އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ޞިއްޙަތާ ނަފްސާނީ ދުޅަހެޔޮކަމާއިބެހޭ ގޮތުން މިކަންކަން އެނގޭހެއްޔެވެ؟

ތިމާގެ ޞިއްޙަތާ ނަފްސާނީ ދުޅަހެޔޮކަމާއިބެހޭ ގޮތުން މިކަންކަން އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 54 ސިކުންތު

ނަފްސާނީ ދުޅަހެޔޮކަމުގެ ސަބަބުން އަހަރަމެންނަށް ދިރިއުޅުމުގައި ކުރިމަތިވާ ނުތަނަވަސްތަކާއި ކުރިމަތިލުމަށް އެހީ ލިބިގެންދެއެވެ. އަހަރަމެންގެ ކިބައިގައިވާ ޤާބިލުކަން ދެނެގެނިވެ، ކަންތައްތައް ދަސްކުރަން ފަސޭހަވެ، މީހުންނާއިއެކު މަސައްކަތް ކުރުމަށް ފަސޭހަވެގެންދެއެވެ. 

މުޖުތަމައުގެ ފަރުދުންގެ ކިބައިގައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ސަބަބުން، ބިނާ ކުރެނެވި މުޖުތަމައުއެއް އުފެދިގެންދެއެވެ. ނަފްސާނީ ދުޅަހެޔޮކަމަކީ އާންމު ޞިއަހަތުގެ މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. ނަފްސާނީ ދުޅަހެޔޮމަކުގެ ސަބަބުން އަހަރަމެން އަމިއްލަ ދިރއުޅުމުގައި ކަންތައްތައް ނިއްމުގެ ޤާބިލުކަށް ލިބިގެންދެއެވެ. މިއާއިއެކު މުޖުތަމައުގެ މައްސަލަތައް ނިއްމުމުގެ ޤާބިލުކަށްވެސް އަހަރަމެންނަށް ލިބިގެންދެއެވެ. މުޖުތަމައުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ބަދަހިކުރެވި އަހަރަމެން މި ދިރިއުޅޭ ކުޑަ ކުޑަ ދުނިޔެ އާރާސްތުކޮށް ބައްޓަށް ކުރުމަށް އެހީތެރިވެދެއެވެ. 

އަންދާޒީ ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލީގެ 14 އިންސައްތަ އަކީ ނިއުރޯސައިކްރައިޓިކް ޑިސްއޯޑަރުތަކުގެ (ސިކުޑީގެ މައްސަލަ)  ސަބަބުން ކުރިމަތިވާ ބަލިތަކެކެވެ. ، އެގޮތުން ޑިޕްރެޝަނާއި މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތީގެ ބާވަތްތައް ބޭނުންކުރުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ. މިކަން ކަމުންވެސް އާންމު ސިއްހަތަށް ނަފަސާނީ ދުޅަހެޔޮކަން މުހިއްމު ވަރު ހާމަވެގެންދެއެވެ. 

ނަފްސާނީ ބަލީގެ ސަބަބުން ދިގު މުއްދަތަކަން ނުކުޅުދުންތެރިކަން ތަހައްމަލު ކުރަން ޖެހިދެއެވެ. 2005 ވަނަ އަހަރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ދައްކާގޮތުން ކޮންމެ އަހަރަކު ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 31.7 އިންސަތަ މީހުންނަކީ ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މީހުންނެވެ. 

މި ބަލިތައް ފަސް ބަޔަކަން ބެހިގެންވެއެވެ. އެއީ ޔުނިޕޯލާ ޑިޕްރެޝަން (11·8 އިންސައްތަ)، އަލްކޮހޯލް ޔޫސް ޑިސްއޯޑާ (3·3 އިންސައްތަ)، ސްކިޒޯފްރެނިއާ (2·8 އިންސައްތަ)، ބައިޕޯލާ ޑިޕްރެޝަން (2·4 އިންސައްތަ) އަދި ޑިމެންޝިއާ (1·6 އިންސައްތަ) އެވެ. ނަފްސާނީ ބައްޔާއި ނުކުޅުދެތްތެރިކަމުގެ ގުޅުން ބޮޑެވެ. 

ސިއްހީ ގޮތުން އަހަރަމެންނާއި ކުރިމަތިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތަކަކީ އޭގެ އަސްލު ސިއްހީ މާހިރުންނަށްވެސް ހޯދިފައިނުވާ ކަންތައްތަކެވެ. އޭގެތެރޭގައި ހަށިގަނޑުގެ ބައެއް ތަންތަނަށް އަރާ ރިހުމާއި، ވަރުބަލިވުމާއި ބޯއެނބުރުން ހިމެނެއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ ބައެއް މައްސަލަތަކާއި ދަން ބަނޑަށް ތަދުވުން ހިމެނެއެވެ. ސިއްހީ މާހިރުން ދެކެލައްވާ ގޮތުގައި މިހެން މިދިމާވަނީ ނަފްސާނީ ބަލީގެ ސަބަބުންނެވެ. 

މައިމީހާއަށް ކުރިމަތިވާ ނަފްސާނީ ބަލީގެ އަސަރު ތުއްތު ދަރިފުޅަށް ކުރެއެވެ. ތުއްތު ދަރިފުޅު ހެދިބޮޑުވުމަށް މިކަމުން ނޭދެވޭ އަސަރުކުރެއެވެ. މައިމީހާ ތަހައްމަލު ކުރަމުންދާ ސްކިޒޮފްރެނިއާގެ ( ގިނަ ދުވަސްތަކަކަށް ތަހައްމަލު ކުރަމުންދާ އުނދަގޫ ބޮޑު ނަފްސާނީ ބައްޔެއް)  ސަބަބުން ވަރަށް ގިނަ ފަހަރު ކުދިން ދުވަސް ނުފުރާ ވިހައެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މައިމީހާ ސައިކޮސިސް ތަހައްމަލު ކުރަމުންދާނަމަ، ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމުގެ ކުރިން އަދި ތުއްތު ކުދިން ކުޑައިރު މަރުވުމުގެ ފުރަސަތު ބޮޑެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ކުރިއަރާފައިވާ ގައުމުތަކުގެ 10 އިންސަތައާއި 15 އިންސަތައިގެ އަންހެނުން ޕޯސްޓްޕާޓަމް ޑިޕްރެޝަން ތަހައްމަލު ކުރަމުންދެއެވެ. 

ގިނަ މަރުތަކާއި ނުކުޅެދުންތެރިކަމުގެ ފަހަތުގައި އަނިޔާ ހިމެނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2005 ވަނަ އަހަރު ނެރުނު ރިޕޯޓްގައި އަންދާޒާކޮށްފައިވާ ގޮތުގައި އަނިޔާގެ ސަބަބުން މަރުވި 5.4 މިލިއަން މީހުންނަކީ މުޅި ދުނިޔޭގައި މަރުވާ މީހުންގެ 9 އިންސައިގެ މީހުންނެވެ. 2030 ވަނަ އަހަރު މި އަދަދު އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވެއެވެ. އަހަރަމެންގެ ތެރޭގައި އަނިޔާ އިތުރުވެގެންދާ ސަބަބަކީ ނަފްސާނީ ބަލި ތަހައްމަލު ކުރަމުންދާ މީހުން ގިނަވުމެވެ. އަނިޔާއާއި ނަފްސާނީ ބަލީގައި ގިނަ ކަންތައްތަކެއް އެއްގޮތްކޮށް ހުރެއެވެ. މީގެ ތެރޭގައި ފަޤީރުވުމާއި ހިޔާލުތަފާތުވުމާއި އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.  

މައިގަނޑު ގޮތެއްގައި އަހަރަމެންގެ އާންމު ސިއްހަތުގެ ދުޅަހެޔޮކަށް ބިނާވެގެންދަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ. އަހަރަމެންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ނުވާނަމާ އޭގެ ސަބަބުން މުޖުތަމު ތެރޭގައި ހަމަޖެހުން ގެއްލިގެންދެއެވެ. އަނިޔާ އިތުރުވެ، ގޮތް ނޭނގޭ ގިނަ ބަލިތަކަކާއި ކުރިމަތިލާން ޖެހިދެއެވެ. ގިނަ މަރުތަކާއި ނުކުޅެދުންތެރިކަން އިތުރުވެގެންދެއެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ހެލިފެލިވެ ހަރަކާތްތެރިވެ އުޅުމުން ނަފްސާނީ ބައްޔަށް އެހީތެރިވެދެއެވެ. 

ލިޔުނީ: އުންމު ނަވާރު

Author links open overlay panelProf Martin Prince MD a et al. (2007) No health without mental health, The Lancet. Available at: https://www.sciencedirect.com/science/article/abs/pii/S0140673607612380.

Beier M;Bombardier CH;Hartoonian N;Motl RW;Kraft GH; (no date) Improved physical fitness correlates with improved cognition in multiple sclerosis, Archives of physical medicine and rehabilitation. Available at: https://pubmed.ncbi.nlm.nih.gov/24607835/.

 

Mental health (no date) World Health Organization. Available at: https://www.who.int/news-room/fact-sheets/detail/mental-health-strengthening-our-response.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު