އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ފުރާނަ ހިއްޕަވާއިރު މަލަކުލްމައުތު "ތިއައީ ނުބައިވެގެންވާ ނަފްސެއް ކަމަށާ ﷲގެ ކޯފާ ލިބެން އަންނަން" ވިދާޅުވާނެ މީހަކަށް ވެއްޖެނަމަ ސަލާމަތަކީ ކޮބާ؟

ތިބާގެ ފުރާނަ ހިއްޕަވާއިރު މަލަކުލްމައުތު "ތިއައީ ނުބައިވެގެންވާ ނަފްސެއް ކަމަށާ ﷲގެ ކޯފާ ލިބެން އަންނަން" ވިދާޅުވާނެ މީހަކަށް ވެއްޖެނަމަ ސަލާމަތަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މިއަދު ތިމާމެންނަށް އަޅުކަން ނުކުރެވެނީ ވަޤުތު ނުވާތީ ކަމަށްބުނެ ބަހަނާ ދައްކާ މީހުންނަށް ބަލާއިރު ގިނައީ އެމީހުންގެ ހަވާނަފްސަށް އުފާވެރިކަން ހޯދައިދޭން ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ހޭދަކުރާ މީހުންނެވެ. ގިނަ މީހުން އެވަޤުތުތަކުގައި ކުރަނީ ފާފަވެރިވާނެ ކަންކަމެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް އެމީހުންގެ ނުބައި ޢަމަލުތަކުގެ ފަތް އެތައް ގުނައަކަށް މަރުވެގެންދެއެވެ. ނަތިޖާށއެއްގެ ގޮތުން ދުނިޔެއިން ވަކިވާންޖެހެނީ ﷲ ތަޢާލާގެ ކޯފާ އާއި ގަދަފަދަ ޢަޛާބް ޙައްޤުވާ މީހެއްގެ ގޮތުގައެވެ.

ތަނެއްގައި ހަމެޖިހަލައިގެން އިނދެ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ނިކަން އެއް ފަހަރު ނަމަވެސް ކިޔައިލަބަލާށެވެ! ކުރިމަތިލާންޖެހޭނެ ބިރުވެރިކަން ޤަބޫލުކުރެވި ޢަމަލުތައް އިޞްލާޙްވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އިން ޝާ ﷲ

ނުބައި ޖައްބާރެއްގެ ގާތަށް މަރު އަންނަހިނދު ނުވަތަ އެފަދަ މީހަކު މަރުވާވަގުތު މެދުވެރިވާ ކަންކަން ހާދަބިރުވެރިއެވެ.

• އޭނާގެ ފުރާނައާއި ޙަވާލުވެވަޑައިގަތުމަށްޓަކައި، ފައިބައި ވަޑައިގަންނަވާނީ ކަޅު އަނދިރި މޫނުތަކެއްގެ ވެރި މަލާއިކަތުންތަކެވެ.

• އެބޭކަލުން އެނުބައި ފުރާނައަށްޓަކައި ގެންނަވާނީ ވޭނާއި އަނިޔާ ލިބޭފަދަ ކަފުނެކެވެ. ނަރަކައިގެ ފޭރާމެވެ.

• މަލަކުލް މައުތުގެފާނު އެނުބައި ފުރާނައާއި މުޚާތަބުކޮށް ވިދާޅުވާނެތެވެ.

"އޭނުބައިވެގެންވާ ނަފްސެވެ. ތިބާ ﷲގެ ކޯފާގެ ތެރެއަށްނިކުމެގެން އަންނާށެވެ"

• އޭނާގެ ފުރާނަ އޭނާގެހަށިގަނޑާއި ވަކިވެގެންދާނީ ކަށި ހުރި އޮފިގަނޑެއް ކަފަގަނޑެއްގެ ތެރެއަށްލާފައި ދަމައިގަތުމުން އަންނަފަދައިން ވޭންހުރި ގޮތެއްގައެވެ.

• އެނުބައި ފުރާނައާއިގެން މަލާއިކަތުން ދުނިޔޭގެ އުޑާއި ހަމައަށް ވަޑައިގަތުމުން ދުނިޔޭގެ އުޑުގެ ދޮރުކޮޅު އޭނާއަށްޓަކައި ހުޅުވައި ނުލެވޭނެއެވެ.

• އެނުބައި ފުރާނައާއި ބެހޭގޮތުން މަލާއިކަތުން ސުވާލުކުރެއްވުމުން އޭނާއަށް ދުނިޔެމަތީގައި ކިޔައިއުޅުނު އެންމެނުބައި ނަމުން އެބޭކަލުން އޭނާގެ ތަޢުރީފް ބަޔާން ކުރައްވާނެއެވެ.

• އެހިނދު ﷲ ތަޢާލާ ވަޙީކުރައްވާނެ، " އޭނާގެ ޢަމަލުތަކުގެ ފަތް ބިމުގެ އެންމެ އަޑީގައިވާ ނުބައި އަޅުތަކުންގެ ނަންތައް ލިޔުއްވޭ ސިއްޖީންއޭ ކިޔުނު ފޮތުގައި ލިޔުއްވާށެވެ.

• ކަށްވަޅުގެ ސުވާލުތަކަށް ޖަވާބު ނުދެވުމުން އޭނާގެ މޫނުމަތީގައި މަރުތެއްޔަކުން ވަރުގަދަ އެތިފަހަރެއް ޖަހާލެވޭނެއެވެ.

• އެހިނދު އޭނާ ލަވާ ވޭނީ ހަޅޭކުގެ އަޑު އިންސާނުންނާއި ޖިންނީން ފިޔަވައި ހުރިހާ މަޚްލޫޤަކަށް އަޑުއިވޭނެއެވެ.

• އޭނާއަށްޓަކައި އަލިފާނުންވާ ތަންމައްޗެއް ތައްޔާރު ކުރެވޭނެއެވެ.

• ނަރަކައިން ދޮރެއް ހުޅުވައިލެވި ޖަހަންނަމައިގެ އަލިފާނުގެ ހޫނާއި އެތަނުގެ ނުބައިވަސް އޭނާއަށް ލިބި ހުންނާނެއެވެ.

• އޭނާގެ މޭމަތީގެ ކަށިތައް އެއްކަށިގަނޑު އަނެއްކަށީގެ ތެރެއަށް މަހާލެވިގެންދާ މިންވަރަށް ކަށްވަޅު ފިއްތާލެވޭނެއެވެ.

--ޝައިޚް އަޙްމަދު ރިމާޒް

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް