އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމަށްވެއްޖެނަމަ ތިބާ ތިއަހުރީ މަރުވަން ތައްޔާރަށް ހެއްޔެވެ؟"

"އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމަށްވެއްޖެނަމަ ތިބާ ތިއަހުރީ މަރުވަން ތައްޔާރަށް ހެއްޔެވެ؟"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

"އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމަށްވެއްޖެނަމަ ތިބާ ތިއަހުރީ މަރުވަން ތައްޔާރަށް ހެއްޔެވެ؟" މިއީ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލަކުލްމައުތުގެފާނު އަހުރެމެންނާއި ކުރައްވަވާނެ ސުވާލެއް ނޫނެވެ! މިއީ ޒުވާނަކު ފާފައެއް ކުރަންދާތަން ފެނިގެން އަހުރެން ކުރި ސުވާލެކެވެ. ކިޔައިދޭން މިއުޅެނީ އެކަން ހިނގައިދިއަ ގޮތެވެ.

އެއްރޭ އަހަރެން ހުރި ހޮޓަލެއްގައި މިޔުޒިކްޝޯއެއް ބޭއްވިއެވެ. އެޝޯގައި ބައިވެރިވުމަށް މުސްލިމެއްގެ ސިފައިގައި ހުރި ޒުވާނަކު މިޔުޒިކްކުޅޭ އެއްޗެއް ހިފައިގެންދާތަން ފެނުމުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ.

ފަހަތުން ގޮސް އަރައިހަމަކޮށް ކޮނޑުގައި ހިފަހައްޓާފައި ސުވާލެއްކުރީމެވެ؟

"އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމަށްވެއްޖެނަމަ ތިބާ ތިއަހުރީ މަރުވަން ތައްޔާރަށް ހެއްޔެވެ؟"

ޖަވާބުގައި ޒުވާނާއަށް ބުނެވުނެވެ! "ތިއަފަދައިން އިރާދަނުކުރައްވަވާށިއެވެ! އަހަރެން އަދި މިހިރީ އެއްވެސް ވަރަކަށް މަރުވުމަށް ތައްޔާރުވެގެނެއް ނޫނެވެ."

ޖަވާބުލިބުމާއިއެކު އަހަރެން އެނބުރި ދިއައީއެވެ. އޭނާ އަމަލުކުރީ ކޮންގޮތަކަށްތޯވެސް ނުބަލަމެވެ. އެއީ މުންކަރާތެއް ހިންގާތަން ލޮލުން ދެކެންވެސް ބިރުގަންނާތީއެވެ. އެފާފަކުރަން ބޭނުން ނުވާތީއެވެ. ލޯނަރަކައަށްލާން ބޭނުންނުވާތީއެވެ.

ކޮންމެއަކަސް މިއަދު ބުނަން ޖެހެނީ އެރޭ އަހަރެން އެސުވާލުކުރި ޒުވާނާއަކީ އޭނާގެ ރަންއަޑާއި ހުނަރު ބޭނުންކޮށްގެން މީސްތަކުން އިސްލާމް ދީނަށް ވައްދުވަން މަސައްކަތްކުރާ ޒުވާނެކެވެ. ދީނީ ފަތުވާ ދެމުންގެންދާ ޒުވާނެކެވެ.

މީސްތަކުންނޭވެ! މީހަކު މަރުވެގެން ވަޅުލެވުނު ވަގުތު ބިންމަތީގައި ކަކޫފުޅު ޖައްސަވައިގެން އިންނަވައި ކަރުނަފޮދުން ބިންގަނޑު ތެމެންދެން ރަސޫލް ﷺ ކީރިތި ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެކަމަށް (ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް) ތައްޔާރުވާށެވެ! އެކަމަށް ތައްޔާރުވާށެވެ!"

ސުވާލަކީ އަހަރެމެންނަށް މިތިބެވެނީ މަރަށް ތައްޔާރުވެގެން ހެއްޔެވެ؟ ތައްޔާރުވާން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟

ބައެއް މީހުންނަށް ޚާއްޞަކޮށް ޒުވާން ޢުމުރުގައި ނުބައި ކަންކަން ގިނަ ބައަކަށް ކުރެވެނީ މާބޮޑު ވިސްނުމެއް ނެތިއެވެ. ވީމާ އެޙާލަތުގައި ނަޞޭޙަތްތެރިވާންޖެހޭނީ ވަރަށް ޙިކުމަތްތެރިކަމާއިއެކުގައެވެ. މިކިޔައިދިނީ ޙިކުމަތްތެރިކަމާއިއެކު ބަސްބުނުމުން ކުރާ ފައިދާގެ ބޮޑުކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް