އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެފުރޮޅުލީ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް އެތެރެކުރުމުގެ ފުރުޞަތު ހުޅުވައިފި

ދެފުރޮޅުލީ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް އެތެރެކުރުމުގެ ފުރުޞަތު ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ދިވެހިރާއްޖެއަށް ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް އެތެރެކުރުމަށް ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުޞަތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

ދިވެހި ސަރުކާރުގެ ގެޒެޓުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ވަނީ، މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ. މި ގަވާއިދަކީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދަށް މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ގެނެވުނު އިސްލާޙުތަކާ ގުޅިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ގެޒެޓުގައި ޝާއިޢުކޮށްފައިވާ ގަވާއިދެކެވެ.

އެހެންކަމުން، މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި، ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހުއްދައަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުންނާއި ވުޒާރާގެ ރިސެޕްޝަނުން ވެސް ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ޢާންމުކުރި ގަވާއިދުގައިވާ ގޮތުން، އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއާއި، އުޅަނދާ ބެހޭ އެކިއެކި ލިޔެކިޔުންތައް ހުށައަޅަންޖެހޭނެއެވެ. މި ގަވާއިދު ތަންފީޒުކުރުމުގެ މައިގަނޑު މަޤްސަދަކީ އެއްގަމު އުޅަނދުތައް ރާއްޖެ އެތެރެކުރުމުގައި ހަރުދަނާ އިންތިޒާމެއް ޤާއިމުކޮށް، ގަރާޖުކުރުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މަގުފަހިކުރުން ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު