އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރީތިކަމަށް ބަލައިގެން ކުރާ ކައިވެނިން ގާތީ އެއްވެސް ފައިދާއެއް ނުކުރުން! ޚިދުމަތެއްވެސް ނުލިބުން!

ރީތިކަމަށް ބަލައިގެން ކުރާ ކައިވެނިން ގާތީ އެއްވެސް ފައިދާއެއް ނުކުރުން! ޚިދުމަތެއްވެސް ނުލިބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ކުރާ ކައިވެނިން ފައިދާކުރާނީ ސަބަބުތަކަކާއިއެކުގައެވެ. އެކެއްގެ ކިބައިން އަނެކާއަށް ކަންތައްތަކެއް ފުރިހަމަވާނަމައެވެ. ކަންތައްތަކެއް ކަމަށް މިބުނަނީ އެކުގައި އެއްދާންކުރުމުގެ ވާހަކައެއް ނޫނެވެ. ދިރިއުޅެން ބޭނުންވާ ކަންތައްތަކުގެ ވާހަކައެވެ.  

ސިފަ ރީތި ނޫންނަމަ އެކުގައި އުޅެން މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަނެކާއަށް ޚިދުމަތްތަކެއް ކޮށްދީ އަނެކާގެ ރުހުން ހޯދަން މަސައްކަތްކުރަންޖެހެއެވެ. ނޫންނަމަ ކައިވެނި ރޫޅިދާނެ ކަމުގެ ބިރު އޮންނާނެއެވެ.  

ނަމަވެސް ރީތިވީމާ ގިނަ ފަހަރު ކަންކަން މެދުވެރިވަނީ ތަފާތު ގޮތަކަށެވެ. ބައިވެރިޔާއަށް ބޭނުންވާ ކަންކަން ކޮސްދިނުމުގައި ފަރުވާކުޑަކުރެވެއެވެ. އެއީ ކައިވެނިކުރީ ރީތިކަމަށް ބަލައިގެން ކަމަށްވުމުން ބައިވެރިޔާއަށް އެއްވެސް ކަމެއް ކޮށްނުދިނަސް ކަންނެތް ދިރިއުޅުމެއް އުޅުނަސް އެކުގައި އުޅެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ. ދޫކޮށްނުލައި ގެންގުޅޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ.  

މިކަން މިގޮތަށްވަނީ ރީތިނަމަ އެމީހެއްގެ ފަހަތުން ގިނަ ބައަކު އަބަދުވެސް އެނބުރޭތީއެވެ. ކައިވެނި ރޫޅުނަސް ވަރަށް ފަސޭހައިން ދެވަނަ ކައިވެނި ކުރެވޭނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ.  

އެންމެންހެން ބުނާނީ ތިމަންނާއަށް ބޭނުންވަނީ ކޮންމެހެން ސިފަ ރީތި ބައިވެރިއެއް ނޫންކަމަށާއި ތިމަންނާއަށް ޚިދުމަތްކުރާނެ ބައިވެރިއަކު ކަމަށެވެ. އެހެބުނާ މީހުންގެ ތެރެއިންވެސް ގިނަ ބައަކު އިސްކަންދެނީ ރީތިކަމަށެވެ. ބައިވެރިޔާގެ ސިފަ ރީތިވުމަކީ ހިތްހަމަޖެހުން އިތުރުވާނެ ކަމެކެވެ. ނަމަވެސް ލިބެން ބޭނުންވާ ޚިދުމަތްތައް ނުލިބޭނަމަ މައްސަލަ ޖެހެނީ ލިބެންވާ ޚިދުމަތްތައް ނުލިބޭތީއެވެ.  

އަހުރެން ބުނާނީ ބައިވެރިއަކު ހޯދާއިރު ސިފައަށް 20 އިންސައްތައަސްވުރެ ގިނައިން މާކްސް ނުދޭށެވެ. ރިވެތި އަޚްލާޤާއި އެހެން ކަންކަމަށް 80 އިންސައްތަ މާކްސްދޭށެވެ! ބޭނުންވާ ޚިދުމަތްތައް ލިބި އުފަލުގައި އުޅެވޭނީ އެއިރުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް