އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 37 ސިކުންތު
ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު ކޭބަލަށް ދިމާވި މައްސަލައެއްގެ ސަބަބުން މެދުކެނޑުނު ޚިދުމަތްތައް މިއަދު ހެނދުނު 8:30 ގައި ވަނީ އަލުން ފަށައިފައެވެ. މި މައްސަލަ ހައްލުކުރެވިފައިވަނީ ސްޓެލްކޯ އަދި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކުގައެވެ.
ކަރަންޓު މައްސަލަ ދިމާވެފައިވާ ވަގުތުގައި ހޮސްޕިޓަލުން ވަނީ އިމަޖެންސީ ޕްލޭނެއް ތަންފީޒުކޮށްފައެވެ. މިގޮތުން އޯޕީޑީ ޚިދުމަތް ވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރު 16 ގެ ޖީޕީ ކްލިނިކަށް ބަދަލުކުރެވިފައެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހުން ވަނީ އައިޖީއެމްއެޗް އަދި ހޮސްޕިޓަލުގެ އެހެނިހެން އިމާރާތްތަކަށް ބަދަލުކުރެވިފައެވެ.
މިހާރު ހޮސްޕިޓަލުގެ އެންމެހައި ޚިދުމަތްތައް ވަނީ އާންމު އުސޫލުން ކުރިއަށް ދާން ފަށާފައެވެ.
Advertisement
27 ޖޫން 2025