އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު
ލޮބުވެތި އެކުވެރިންނޭވެ! އިސްރާ އާއި މިޢްރާޖްގެ ރޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިބްރާހީމްގެފާނު ފެނިވަޑައިގަތީ މަރުވެފައިވާ ކުޑަކުދިންތަކާއިއެކުގައި ހުންނަވަނިކޮށެވެ.
މިކަމުން އަންގައިދެނީ ކޮންކަމެއް ހެއްޔެވެ؟ ކުޑަކުދިންގެ މައްޗަށް ﷲ ތަޢާލާ ރަޙުމްކުރައްވަވާ މިންވަރެވެ. ލޯބިވެވޮޑިގަންނަވާލެއް ބޮޑުކަމެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިހުރީ ވަރުގަަދ ފިލާވަޅުތަކެވެ.
ދެމީހުންނަށް އެކުގައި އުޅެވެން ނެތިއްޖެނަމަ ކައިވެނި ރޫޅައިނުލަން ބުނަނީއެއް ނޫނެވެ. އެކަން ހުއްދައެވެ. ނަމަވެސް ފިރިމީހާގެ މައްޗަށް ވާޖިބްތަކެއްވެއެވެ. އެންމެ ބޮޑު ވާޖިބަކީ ވަރިކުރިނަމަވެސް ތިމާއަށް ލިބިފައިވާ ދަރިންނަށް ޚަރަދުކޮށް އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ަނބިމީހާ ވަރިކުރުމަށްފަހު ދަރިންނަށް ދަރިންނަށް ބަލައިނުލާ ބައްޕައިންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބައްލަވައި ނުލައްވަވައިފާނެ ކަމަށް ބިރުވެތިނުވަނީ ހެއްޔެވެ؟ ޔަޤީންވާކަމަކީ ޒިންމާ ނުއުފުލިނަމަ އެކަމުގެ ފާފަ ބޮލުގައި އެޅޭނެ ކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އެކަނި އައިސް މާލޭގެ މިސްކިތަކަށް ފަތިސްނަމާދަށް އެރި ޢުމުރުން 7 އަހަރުގެ ކުޑަކުއްޖެއެވެ. އެއިރު ގަޑިންވާނީ 5:30 ހާއިއރެވެ. އެކަނި ހުރެ ވަރަށް ރީތިކޮށް، ފުރިހަމައަށް ނަމާދުކޮށް ނިމިގެން މިސްކިތުން ފޭބުމުން ސުވާލުކުރީމެވެ.
ކޮއްކޮގެ މަންމަ ކޮބައިތޯއެވެ؟ ޖަވާބަކީ ގޭގައެވެ.
ކޮއްކޮގެ ބައްޕަ ކޮބައިތޯއެވެ؟ ވީތަނެއް ނުއެނގޭކަމަށް ބުނަމުން ދެއަތް އުފުލީ އުޑާއި ދިމާއަށެވެ.
އެކުއްޖާ ދިއުމުން އެތަނުގައި ހުރި މީހަކު ބުންޏެވެ. "އެއީ އަވަށްޓެރި އަންހެނެއްގެ ދަރިއެކެވެ. އޭނާގެ 3 ކުދިން ތިބޭނެއެވެ. ދޮށްޓަށް ތިބޭނީ 2 އަންހެންކުދިންނެވެ. މިއީ އެންމެ ހަގުކުއްޖާއެވެ. މިކުއްޖާ ވިހެއިތަނުން ވަރިކޮށްލާފައި ދިއަފަހުން ދަރިއެއްގެ ލޮލަކަށް އޭނާއެއް ނުފެނެއެވެ. އަޅައެއް ނުލައެވެ. މަންމަ ދަރިންކޮޅު ގެންގުޅެނީ ވަރަށް ދަތިޙާލުގައެވެ. އެއީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. މިހާރުވެސް ތަންކޮޅެއް ދުރުގައި ދަރިފުޅު ދަންދެން މަޑުކޮށްގެން ހުންނާނެއެވެ."
މިދެއްކޭ ވާހަކައަކީ މިއީއެވެ. އަނބިމީހާ ވަރިކޮށް އެއްލައިލިފަދައިން 3 ދަރިންވެސް އެއްލައިލީއެވެ. އަނބިމީހާ ކަމުނުގޮސްގެން ވަރިކުރިނަމަވެސް ބައްޕަ ދުނިޔޭގައި ހުރެ ތިމާއަށް ލިބިފައިވާ 3 ދަރިން ޔަތީމްކޮށްލާ މީހުންގެ އަތުން ދަރިންގެ ޚަރަދަށް ކޯޓުތަކަށް ފައިސާ އަތުނުލެވުނަސް އެފަދަ މީހުންގެ ފޮޓޯ އާއި ވަނަވަރު ޢާންމު ނުކުރެވެންވީ ސަބަބަކީ ކޮބައިތޯއެވެ؟ ޢާންމުކުރާނަމަ ހެޔޮ ބަދަލެއް ނުއަންނާނެބާވައެވެ!
Advertisement
4 ޖުލައި 2025