އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔެއަށް އުފަންވުމުގެ ކުރިން ތިބާވީ ކޮންތަނެއްގައިތަ؟: މުފްތީ މެންކް

ދުނިޔެއަށް އުފަންވުމުގެ ކުރިން ތިބާވީ ކޮންތަނެއްގައިތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އަހުރެން ތިއަކުދިންނަށް ސުވާލެއްކޮށްލާނަމެވެ! މިހާރުގެ ޢުމުރަކީ 18 އަހަރުކަމަށްވާނަމަ އެއިގެ ކުރިން ތިބާ ކޮބައިހެއްޔެވެ؟ މާނައަކީ ދުނިޔެއަށް އުފަންވުމުގެ ކުރިން، އަދި މަންމަގެ ބަނޑުގައި އަށަގަތުމުގެ ކުރިން ތިބާ ކޮބައިހެއްޔެވެ؟ ވީކޮންތަނެއްގައި ހެއްޔެވެ؟ 

ޖަވާބު އެނގޭ ކުއްޖަކު އިނިއްޔާ ނިކަން ބުނެބަލާށެވެ! "މަތީގައި" ރަނގަޅެވެ. ތިއައީވެސް ހަމަ ރަނގަޅު ޖަވާބެކެވެ. އެހެނީ އެއިރު ކޮންމެ މީހަކުވެސް ވާނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގައެވެ. މިވާހަކަ ދައްކަން މިޖެހޭ ސަބަބަކީވެސް ހަމައެއީއެވެ. 

ދުނިޔެއަށް އުފަންވުމުގެ ކުރިން އަހުރެމެންވަނީ ﷲ ތަޢާލާގެ ރަހްމަތުގައެވެ. ދުނިޔެއަށް އުފަންވެވެނީވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. ދުނިޔެއަށް އުފަންވުމުން އަހުރެމެންނަށް ހުރިހާ ބޭނުންތަކެއް ފުދި އުޅެބޮޑުވަމުން މިއަންނަނީވެސް ހަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. އަދި ދުނިޔޭގައި ހުރެވޭނީވެސް ހަމަ ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ. 

އެންމެ ބޮޑު އުފަލަކީ ދުނިޔޭގެ ޙަޔާތް ނިމި މަރުވުމުން ދެންވެސް ރަހްމަތް ލެއްވެވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ. ސުވަރުގެ ވަދެވެން އޮތީވެސް ހަމަ ﷲ ތަޢާލާގެ ޙަމްރަތުންނެވެ. އެކަލާނގެ ރުހިވޮޑިގަތުން ލިބިގެންނެވެ. 

މިހުރިހާ ސަބަބުތަކަކަށްޓަކައި ބުންމެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ޝުކުރުވެރިވާށެވެ! މިއަދުން ފެށިގެންވެސް އަޅުކަންކުރުން ގިނަކުރާށެވެ! ފާފަތަކަށް އަރައިނުގަނެ ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ! 

ޛިކުރުކުރުން ފަދަ ކިތަންމެ ކުޑަކުޑަ ކަމަކުން ނަމަވެސް އަވަހަށް ފަށައިގަންނާށެވެ! އެމީހަކަށް ރަޙްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް