އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭގޮތުން ސައިޕްރަސް އާއި އެކު މަޝްވަރާކޮށްފި

ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމާގުޅޭގޮތުން ސައިޕްރަސް އާއި އެކު މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ކިންގްޑަމް އޮފް ސްޕެއިންގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލެންސީ ޚުއާން އެންޓޯނިއޯ މާރޗް ޕުޔޮލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސްޕެއިންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީއާއި، އިޤްތިޞާދީ ކުރިއެރުންފަދަ ދެޤައުމުގެ މަސްލަހަތާ ގުޅުންހުރި ކަންކަން ހިމެނެއެވެ. އަދި ސްޕެއިނުން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަކަން ފާހަގަކުރައްވައި، ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މިކަމަށް އިތުރު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށާ، އަދި މި ކުރިއެރުން ދެމިއޮތުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން ދޭދޭ ގުޅުން ބަދަހިކުރެވެނޭ އިތުރު ދާއިރާތައް ދެނެގަނެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން އެކުގައި މަސައްކަތްކުރަމުން ދާނެކަމުގެ ޔަޤީންކަންވެސް ދެބޭފުޅުން ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ސްޕެއިނާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު