އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވި މީހާއާ ކައިވެނި ނުކުރެވުނީތީ ނޫނީ އެކަނިވެރިވެގެން ހިތާމަކުރަންޖެހެނީ ހަމަ އެންމެ ކަމެއް ޤަބޫލުކޮށް ޔަޤީން ނުކުރެވޭތީ!: ޝައިޚް މުޙައްމަދު ބާޖޫރު

ލޯބިވި މީހާއާ ކައިވެނި ނުކުރެވުނީތީ ނޫނީ އެކަނިވެރިވެގެން ހިތާމަކުރަންޖެހެނީ ހަމަ އެންމެ ކަމެއް ޤަބޫލުކޮށް ޔަޤީން ނުކުރެވޭތީ!: ޝައިޚް މުޙައްމަދު ބާޖޫރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 54 ސިކުންތު

ކަންކަން ކުރިމަތިވުމުން ގިނަ ބައަކު އެބަ ބުނެއެވެ. "މިކަން ޙައްލެއް ނުކުރެވޭނެއެވެ. މިއީ ކާމިޔާބުކުރެވޭނެ ކަމެއް ނޫނެވެ." އެއްވެސް މުސްލިމަކު މިފަދަ ބަހެއް ބުނެފިނަމަ އޭނާގެ އީމާންކަމާއިމެދު ބޮޑެތި ސުވާލުތަކެއް އުފެދޭނެއެވެ.  

އަދި ކީއްހެޔެވެ؟ އެމީހަކު ބޭނުންވާ މީހަކު ނުލިބުމުން ތިމާއަށް ރަނގަޅު ބައިވެރިއަކު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. ދަރިއަކު ނުލިބި ލަސްވެލާއިރަށް ތިމާއަށް ދަރިއަކު ނުލިބޭނެކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. އަދި ކައިވެނި ރޫޅި ދުވަސްކޮޅެއްވެލާއިރަށް ދެން ތިމާއަށް ދެން ތިމާއަށް ރަނގަޅު ބައިވެރިއަކު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ބައަކުވެސް އުޅެއެވެ.  

ވިސްނާށެވެ! ގޮތްހުސްވަނީ އަހުރެމެންނަށެވެ. އިންސާނުންނަށެވެ. މީހަކަށް ނުވަތަ ބައަކަށް ނިޢުމަތެއް ދެއްވަވަން ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ އެކަމެއް އެމީހަކަށް ލިބުމަށް އެއްވެސް ސަބަބެއްވެސް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އޮތީ އިރާދަކުރެއްވެވުމެވެ.  

އެމީހާ ކައިވެނިކުރަން ބޭނުންވި މީހާއާއި ކައިވެނި ނުކުރެވި އެހެން މީހަކާއި ކައިވެނިކުރަން ޖެހުނީތީ ކުރި ފައިދާ ބޮޑުވެ އުފާކުރާ މީހުން މަދީހެއްޔެވެ؟ ކައިވެނި ރޫޅުމުން ދެން ލިބުނު ބައިވެރިޔާ މާރަޣަލުވެގެން އުފާކުރާ މީހުންވެސް މަދީ ހެއްޔެވެ؟ ޢުމުރުން ދުވަސްވާފަހުން ދަރިން ނުލިބެނީ ހެއްޔެވެ؟ އަދިވެސް ސުވާލެއް ކޮށްލާނަމެވެ. ބަލިފެތުރިފައިވާލެއް ބޮޑުކަމުން ޑޮކްޓަރުން އުންމީދުކަނޑައިލާ މީހުންނަށް ޝިފާ ނުލިބެނީހެއްޔެވެ؟

ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އިތުބާރުކޮށް ޔަޤީންކުރާށެވެ! އެކަލާނގެ ޙަޟްރަތުން ޔަޤީންކަމާއިއެކު ވާގިއެދެމުން ގެންދާށެވެ! އެޔަޤީންކަމުގައި ޘާބިތުވެ ހުރުމަކީވެސް ތިބާގެ ބޭނުން ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެ ސަބަބެކެވެ. އިން ޝާ ﷲ

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް