އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲ އަވަހާރަވުމާއި ގުޅިގެން އަސަރު ނުކުރާ ހިތެއް ނެތް! ސޯޝަލް މީޑިއާ ފުރާލައިފި! އެއީ އެމީހަކަށާ ޝައިޚަށް ޘަވާބު އިތުރުވާނެ ކަމެއް! އިން ޝާ ﷲ

ޝައިޚް އިބްރާހީމް ފަރީދު ރަޙިމަހުﷲ އަވަހާރަވުމާއި ގުޅިގެން އަސަރު ނުކުރާ ހިތެއް ނެތް! ސޯޝަލް މީޑިއާ ފުރާލައިފި! އެއީ އެމީހަކަށާ ޝައިޚަށް ޘަވާބު އިތުރުވާނެ ކަމެއް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޝައިޚް އިބްރާހީމް ފރީދު ރަޙިމަހުﷲ ގެ ފުރާނަ ތަޢާލާގެ ރަޙްމަތަށް ދަތުރުފުޅުކުރެއްވެވުމުގެ ޚަބަރު ޢާންމުވުމުން އަސަރު ނުކުރާ ހިތެއް ނެތެވެ. އެކަން އެނގިގެންދިއައީ ދާދި ކުޑަކުޑަހިނދުކޮޅެއްގެ ތެރޭގައި ސޯޝަލްމީޑިއާއަށް ޝައިޚްގެ ދަރުސްތަކާއި ނަޞޭޙަތްތައް ޢާންމުކުރަން ފަށައިމިހާރުވެސް ސޯޝަލް މީޑިއާ ފުރާލައިފައިވާތީއެވެ.

ގިނަ ބައަކު ހީކުރަނީ މަޝްހޫރުކަން އިތުރުވާނީ މުނިފޫހިފިލުވުމާއި ސިޔާސީ ސަޅިބައިސާތަކުން ކަމަށެވެ. ނަމަވެސް ފެނިގެން މިދިއައީ މުޅިން އެހެންކަމެކެވެ. ގިނަބއަކު މިހާރުވެސް ހާމަކުރަމުން އެގެންދަނީ ޝައިޚްގެ ދަރުސްތަކުގެ ކްލިޕްތަކެވެ. ނަޞޭޙަތްތަކެވެ. 

ޝައިޚް އެންމެ ގިނައިން ދަރުސްދެއްވާފައިވާ މައުޟޫތަކަކީ މަރަށް ތައްޔާރުވުމާއި ކައްވަޅުގެ ޢަޛާބާއި ޤިޔާމަތް ދުވަހުގެ ވާހަކަތަކެވެ. ދެމަފިރިންގެ ގުޅުން ބަދަހިކުރުމާއި އަނބިންގެ ޙައްޤުތަކުގެ ވާހަކަތަކެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަފާތެރިވުމުގެ މުހިންމު ކަމެވެ. 

އެހެންކަމުން  ޝައިޚް އިބްރާހީމް ފރީދު ރަޙިމަހުﷲ ގެ ދަރުސްތައް ތާއަބަދަށް ދެމިގެންދާނެއެވެ. އިންޝާ ﷲ އެކަމުގެ ފައިދާ މީސްތަކުންނަށް ކުރާނެއެވެ. އެކަމުގެ ސަބަބުން ޝައިޚަށް ޘަވާބް އިތުރުވަމުންދާނެއެވެ. 

ޤާބިލުކަން ލިބިފައިވާ ކޮންމެ މީހެއްގެ ކިބައިންވެސް އެދެނީ ޝައިޚްގެ ހެޔޮބަސްފުޅެއް ސޯޝަލް މީޑިއާގައި ޢާންމުކޮށްލަދެއްވުމެވެ. އެކަމުން އެމީހަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. އަދި ޝައިޚަށްވެސް ޘަވާބު އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް