އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަތް ދޫލައިގެ މަރުޙަބާއެއް!

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ރަތް ދޫލައިގެ މަރުޙަބާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ، މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރައްވުމާއެކު ވުޒާރާއިން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިއަދު ހެނދުނު އެމަނިކުފާނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ޒިޔާރަތް ކުރެއްވުމުން އެމަނިކުފާނަށް ވުޒާރާއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނެވެ. އެއަށްފަހު އެމަނިކުފާނުވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އަދި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި ވުޒާރާގެ އިސްވެރިންނާއި ބައްދަލު ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން ވުޒާރާގެ ކަންކަމުގައި ބަހައްޓަވާ އިސްކަމާއި ދެއްވާ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ސަޢުދީ ސަފީރަށް އަރުއްވާފައވެެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު ވަނީ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައެވެ. މިގޮތުން ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންނަށް ވަނީ ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު