އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު
އަޅުގަނޑަކީ ވަރަށް ގިނަ އުނދަގޫތައްވާ މީހެކެވެ. އެކުވެރިއަކު ބުނަނީ ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަން ހޯދަން ޤުރްއާން ލިޔެ ތަވީދެއް އެޅުމަށެވެ. އެއީ ކުރަން ރަނގަޅު ކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް އޮތް ޖަވާބު:
ކީރިތި ޤުރްއާނަށް ލޯބިކުރާނަމަ އޮތީ ކިޔެވުމެވެ. ހަށި ރައްކަލަށް ވެސް އޮތީ ކިޔެވުމެވެ. މިޘާލަކަށް ފަތިސްނަމާދަށްފަހުގަ އާއި އިރުއޮއްސުމުން އާޔަތުލްކުރުސި، އިޚްލާޞް، ފަލަޤް، ނާސް ސޫރަތް 3 ފަހަރު ކިޔެވުމެވެ. ނިދަން އޮށޯންނަމުންވެސް ކިޔަވަންވީއެވެ.
ސިޙުރާ އެސްފީނާއާ އަދި ޝައިޠޯނުންގެ ކިބައިން ރައްކައުތެރިކަމަށް އެދިގެން މިކަން ނުކޮށް ތިބެފައި ކަމެއް ޖެހުމުން ޝަކުވާކުރަން ނުހަދާށެވެ! ފުރަތަމަ ކަމަކަށް އޮތީ ރައްކައުތެރިކަން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ވީމާ އެމީހާ އަދާކުރަންޖެހޭ ޒިންމާ ފުރަތަމަ އަދާކުރާށެވެ!
- މުފްތީ މެންކް
ގުރްއާނުގެ އާޔަތްތަކުން ހަށިރައްކާތެރިކަން ލިބިދެނީ އެތަކެތި ކިޔެވުމުންނެވެ. ގައިގާ އެލުވައިގެން، ތަތްކޮށްގެން، ލިޔެގެންނެއް ނޫނެވެ. އަނެއްކޮޅުން، ފަށުފުލުގައި އާޔަތުލް ކުރްސި ނުވަތަ އެނޫންވެސް އާޔަތްތައް ލިޔެވިފައި އޮތުމުން ފާޚަނާ އަށް ވަންނަ ކޮންމެ ގަޑިއަކުވެސް އެއޮވެއެވެ. ވީމާ، އެކަމަކީ ކުރަން ރަގަޅު ކަމެއް ނޫނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
15 ޖޫން 2025