އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދުޢާކުރުމާއިއެކު ހެނދުނުން ފެށިގެން ޙައްލުކުރަން މަސައްކަތްކުރުމުންވެސް ޙައްލުނުކުރެވުނު މައްސަލަ ޙައްލުކުރެވުނު ގޮތުގެ ވާހަކައާ އޭނާކުރި ދުޢާ-

ޢިބްރަތްތެރި ވާހަކަ: ދުޢާކުރުމާއިއެކު ހެނދުނުން ފެށިގެން ޙައްލުކުރަން މަސައްކަތްކުރުމުންވެސް ޙައްލުނުކުރެވުނު މައްސަލަ ޙައްލުކުރެވުނު ގޮތުގެ ވާހަކައާ އޭނާކުރި ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

މިހާރަކަށް އައިސް މަސައްކަތުގެ ވަޤުތުގައި ބަންގިގޮވީމާވެސް ނިސްކިތަށް ދާން ގިނަ ބައަކު ފަސްޖެހެނީ ކުރަން ހުންނަ މަސައްކަތް ނުނިންމައިފިނަމ ވެރިމީހާ ރުޅިއަތުވެދާނެ ކަމުގެ ބިރަށެވެ. ހަމައެއާއިއެކު ތިމާއަށް ޢިލްމާއި ތަޖުރިބާ ލިބިފައިވާނަމަ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ. އެހެންކަމުން އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާށެވެ! 

އަޅުގަނޑަކީ ކުންފުންޏެއްގެ ކޮމްޕިޔުޓަރުތަކަށް ޖެހޭ މައްސަލަތައް ޙައްލުކުރުމުގެ ވަޒީފާއަދާކުރަމުން އަންނަ މުވައްޒިފަކީމެވެ. އެއީ އަޅުގަނޑަށް ކުރަން އުނދަގޫ މަސައްކަތެއް ނޫނެވެ. އަދި ކުރަން ބޮޑު މަސައްކަތެއްވެސް ނޫނެވެ. އެހެނެއްކަމަކު އެއީ އަޅުގަނޑަށް އަމާންދޭން ޖެހުނު ދުވަހެކެވެ. 

ބޮސް އާއި ބޮސްގެ ސެކެޓްރީގެ ޕީސީ އެކުގައި ސްޓަކްވީއެވެ. ވީގޮތެއް ނުއެނގުނެވެ. ދަންނަހައި ޓެކްނިކެއް ބޭނުންކުރީމެވެ. އެކަމަކުވެސް ކުރިއަށް ދެވޭނެ ގޮތެއް ނުފެނުމުން ވަރަށް ބޮޑު މާޔޫސްކަމެއްގައި ހުއްޓައި މެންދުރު ނަމާދަށް ބަންގިގޮވައިފިއެވެ. މަސައްކަތް މެދުކަނޑާލާފައި ނަމާދަށް ހިނގައްޖެނަމަ ބޮސް ރުޅި އަތުވެދާނެ ކަމަށް ބިރުންހުރެވެސް ދިއައީ ނަމާދަށެވެ. އެއީ ބޮސްއަށްވުރެ މާބޮޑަށް މާތް ﷲ ދެކެ ބިރުގަންނާތީއެވެ. 

ކިތަންމެ ބޮޑަށް ޚުޝޫޢާތްތެރިވާން މަސައްކަތްކުރި ނަމަވެސް ދޭތެރެއަކުން ޝައިޠޯނާ ސިކުނޑިއަށް ވަދެގަނެ ކޮމްޕިޔުޓަރު ނުހެދި ހުރިކަމާއި ބޮސް ރުޅިއަތުވަދާނެކަން ހަނދާންކޮށްދެއެވެ. ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުވެސް ހިތަށް ވައްދުވައެވެ. 

އެހެންކަމާއިއެކުވެސް ވީހައިބޮޑަށް ޚުޝޫޢަތްތެރިވާން މަސައްކަތްކުރީމެވެ. އަދި ﷲ ތަޢާލާއަށް ވަކީލްކުރައްވަވައި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާ ސަޖިދައިގައި އޮވެ ކުރީމެވެ.

" حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ "   

ކޮންމެއަކަސް ނަމާދުން އަވަދިވެގެން އައިސް ޖެހި ފުރަތަމަ "އެޓެމްޕްޓް" އާއިއެކު ޙައްލުކުރެވޭނެ މަގުތައް ފެންނަން ފަށައިފިއެވެ. މުޅި ހެނދުނު އެކަމަކަށް ހޭދަކުރިއިރުވެސް ޙައްލު ނުހޯދިގެން އުޅުނު މައްސަލަތައް ބައިގަޑިއެއްހައިއިރުގެ ތެރޭގައި ޙައްލުކުރެވިއްޖެއެވެ. 

އަޅުގަނޑަށް ކުރެވިފައިވާ މިތަޖުރިބާ ޙިއްޞާމިކުރަނީ ވަރަށް ބޮޑު ބޭނުމަކުއެވެ. ތިމާގެ ކިބައިގައި ޢިލްމާއި ތަޖުރިބާ ހުރިނަމަވެސް އެއިން ފައިދާކުރާނީ މާތް ﷲ މިންވަރު ކުރެއްވެވުމުން ކަމާއި ކުރަން ފަށައިގެން އުޅޭ މަސައްކަތަކީ ކިތަންމެ މުހިންމު މަސައްކަތެއް ނަމަވެސް އަދި އެ މަސައްކަތެއް ނުނިމި ހުރިނަމަވެސް ބަންގި ގޮވުމުން ބަންގިއަށް ޢިޖާބަ ދިނުމުގެ މުހިންމުކަން ބަޔާންކުރުމަށެވެ.

 

- މިޝޭލް ސްކާފިއާގެ ލިޔުމަކުން                  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް