އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުބައި ކަންކަން ހުއްޓުވަން މަސައްކަތްކުރުމުގެ ޒިންމާ އުފުލަން ބޮޑަށް ފިރިހެނުންނަށް ޖެހުނަސް އަންހެނުންނަށްވެސް އެޒިންމާ އެބައޮތް!

ނުބައި ކަންކަން ހުއްޓުވަން މަސައްކަތްކުރުމުގެ ޒިންމާ އުފުލަން ބޮޑަށް ފިރިހެނުންނަށް ޖެހުނަސް އަންހެނުންނަށްވެސް އެޒިންމާ އެބައޮތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ކޮންމެ މީހަކީ އެހެން މީހުން ކުރާ ނުބައި ކަންކަން ހުއްޓުވަން ކަމެއް ކުރެވިދާނެ މީހަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންތައްތަކެއް ހުންނާނެއެވެ. އެކަމަށް އެންމެ ފުރަތަމަ މަސައްކަތްކުރަން ފަށަންވީ އަމިއްލަ ގޭތެރެއިންނެވެ. އެމީހަކު ދިރިއުޅޭ ގެއިންނެވެ. ހުއްޓުވަން މަސައްކަތްކުރަންވީ އަމިއްލަ ޢާއިލާގެ ތެރޭގައި ހިނގާ ކަންކަމެވެ. 

ބުނަންހެއްޔެވެ؟ އަޚަކު ނުވަތަ އުޚުތަކު ނުވަތަ ދަރިއަކު ނުބައި ކަމެއް ކުރަނީއެވެ. އެކަން އެނގިހުރުވެސް އެކަން ހުއްޓުވަން މަސައްކަތް ނުކުރެވޭނަމަ އެމީހަކު އެވަނީ ﷲ ތަޢާލާއަށްޓަކައި އެމީހަކު އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި ފޭލްވެފައެވެ. ވީމާ ކިތަންމެ ގިނަފަހަރު ތަކުރާރުކުރަންޖެހުނަސް ޙައްޤުބަސް ބުނާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވާން ބުނާށެވެ!  

ޢިޖާބަނުދޭނަމަ އެމީހަކާއި ދުރުހެލިވާން ދީނުގައި ހުއްދަ މިންވަރަށް ދުރުހެލިވާށެވެ! އެއީ ކުރަންޖެހޭނެ ކަމެކެވެ. އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށްބުނެ ނިންމައެއް ނުލެވޭނެއެވެ. މުސްލިމުން އުޅެން އޮތް އަންގަވައިދެއްވަވާފައިވަނީ ﷲ ތަޢާލާއެވެ!  

ﷲ ތަޢާލާ އަންގަވާފައިވަނީ ހަމަ އެކަނި ތިމާ ސުަވރުގެ ވަންނަން މަސައްކަތްކުރުމަކަށް ނޫނެވެ. ޢާއިލާގެ އެންމެން ގޮވައިގެން ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރުމަށެވެ! ފިރިހެނުންގެ ޒިންމާ ބޮޑެވެ! ނަމަވެސް އަންހެނުންގެ ބޮލުގައިވެސް ޒިންމާތަކެއް އެބަހުއްޓެވެ. އަންހެނުންނަށާއި ފިރިހެނުންނަށްވެސް އޮތީ އެމީހެއްގެ ޒިންމާ އަދާކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް