އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަކާތް ދައްކަންވީ ކުރާ ވިޔަފާރިގެ ކުޑަބޮޑުމިނަށް ބަލައިގެނެއް ނޫން! ނިޞޯބް ހަމަވާނަ އޮތީ ދެއްކުން!

ޒަކާތް ދައްކަންވީ ކުރާ ވިޔަފާރިގެ ކުޑަބޮޑުމިނަށް ބަލައިގެނެއް ނޫން! ނިޞޯބް ހަމަވާނަ އޮތީ ދެއްކުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

މިހާރަކަށް އައިސް ވިޔަފާރީގެ ދާއިރާ މިވަނީ ވަރަށް ފުޅައުވެފައެވެ. ވިޔަފާރިކުރަން ކޮންމެހެން ފިހާރައެއް ބޭނުމެއް ނުވެއެވެ. އޮންލައިންކޮށް މުޢާމަލާތުތައް ކުރެވެއެވެ. އެހެންކަމުން ތިރީގައިވާ ޒާތުގެ ސުވާލުތައް ކުރެވެއެވެ. 

އަޅުގަނޑަކީ އަމިއްލަގޮތުން ބޭރުން ބައެއްކަހަލަ ކުދިތަކެތި ގެނެސްގެން އިންޓަނެޓް މެދުވެރިކޮށް ވިޔަފާރިކުރާމީހަކީމެވެ. ސުވާލަކީ މިވިޔަފާރިންލިބޭފައިދާއިން ޒަކާތްދައްކަން ޖެހޭނެތޯއެވެ؟ 

ޖަވާބު: 

ވިޔަފާރި މުދަލުން ޒަކާތް ނެރެން ޖެހޭނެއެވެ. އަދި ފައިދާ ފޮރުވާފައި ހުންނަތާ އަހަރުވެ، އެއަށް ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ނެރެން ޖެހޭނެއެވެ. 

ނަގުދު ފައިސާއިން ޒަކާތް ނެރުމުގައި ބަލާނީ ރަނާއި ރިހީގެ ނިޞާބުގެ މައްޗަށެވެ. މިގޮތުން ރަނާއި ރިހި އެވަގުތަކު ހުންނަ އަގަށް ބަލައި ރަނުގެ ނިޞާބު 85 ގްރާމުގެ އަގާއި ރިހީގެ ނިޞާބް 595 ގްރާމްގެ އަގަށް ބަލައި އެންމެ ކުޑަ އަދަދަކަށް ކަނޑައަޅާނީއެވެ. 

ކޮށްމެއަކަސް މިހާރު އަގުގެ ގޮތުން ބަލާއިރު، ރަނުގެ ނިޞާބުގެ، އަގުގެ މިންވަރު ރިއްސަށްވުރެ ބޮޑެވެ. ވީމާ، ޒަކާތްނެރުމުގައި ރިހީގެ ނިޞާބަށް ބަލާފައި ނެރުމުން ރަނގަޅުވާނެއެވެ. އެއީ ދެބާވަތުގެ ތެރެއިން ނިޞާބުގެ އަދަދު އެންމެ ކުޑައީ ރިހިކަމަށްވާތީއެވެ. އަދި ނެރެން ޖެހޭނީ އެވަގުތަކު އަތުގައި ހުރި ނަގުދުފައިސާގެ (40/1) ސާޅީސް ބައިކުޅަ އެއްބައި (ކޮންމެ ސަތޭކަ ރުފިޔާއަކުން ދެރުފިޔާބައި) އެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް