އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ތިމާއަށް އިތުރު ތަނަވަސްކަމާ ރަހްމަތަށް އެދޭމީހާ މުދަލު ޒަކާތް ދެއްކުމުން ފުދުނީކަމަށް ބަލައި ނިކަމެތިންނަށް ފުރަގަސްދޭން ހެޔޮނުވާނެ!: މުފްތީ މެންކް

ހަނދުމަކޮށްދިނުމެއް!: ތިމާއަށް އިތުރު ތަނަވަސްކަމާ ރަހްމަތަށް އެދޭމީހާ މުދަލު ޒަކާތް ދެއްކުމުން ފުދުނީކަމަށް ބަލައި ނިކަމެތިންނަށް ފުރަގަސްދޭން ހެޔޮނުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

މުދަލު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ ފަރުޟެކެވެ. ޒަކާތް ވާޖިބުވެއްޖެނަމަ ޖެހޭނީ ދައްކާށެވެ. އެކަން ނުކުރަން ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ނުކޮށްފިނަމަ ފާފަވެރިވާނެއެވެ. 

މުދަލު ޒަކާތް ދެއްކުމުން ﷲ ތަޢާލާގެ ޙައްޤު އަދާކުރެވުނީ ކަމަށް ބަލައި ނިންމައިނުލާށެވެ! އެހެނީ މުދަލު ޒަކާތް ދެއްކުމުން އެނިމުނީ ފަރުޟު ކުރެއްވެވި މިންވަރެވެ. ތިބާގެ އިޚްލާޞްތެރިކަމުން ހޭދަކުރަންޖެހޭ ބައި އަދި އޮތީއެވެ. 

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ މުދަލު ޒަކާތް ދެއްކުމުން ތިމާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަންޖެހޭ ބައި ހޭދަކޮށް ނިމުނީ ކަމަށެވެ. މިބަސްތަކުރާރު މިކުރީ ބޭނުމަކުއެވެ. އެއީ އެވަރުން އަދި ނުނިމޭކަންވެސް ތަކުރާކުރަންވެގެންނެވެ. ތިބާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތްނަމަ، ﷲ ތަޢާލާ އާއި ބޮޑަށް ކުއްތަންވުމަށް އެދޭނަމަ، ﷲ ތަޢާލާގެ އިތުރު ރަޙްމަތަށް ނުވަތަ ނިޢުމަތްތަކަށް އެދޭނަމަ އެވަރުން ފުއްދައިނުލާށެވެ. ޞަދަޤާތް ކުރެވެން އެންމެ ގިނައަކަށް ޞަދަޤާތްކުރާށެވެ. 

ﷲ ތަޢާލާގެ މަގުގައި ހޭދަކުރިވަރަކަށް އެމީހަކަށް ނިޢުމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ. ރަޙްމަތް އިތުރުކުރައްވަވާނެތެވެ. މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ވީމާ ޝައްކުވެސް ނުކުރާށެވެ! ރަމަޟާން މަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ދީލަތިވެވޮޑިގަންނަވާ މައްސަރެވެ. އެންމެ ގިނަ ބައެއްގެ ފާފަ ފުއްސަވައިދެއްވަވާ މައްސަރެވެ. އެންމެ ގިނަ ބައަކު ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެ ވައްދަވާ މައްސަރެވެ. 

ވީމާ އަހުރެމެންގެ ދީލަތިކަންވެސް އިތުރުކުރަންޖެހޭނެއެވެ. ﷲ ތަޢާލާ ދެކެ ލޯބިވުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ވީހައި ފުރިހަމައަށް ޢަމަލުކުރުމެވެ. ތިމާގެ ޢަމަލުތަކުން ލޯބިވާކަން ދެއްކުމެވެ. އެފަދަ އަޅަކަށް ވެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް