އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޒުޤް ތަނަވަސްވުމަށް އެދޭމީހާ އެހެން މީހުންގެ ކިބައިން ލިބޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރާށެވެ! އެއީ ރަޙްމަތް އިތުރުކުރައްވަވާ ކަމެއް!

ރިޒުޤް ތަނަވަސްވުމަށް އެދޭމީހާ އެހެން މީހުންގެ ކިބައިން ލިބޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރާށެވެ! އެއީ ރަޙްމަތް އިތުރުކުރައްވަވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ޢިލްމްވެރިންގެ އަރިހުންނާއި އެހެން މީހުންގެ ކިބައިންވެސް ލިބޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ އެމީހާއަށް އެންމެ ފައިދާ ކުރާނެ އެއްކަންތަކެވެ. ވީމާ ބަލަންވީ ނަޞޭޙަތްދޭ މީހާއަކަށް ނޫނެވެ. ނަޞޭޙަތުގެ ޞައްޙަކަމަށެވެ.

މިހެން ބުނަން ޖެހެނީ ބައެއް މީހުން ނަޞޭޙަތްދޭ މީހާއަށް ބަލާތީއެވެ. އޭނާ ހުންނަ ސިފައަކީ ތިމާ ނުރުހޭ ސިފައެއްނަމަ ދޭ ނަބޭޙަތް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. މިޘާލަކަށް ތުނބުޅި ދިގުވުން، ވަކި ގޮތަކަށް ފޭރާންލުން ފަދަ ކަންކަންވެސް ފާހަގަކުރެވެއެވެ.

އިސްލާމް ދީނަކީ ނަޞޭޙަތެވެ. ބުނެވޭ ބަހުގައި ވަރަށް ފުޅައު މާނަތަކެއް އެކުލެވިގެންވެއެވެ. އެއިގެ ތެރޭގައި ނަޞޭޙަތް ދިނުމާއި އަދި ނަޞޭޙަތް ޤަބޫލުކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. އަދި އެކަން ޤަބޫލުކުރަންވެސް ޖެހެއެވެ.

ޞާލިޙްގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނު ގޮވައިލެއްވެވި ގޮވައިލެއްވެވުން ޤަބޫލުނުކުރުމުގެ ސަބަބުން ކޯފާ ފޮނުއްވެވުމުން މީސްތަކުން މަރުވެގެން ބިންމައްޗަށް ވެއްޓިފައި ތިބިތަން ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިއަބައިމީހުންނަށް ތިމަންކަލޭގެފާނު ނަޞޭޙަތް ދެއްވެވީމެވެ. ތިއަބައިމީހުން ޤަބޫނުކުރީއެވެ.

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ.

"މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ނުދޭނަމަ އެބައެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި ދެވޭ ހެޔޮ ނަޞޭހަތް ޤަބޫލުނުކުރާނަމަ އެމީހާގެ ކިބައިގައިވެސް އެއްވެސް ހެޔޮކަމެއް ނުވެއެވެ."

ޢުމަރުގެފާނުގެ މިބަސްފުޅުގެ މާނައަކީ ހެޔޮކަންކަމަށް ނަޞޭޙަތްދޭންޖެހޭނެ ކަމާއި ނަޞޭޙަތް ޤަބޫލުކުރަންވެސް ޖެހޭނެކަމެވެ. އެހެން ނޫންނަމަ އެބައެއްގެ ކިބައިން ހެޔޮކަން ނެތިގެން ހިނގައިދާނެކަމެވެ. މުޖުތަމައުގެ ކަންކަން އިޞްލާޙްވެ މީސްތަކުން ހެޔޮ ޢަމަލުކުރަމުން ގެންދާނީ އެބައެއްގެ ތެރޭގައި ނަޞޭހަތްދިނުމާއި ނަޞޭޙަތް ޤަބޫލުކުރުން އޮތްވަރެއްގެ މައްޗަށް ކަމެވެ.

މުޅި އިސްލާމްދީން ބިނާވެގެންވަނީ ނަޞޭޙަތުގެ މައްޗަށެވެ. "ދީނަކީ ނަޞޭޙަތް" ކަމަށް ރަސުލް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން އެކަން އެނގިގެންދެއެވެ.

ވީމާ ނަޞޭޙަތްދޭންވީ ވަކިމީހަކު ވަކިމީހަކަށް ނޫނެވެ. އެންމެން އެންމެންނަށެވެ. ފިރިމީހާ އަނބިދަރިންނަށެވެ. އަނބިން ފިރިމީހާއަށެވެ. ދަރިން މައިންބަފައިންނަށެވެ. ވީމާ އެއްވެސް މީހަކު ދީނުގައިވާ ކަންކަމަށް ނަޞޭޙަތް ދީފިނަމަ ޤަބޫލުކުރަންވާނެއެވެ. ޤަބޫލުކުރުމަކީ އަޑުއަހައި ޢަމަލުކުރުމެވެ.

ނެޞޭޙަތަކީ ރިޒްޤް ކަމަށް ބުނެވެއެވެ. އެއީ މީސްތަކުން އިޞްލާޙްވާނީ ނަޞޭޙަތްދީގެންކަމަށްވެފައި ދެވޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރުމުން އެމީހަކަށް، އެބައަކަށް ﷲ ތައާލާ ރިޒްޤްތަނަވަސްކުރައްވަވައި ދެއްވަވާތީއެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް