އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެންޏަށްފަހު ދެމަފިރިން ތެދުވެރިނަމަ ﷲ ތައާލާ އެދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރައްވަވައި ލައްވަވާ ރަޙްމަތްވެސް އިތުރުކޮށް ދެއްވަވާނެ!: މުފްތީ މެންކް

ކައިވެންޏަށްފަހު ދެމަފިރިން ތެދުވެރިނަމަ ﷲ ތައާލާ އެދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރައްވަވައި ލައްވަވާ ރަޙްމަތްވެސް އިތުރުކޮށް ދެއްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

އަހަރެމެން އެބަ ކައވެނިކުރަމުއެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު ކައިވެނިކުރީ ކީއްކުރަންކަން ގިނަ ބައަކު ހަނދުމަނެތިކޮށްލައެވެ. ކަންކަން ގޯސްވެގެންދަނީ އެގޮތަށް ކަންތައް ކުރެވޭތީއެވެ. ދިރިއުޅުމުގައި މައްސަލަތައް ކުރިމަތިވާންފަށަނީ އެސަބަބަށްޓަކައެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ މިފަދައިންނެވެ.

"ތިއަބައިމީހުންނަށްޓަކައި ތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވެއެވެ." (އައްރޫމި: 21)

އެންމެހައި އަޚުންނާއި އުޚުތުންނޭވެ! މިއާޔަތުން އެނގިގެން މިދަނީ ދެމަފިރިންގެ މެދުގައި ބާއްވަންޖެހޭ ގުޅުންތައް ފުރިހަމައަށް ބާއްވަންޖެހޭނެކަމެވެ. ކައިވެނިކުރަނީ އެގުޅުންތައް ބޭއްވުމަށްޓަކައި ކަމެވެ. ދެމަފިރިން އެކަކުއަނެކަކަށް ތެދުވެރިވާންޖެހޭނެކަމާއި ތެދުވެރިންގެ ގޮތުގައި ދެމިތިބޭނަމަ ﷲ ތައާލާ އެދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރައްވަވައި ރަޙްމަތް ވެސް އިތުރުކުރައްވަވައިދެއްވަވާނެ ކަމެވެ.

ވީމާ ދެމަފިރިން އެކަކު އަނެކަކަށް ތެދުވެރިވުމުގެ މުހިންމުކަން އެނގިގެންއެބަދެއެވެ. ހަމަ އެއާއިއެކު ކައިވެނީގެ ގުޅުންތައް ރަނގަޅު ގޮތުގައި ދަމަހައްޓައި އެކަކު އަނެކަކަށް ލޯބިދިނުމުގެ މުހިންމުކަންވެސް އެނގިގެންދެއެވެ.

އަނބިންގެ ކިބައިން އެންމެ ގިނައިން ލިބޭ އެއް ޝަކުވާއަކީ ފިރިމީހާ މާބޮޑަށް އަމިއްލަވަންތަކަން އިސްކުރާކަމެވެ. އަނބިމީހާއަކީ އޭނާގެ މިލްކެއްކަމަށް ދެކޭކަމެވެ. އެއީ ހަމަ ކުރަންޖެހޭ ކަމެކެވެ. ކުރުން ރަނގަޅުވެސް ކަމެކެވެ. ދެމަފިރިން ވެސް ދެކެންވާނީ ހަމައެގޮތަށެވެ. ދެމީހުންނަކީ އެއ ނަފްސެއްގެގޮތުގައެވެ. އެކަކު ބޭނުންވާކަންކަން އަނެކާވެސް ބޭނުންވާނެކަމާއި އެކަކަށް ކަމެއް ކުރިމަތިވެއްޖެނަމަ އެއީ ޚުދު ތިމާއަށްވެސް ކުރިމަތިވި ކަމެއްގެ ގޮތުގައެވެ.

މިސާލަކަށް އެކަކު ބަލިވެއްޖެނަމަ އެއީ ތިމާވެސް ބަލިވުންކަމަށް ޤަބޫލުކޮށް ޝިފާ ލިބުމަށް ކުރަންޖެހޭ ކަންކަމުގައި ފަރުވާތެރިވާންޖެހޭނެއެވެ. އެކަކަށް ހިތާމައެއް ކުރިމަތިވެއްޖެނަމަ އެއީ ތިމާއަށްވެސް ކުރިމަތިވި ކަމެއްކަމަށް ދެކެ އެހިތާމައިގައި ބައިވެރިވާންވާނެއެވެ.

މިއާއި ޚިލާފަށް އަނބިމީހާއަކީ ތިމާގެ އަމިއްލަ މިލްކެއް ކަމަށް ޤަބޫލުކޮށް އަމިއްލަވަންތަކަމުގެ މާނަ އޮޅުވައިލާނަމަ އެކަމުގެ ސަބަބުން ގިނަ ފަހަރު އޮންނާނީ މައްސަލަތައް އުފެދިފައެވެ. އަނބިމީހާ ފޫހިވެ ކައިވެނި ރޫޅައިލަން ބޭނުންވުންވެސް އޮންނާނީ ހަމަ ދާދި ގާތުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް