އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢުމުރުން 18 އަހަރުގެ މުޙައްމަދު ޢިޔާން ޢަލީ އާދަމް ހާފިޡްކަމުގެ އިމްތިޙާނުން 1 ވަނަ ދަރަޖައިގަ ފާސްވެއްޖެ! މާޝާ ﷲ

ޢުމުރުން 18 އަހަރުގެ މުޙައްމަދު ޢިޔާން ޢަލީ އާދަމް ހާފިޡްކަމުގެ އިމްތިޙާނުން 1 ވަނަ ދަރަޖައިގަ ފާސްވެއްޖެ! މާޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ޢުމުރުން 18 އަހަރުގެ މުޙައްމަދު ޢިޔާން ޢަލީ އާދަމް (ޔާގޫތުގެ، ނ.ފޮއްދޫ) ހާފިޡްކަމުގެ އިމްތިޙާނުން 1 ވަނަ ދަރަޖައިގަ ފާސްވެއްޖެއެވެ. މާޝާ ﷲ. މިއީ ފޮއްދޫގެ ފުރަތަމަ ޙާފިޡެވެ. 

އަލްޙާފިޡް މުޙައްމަދު ޢިޔާން ޢަލީ އާދަމްގެ މަންމާފުޅު ވިދާޅުވީ ދަރިފުޅު ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށީ ޢުމުން 10 އަހަރުގައި ކަމަށާއި 5 އަހަރުން ޚަތިމް ހިތުދަސް ކުރެވުނު ނަމަށެވެ. ކޮވިޑުގެ 2 އަހަރު ކުރިމަތިވުމާއި އެހެންވެސް ބައެއް ސަބަބުތައް ކުރިމަތިވެ އިމްތިޙާން ނުހެދި ލަސްވެގެން އައީކަމަށެވެ. 

"އަޅުގަނޑުމެންގެ ދަރިފުޅު ހިފުޡް ކްލާސް ކުރިއަށް ގެންދިއައީ ޤުރްއާނާއިބެހޭ މަރުކަޒުގަ. މަދުރަސީ ތައްލީމް ޙާޞިލްކުރީ ޣިޔާސުއްދީން ސްކޫލުގަ. ސްކޫލުން ގިނަ މާއްދާތަކެއް ކިޔަވާތީ ނިމެނީ ވަރަށް ލަހުން. ވަރަށް ގިނަ މާއްދާތައް ކިޔަވާތީ ވަރަށް ގިނަ ވަޤުތު ސްކޫލްގަ ހޭދަކުރަންޖެހޭ! އިތުރު ކަމެއް ކުރަން ލިބެނީ ވަރަށް ކުޑަ ވަޤުތުކޮޅެއް!" ކަމަށްވެސް މަންމާފުޅު ވިދާޅުވިއެވެ. 

މުޙައްމަދު ޢިޔާން ޢަލީ އާދަމް ޤުރްއާނާއިބެހޭ މަރުކަޒަށް ކިޔައިދޭން ފަށާފައިވަނީ 19 މެއި 2025 ގައެވެ. ކިޔައިދީ ނިންމީ 30 ޖޫން 2025 ގައެވެ. (30 ދުވަހުން ދުވާލަކު ފޮތެއް ކިޔައިދީގެން) 

މިއަދުނޫހުން އަލްހާފިޡް މުޙައްމަދު ޢިޔާން ޢަލީ އާދަމް ޙާފިޡަކަށް ވެލެއްވުމަށް ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް މަރުޙަބާ އާއި ތަހުނިޔާ އަރިސްކުރަމެވެ. ދުޢާއަކީ ޤުރްއާނުގެ ޢިލްމާއި އެހެންވެސް ދާއިރާތަކުން އަލްހާފިޡް މުޙައްމަދު ޢިޔާން ޢަލީ އާދަމަށް އިތުރު ކާމިޔާބީ މިންވަރުކުރެއްވެވުމެވެ. އާމީން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު