އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޠޯނާ ބަލިކޮށް އޭތީގެ ކިބައިން ސަލާމަތްވެ ހުރުމަށް ދެވޭނެ އެންމެ ވަރުގަދަ ޙަމަލާ! ޤުރްއާނުން- ދުނިޔެއާ އާޚިރަތް ލިބިގަނެ ޢާއިލާ ސަލާމަތްކުރަންވެސް ކުރަން އޮތް ދުޢާ!

ޝައިޠޯނާ ބަލިކޮށް އޭތީގެ ކިބައިން ސަލާމަތްވެ ހުރުމަށް ދެވޭނެ އެންމެ ވަރުގަދަ ޙަމަލާ! ޤުރްއާނުން- ދުނިޔެއާ އާޚިރަތް ލިބިގަނެ ޢާއިލާ ސަލާމަތްކުރަންވެސް ކުރަން އޮތް ދުޢާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

އަހުރެމެން މުސްލިމުންގެ އެންމެ ޢަދުއްވަކީ ޝައިޠޯނާއެވެ. އޭތި އަބަދު އެހެންހުނަނީ އަހުރެމެންނަށް ޙަމަލާދިނުންމަތީގައެވެ. ޗުއްޓީ ދުވަހެއް ނެތެވެ. ޗުއްޓީ ވަޤުތެއްވެސް ނެތެވެ. ކޮންމެ ދުވަހެއްގެ ހުރިހާ ވަޤުތުތަކެއްގައި އޭތިކުރަނީ ހަމައެމަސައްކަތެވެ.  

ނިކަން ވިސްނައިބަލާށެވެ! އޭތި ސިކުންތަކަށްވެސް ފަސްނުޖެހި 24 ގަޑިއިރު މަސައްކަތް އެކުރަނީ އަހުރެން ނަރަކައަށް ވެއްދުވުމަށެވެ. ޢާއިލީ ދިރިއުޅުން ހަލާކުކުރުމަށެވެ. ދެމަފިރިންގެ ދެމެދަށްވަދު ޢާއިލާ ރޫޅުވުމަށެވެ. ނަމާދުކުރިއަ ނުދިނުމަށެވެ. ނަމާދުކުރާނބަމަ  ޚުޝޫޢަތްތެރިވިޔަނުދިނުމަށެވެ.  

ވީމާ އަހުރެމެންނަށް އޮތީ އޭތިދެމުން ގެންދާ ވަރުގަދަ ހަމަލާތަކުން ސަލާމަތްވެ ތިބެން ގަދައަޅައި މަސައްކަތްކުރުމެވެ. އެގޮތުން ކުރަން އޮތް އެންމެ މުހިންމު ދުޢާއަކީ އަދި ޢޭއްޗާއި ދެކޮޅަށް ބޭނުންކުރަން އޮތް އެންމެ ބާރުގަދަ ހަތިޔާރަކީވެސް ކީރިތި ޤުރްޢާނުގައިވާ މިދުޢާއެވެ. މިދުޢާއަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްކަމަށް އެދިވަޑައިގެން ކުރެއްވެވުމަށް ﷲ ތަޢާލާ 7 އުޑުމަތިން ބާވައިލައްވަވާފައިވާ ދުޢާއެކެވެ.  

رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ

وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ 

"އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.

އަދި އަޅުގެ ވެރިރަސްކަލާކޮ! އެ ޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރު ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ."

(އަލްމުއްމިނޫން: 97، 98)

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް