އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ އިސްތިޤްލާލް ޤްރްބާންކޮށްފަ ޗައިނާއަށް ލޯނު ދައްކަން ޖެހޭ ހާލަތަކަށް އަދި ނުދޭ!

ރާއްޖޭގެ އިސްތިޤްލާލް ޤްރްބާންކޮށްފަ ޗައިނާއަށް ލޯނު ދައްކަން ޖެހޭ ހާލަތަކަށް އަދި ނުދޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

އިންޑިއާގެ ބައެއް ނޫސްތަކުގެ ފަލަ ސުރުޚީގައި މިއަދު ވަނީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިގެން 1 ބިލިއަން ޑޮލަރުގެ ލޯނު ފެސިލީޓީތަކެއް އިންޑިއާއިން ހަމަޖައްސައިދޭން އުޅޭކަމުގެ ވާހަކަތަކާއި އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި "ބަޑަހަޖަހަން" އުޅޭ ކަމުގެ ވާހަކަތަކެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި "ބަނޑަހަޖަހަން" ފުރުޞަތު ދީފިނަމަ އިންޑިއާ އޮތީ ލޯނުދޭން ތައްޔާރަށް ކަމަށްވެސް ލިޔަމުންނެވެ.  

މިވާހަކަތަކަށް ބަލާއިރު ޗައިނާއަށް ލޯނު ނުދެއްކިގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޤްރްބާނެ ކުރަން ޖެހޭ ޙާލަތަކަށް އަދި ނުދެއެވެ. ޗައިނާއިން ދިވެހި ސަރުކާރަށް ލޯނުތައް ދީފައިވަނީ ލޯނު އަދާކުރަން ފަށަން 5 އަހަރުގެ މުއްދަތެއް ދިނުމާއިއެކު ލޯނު އަދާކުރަން 20 އަހަރުގެ މުއްދަތެއްވެސް ދީފައެވެ. 

އެހެންކަމުން 2015 ވަނަ އަހަރު ނެގި ލޯނުތައް އަދާކުރަން ފަށަން ޖެހޭނީވެސް ވެސް 2020 ވަނަ އަހަރުއެވެ. އަދި 2 އަހަރު ފަހުންނެވެ. ވީމާ އަދި 2 އަހަރު ފަހުން ދައްކަން ފަށަން ޖެހޭ އެއްޗެއް ނުދެއްކިދާނެ ކަމުގެ ބިރަށް މިހައި އަވަހަށް ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޤްރްބާން ކުރަންޖެހެންވީ ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

އިންޑިއާގެ ގިނަ ނޫސްތަކުގައި ފަލަސުރުޚީތަކުގައި ގެންދަނީ "ފައިސާއަށް ޖެހިފައިވާ ދިވެހިރާއްޖެ" ފަދަ އިބާރާތްތައް ވެސް ލިޔަމުންނެވެ.

މިވާހަކަތަކާއި ގުޅިގެން ރާއްޖެއަކީ އިންޑިއާ އާއި އެންމެ ގާތުގައި އޮތް ޤައުމު ކަމަށްވެފައި އިންޑިއާއިން ބޭނުންވެއްޖެނަމަ 30 ވަރަކަށް މިނިޓުން ރާއްޖެ އާދެވޭނެއިރު އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީ ގޮތެއްގައި ތިބެންޖެހޭ ސަބަބަކާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.  

ރާއްޖޭގައި މިހާރުވެސް އިންދިއާ ސިފައިން އެބަތިއްބެވެ. ސެނެހިޔާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ގޮތުގައިވެސް ތިބެއެވެ. ހެލިކޮޕްޓަރުގެ ކަންމުގައިވެސް ތިބެއެވެ. އެހެންކަމާއިއެކު ސީދާ ސިފައިންގެ ގޮތުގައި އިންޑިއާގެ ސިފައިންގެ ފައުޖުތައް ރާއްޖޭގައި ތިބެން ބޭނުންވުމުގެ މަޤްޞަދާއި ދޭތެރޭ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާ އިން ގެންދަނީ އަސްކަރީ ކަންކަމުގައި ރާއްޖެއަށް އެހީތެރިވަމުންނެވެ. ތަމްރިނާއި ހަތިޔާރުގެ ގޮތުންވެސް އެހީތެރިވަމުންނެވެ. ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަނީވެސް ވަރަށް ގާތް ގުޅުމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް