އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ބެޓަރ ޑިމޮކްރަސީ" ޖެހި ޓީޝާޓުން ފެށިގެން އިޞްލާޙަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރެވުނީ ޤާސިމް އިބްރާހީމްގެ މޭސްތިރިކަމާ ބައިވެރިވުމާއެކު: ޢަލީ ޙުސައިން

"ބެޓަރ ޑިމޮކްރަސީ" ޖެހި ޓީޝާޓުން ފެށިގެން އިޞްލާޙަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރެވުނީ ޤާސިމް އިބްރާހީމްގެ މޭސްތިރިކަމާ ބައިވެރިވުމާއެކު: ޢަލީ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ރާއްޖޭގައި އިޞްލާހަށް ކުރަން ފެށުނު މަސައްކަތްތައް ފެނިގެން އައީ "ބެޓަރ ޑިމޮކްރަސީ" ޖަހާފައިވާ ޓީޝާޓުތަކަކުން ކަމަށާއި އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ރާއްޖޭގައި އިޞްލާޙަށް ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރެވުނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ މޭސްތިރިކަމާއި އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުމާއިއެކުގައި ކަމަށް ޖޭޕީގެ ޑިޕިޔުޓީ ޕީޖީ ލީޑަރު ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރު 2 މެންބަރަކު ޖޭޕީއާއި ގުޅުމަށް މިރޭ ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޢަލީ ޙުސައިން ވިދާޅުވީ އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ ފަހަތުގައިވެސް ހުންނެވީ ޤާސިމް އިބްރާހީމް ކަމަށާއި ދިވެހި ޤައުމަށް ގެނެވުނު ކޮންމެ އިންޤިލާބީ، ހެޔޮ ބަދަލެއްގެ ފަހަތުގައި ވެސް ހުންނެވީ ހަމަ ޤާސިމް އިބްރާހީމް ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަން ބޭނުންވި ނަމަވެސް އަދި ނުވި ނަމަވެސް ޙަޤީޤަތް ވާނީ ހަމަ ހަޤީޤަތަށް. 2008 ވަނަ އަހަރު ޤައުމުގެ ވެރިކަން ބަދަލުކުރެވުނީ ވެސް ހަމަ ޖުމްހޫރީ ޕާޓީ އާއިއެކު. ވެރިކަން ބަދަލުވުމުން ކަންކަމަށް އަންނަ ލޮޅުންތަކުގެ ވާހަކައަކީ މުޅިން އެހެން ވާހަކަތަކެއް. 2013 ގަ ވެސް ވެރިކަން ލިބުނު މީހަކަށް ވެރިކަން ލިބުނީ ހަމަ ޖުމްހޫރީ ޕާޓީ އާ އެކީގަ. ކަން ވެގެންދިއަ ގޮތާ ފަހުން ވީގޮތް އެއީ ވެސް އަދި މުޅިން އެހެން ވާހަކައެއް."

ޢަލީ ޙުސައިން ވިދާޅުވީ މިއަދުވެސް ފެނިގެން މިދަނީ ހަމަ އެމަންޒަރު ކަމަށާއި ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައިވެސް ވެރިކަން ބަދަލުކޮށްލެވުނީ ހަމަ ޖުމްހޫރީ ޕާޓީގެ މެންބަރުންގެ މިންނަތް މަސައްކަތުން ކަމަށެވެ. އެ މަސައްކަތަށް އެންމެންވެސް ފަޚުރުވެރިވާނެ ކަމަށެވެ.

ޢަލީ ޙުސައިންގެ ވާހަކަފުޅު (އޯޑިއޯ):

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް