ތަޢްރީފް

ދަރުސް ދިނުމަށް ހުރަސްއަޅައި ދަރުސްދިނީމާ ހިފައި ހައްޔަރުކޮށް އަނިޔާކުރަމުންދިއަ އަހަރުތަކުގަވެސް ޝައިޚް ފަރީދު ކުރެއްވި ހިތްވަރަށް ދީނީ ޖަމިއްޔާތަކުގެ ތަޢްރީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ރާއްޖޭގައި ދަރުސް ދިނުމަށް ސަރުކާރުން ހުރަސްއަޅައި ދަރުސްދިނީމާ ހިފައި ހައްޔަރުކޮށް އަނިޔާކުރަމުންދިއަ އަހަރުތަކުގަވެސް ޝައިޚް އިބްރާހީމް ފަރީދު ސަރުކާރުގެ އަނިޔާވެރިކަމަށް ބިރުކަނޑުއްވާލައްވައި ވަރަށް ޘާބިތުކަމާއިއެކު ކުރެއްވި ހިތްވަރަށް ދީނީ ޖަމިއްޔާތަކުގެ ތަޢްރީފް އެދަނީ ލިބެމުންނެވެ. 

ނޫރުލްއިސްލާމް ޖަމިއްޔާގެ ބަސް: 

ދިވެހިރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވީ ޚަބަރު އަޅުގަނޑުމެން އެހީ ފުން ހިތާމައާ އެކުގައެވެ. 

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތަށްޓަކައި ގިނަގުނަ ޤުރުބާނީތަކެއް ވެވަޑައިގެންނެވި ބޭކަލެކެވެ. 2000 ގެ ކުރީކޮޅުގެ އަހަރުތަކުގައި، އިސްލާމީ ދަޢުވަތުގެ ދޮރުތައް ހަނިކޮށް ދަޢުވަތަށް ސަރުކާރުން ހުރަސްއަޅަމުން ދިޔަ ވަގުތު، ކެރިގެން ތެދުވެވަޑައިގެން ދެއްވި އަސަރުގަދަ ތަޤުރީރުތަކަކީ އޭރުގެ އެތައްބަޔަކަށް އިސްލާމީ ހިދާޔަތު ލިބިގެން ދިޔަ ސަބަބު ކަމުގައި ވެފައިވެއެވެ. 

ވަކިން ޚާއްޞަކޮށް ނަމާދުގައި ކިޔަވާ ވިދާޅުވާ ކިޔަވާ ވިދާޅުވުންތަކަކީ އެހާމެ އަސަރުގަދަ ކިޔެވުން ތަކެކެވެ. ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގެ މަގުގައި، އެތައް ފަހަރެއްގެ މަތިން ޖަލަށްލެވި، އަނިޔާތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. މިއަދު އިސްލާމީ ދަޢުވަތަށް ހުޅުވިފައިވާ ގިނަ ދޮރުތަކަކީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ފަދަ އެތައް ބޭކަލުންނެއްގެ އެތައް ޤުރުބާނީއެއްގެ ނަތީޖާއެވެ.

ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ކުއްލި ވަކިވެވަޑައިގެންނެވުމަކީ އިސްލާމީ ދަޢުވަތަށް އޭގެ ފަޅުކަން އިހުސާސް ކުރެވިގެންދާނެ ކަމެކެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ލޮބުވެތި ޢާއިލާއަށާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ދިވެހި އެންމެހާ މުސްލިމުންނަށް ތަޢުޒިޔާ ދަންނަވަމެވެ. އެންމެ ބޭފުޅުންނަށް ކެތްތެރިކަމާއި ސަވާބާއި ދަރުމަ ﷲ މިންވަރު ކުރައްވާށިއެވެ. އާމީން.

"ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް

ތާއަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ"

13 ޛުލްޙިއްޖާ 1446

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު