އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު
ލޯބިވެރިޔާ ވަކިވުމުން ލިބޭ މާޔޫސްކަމުގައި ޞިއްޙީ ފަރުވާ ނުވަތަ ބޭސްހޯދަން އަންނަ ގިނަ ބައެއްގެ ގާތުގައި ބުނަމެވެ.
"ތިބާގެ މުށްފުރޭހައި ގިނަ ބޭސްވެސް ދީފާނަމެވެ. އެއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ކަރުދާސްގަނޑެއްގައި ލިޔެލުން ނޫން ކަމެއް ކުރާކަށްވެސް ނުޖެހެއެވެ. އެކަމަކު ބޭސް ކާން ފެށުމުގެ ކުރިން 3 ދުވަސްވަންދެން މިކަމަށް ވިސްނާފައި އަންނާށެވެ!
ބައެއް ފަހަރު އަހުރެމެންނަށް ނުބައި މަގަކުން (އަހުރެމެންނަށް ގެއްލުމެއް ލިބޭނެ މަގަކުން ކަންކަން ކުރެވޭނަމަ ﷲ ތަޢާލާ އެކަމަކުން އަހުރެމެން ސަލާމަތް ކުރައްވަވަތެވެ. އެއީ އެކަމެއް ކުރުމުން ފަހުން ލިބޭނީ ގެއްލުންކަން އަހުރެމެންނަށް ނުވިސްނުނު ނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ. އެކަމުން އަހުރެމެންނަށް ދެރައެއް ލިބެން ﷲ ތަޢާލާ އެދިވޮޑިނުގަންނަވާތީއެވެ.
އަހުރެން މިކަމުން ސަލާމަތްކުރެއްވެވީ ﷲ ތަޢާލާއެވެ. އެއީ އަހުރެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ ލެއްވެވި ބޮޑު ރަޙްމަތެކެވެ.
ދެވަނަ ކަމަކަށް ނަމާދުކުރަން ސަމާލުކަންދޭށެވެ!"
ދެން މިބުނަނީ މިކަމުގެ ނަތީޖާއެވެ. 90 އިންސައްތަ މީހުން އެނބުރި އައިސް ބުނަނީ ކުރިމަތިވި މާޔޫސްކަމުން އަރައިގަނެވިއްޖެ ކަމަށެވެ. އަނެއްބައި މީހުން ނުވެސް އައިސް ޝުކުރިއްޔާ މެސެޖްވެސްކޮށްލައެވެ. އަދި ކުރިން ދީނުގެ ކަންކަމަށް އެހައިބޮޑަށް ލޯބިނުކުރާ ބައެއް މީހުންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިއުފެދި ދީނުގެ ކަންކަމަށް ޢަމަލުކުރަންވެސް ފަށައެވެ.
މިއީ އަހުރެންގެ ތަޖުރިބާއެވެ. ބައެއް މީހުންގެ ވިސްނުން ތަފާތުވެސް ވެދާނެއެވެ. އެއީ ަމއްސަލައެއް ކަމަކަށް ނުދެކެމެވެ. އަހުރެން އެދެނީ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ މިކަން ތަޖުރިބާކޮށްލުމަށެވެ.
- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ބަސްފުޅަކުން
Advertisement
24 ޖޫން 2025