އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރުދުވަހުގެ މަތިވެރިކަން ބޮޑުކަމާ ޙާޞިލްކުރެވެން އޮތް ބޮޑު ފައިދާ!

ހުކުރުދުވަހުގެ މަތިވެރިކަން ބޮޑުކަމާ ޙާޞިލްކުރެވެން އޮތް ބޮޑު ފައިދާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ހުކުރު ދުވަހާއިމެދު ދެކޭ ގޮތް ބަދަލުކުރަން އެބަޖެހެއެވެ. ކުރާ ކަންކަންވެސް ބަދަލުކުރަން އެބަޖެހެއެވެ. ދޭސަމާލުކަން އިތުރުކުރަންވެސް އެބަޖެހެއެވެ. ތިރީގައިވާ އިބްނުލް ޤައްޔިމު رحمه الله ގެ ބަސްފުޅުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"ފަހެ ހުކުރު ދުވަހަކީ އަޅުކަމުގެ ދުވަހެކެވެ. ދުވަސްތަކުގެ ތެރޭގައި އެދުވަސްވަނީ މަސްތަކުގެ ތެރޭގައި ރަމަޟާން މަސް ވާފަދައިންނެވެ. އަދި ރަމަޟާން މަހުގައި ލައިލަތުލް ޤަދްރި

ވާފަދައިން ހުކުރުދުވަހުގައިވެސް ދުޢާ އިޖާބަކުރެއްވޭ ވަގުތެއް ވެއެވެ. އެހެންކަމުން އެމީހެއްގެ ހުކުރުދުވަހުގެ ކަންތައްތައް ރަނގަޅު ވެއްޖެއްޔާ މުޅި ހަފްތާ ރަނގަޅުވެގެން ދެއެވެ. އަދި އެމީހެއްގެ ރަމަޟާން މަހުގެ ކަންތައްތައް ރަނގަޅު ވެއްޖެއްޔާ މުޅި އަހަރު ރަނގަޅުވެގެން ދެއެވެ. އަދި އެމީހެއްގެ ޙައްޖު ރަނގަޅު ވެއްޖެއްޔާ އެމީހެއްގެ މުޅި ޢުމުރު ރަނގަޅުވެގެން ދެއެވެ. ހުކުރުދުވަހަކީ ހަފްތާގެ މީޒާނެވެ. ރަމަޟާން މަހަކީ އަހަރުގެ މީޒާނެވެ. އަދި ޙައްޖަކީ ޢުމުރުގެ މީޒާނެވެ." 

[زاد المعاد لابن القيم (1 / 386)]

 

- ޑރ. ޢިމްރާން ޟުޙައްމަދު ޢަލީ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް