އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ޚިދުމަތްތައް އިފްތިތާޙުކޮށްފި

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމާ، ރަސްމީކޮށް ޚިދުމަތްތައް އިފްތިތާޙުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ޔުނިޓެޑް އަރަބް އެމިރެޓްގެ އެހީތެރިކަމާއެކު ކުރިއަށްގެދިޔަ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، އެއަރޕޯޓުގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުލަގަދަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މަސައްކަތުގެ ނިމުން ފާހަގަކުރުމަށްޓަކައި މާފަރު އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޚިދުމަތް އިފްތިތާޙުކުރީ މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓުގެ ދަތުރަކާއެކުގައެވެ. މި ބޯޓަށް މަރުޚަބާ ކިއުމަށްޓަކައި ވޯޓަރ ސެލިއުޓްއެއްވެސް ދީފައިވެއެވެ.

މި ކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަޙްމާން ރަހްމާ އަބްދުލްރަޙްމާން އަލް ޝަމްސީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުޙައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު