އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފި

ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ދިވެހިރާއްޖޭގެ ނަންމަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމުގައިވާ ޝައިޚް އިބްރާހީމް ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިޔާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމައިފިއެވެ. މި މަޢުލޫމާތު މިއަދުނޫހަށް ދެއްވާފައިވަނީ ޝައިޚް ފަރީދުގެ އާއިލާއިންނެވެ.

ޝައިޚް ފަރީދު އަވަހާރަވީ އިއްޔެ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާއިން ކުރިން މަސައްކަތް ކުރި ނަމަވެސް، މެލޭޝިޔާގެ ޤަވާއިދުތަކުގެ ސަބަބުން އެކަން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

މެލޭޝިޔާގެ ޤަވާއިދު ބުނާގޮތުން އެ ޤައުމުން ބޭރަށް ހަށިގަނޑު ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. ނަމަވެސް، ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ބޭނުންފުޅުވެ ވަޑައިނުގަންނަވާތީ، ޝައިޚް ފަރީދުގެ ހަށިގަނޑު މެލޭޝިޔާގައި ވަޅުލުމަށް ނިންމާފައިވާ ކަމަށް އާއިލާއިން ވިދާޅުވިއެވެ.

ޝައިޚް އިބްރާހީމް ފަރީދަކީ ދިވެހިރާއްޖޭގައި ވަރަށް އިޙްތިރާމް ލިބިވަޑައިގެންފައިވާ ދީނީ ޢިލްމުވެރިއެކެވެ. އެމަނިކުފާނުގެ ޢިލްމީ ޚިދުމަތްތަކާއި ދީނީ ދަޢުވަތުގެ މަސައްކަތްތަކަށްޓަކައި ގިނަ ދިވެހިން އެމަނިކުފާނަށް ލޯބިކުރެއެވެ. 

ޝައިޚް ފަރީދުގެ ހަށިގަނޑު ވަޅުލުމުގެ އިންތިޒާމުތައް މިހާރު ދަނީ މެލޭޝިޔާގެ އިސްލާމީ ކަންތައްތަކާބެހޭ އިދާރާތަކާ ގުޅިގެން ހަމަޖައްސަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު