އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެއާ ހުޅުމާލޭގެ ބަސް ހުއްޓިތަކަށް ދަތުރުތައް ފެށުން އިފްތިތާޙްކޮށްފި

މާލެއާ ހުޅުމާލޭގެ ބަސް ހުއްޓިތަކަށް ދަތުރުތައް ފެށުން އިފްތިތާޙްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މާލެއާއި ހުޅުމާލޭގެ ބަސް ހުއްޓިތަކަށް ބަހުގައި ދަތުރުތައް ކުރަން ފަށައިފިއެވެ. ބަސް ހުއްޓިތައް އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ބަސް ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާ އާއި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. 

މިނިސްޓަރ ޢައިޝާ މިއަދުވެސް ވިދާޅުވީ މާލެ ހުޅުމާލެ އަދި ހުޅުލެއަށް ބަސް ދަތުރުތައް ފެށުމާއިއެކު ރާއްޖެތެރޭގައިވެސް ބަސް ދަތުރުތައް ފެށުމަށް ކުރަންޖެހޭ ދިރާސާތައް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި އެކަމަށްޓަކައި އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއް މިރޭ ފަށްޓަވާނެ ކަމަށެވެ. އަދި އެއަށްފަހު ފުވައްމުލަކަށްވެސް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. 

ޝިފާ ވިދާޅުވީ ބަހުގެ ޚިދުމަތް ވީހައި އަވަހަކަށް ފޯރުކޮށްދޭން ފެށުމަކީ ރައީސް އިބްރަހީމް މުޙައްމަދު ޞާލިޙުގެ ވައުދެއް ކަމަށާއި މިހައި އަވަހަށް ބަހުގެ ޚިދުމަތް މިހައި ފުރިހަމައަށް ފެށިގެންދާކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ.

މިދަތުރުތައް ފެށުމާއި ގުޅިގެން މާލޭގެ 3 ސަރަހައްދެއްގައި ހުރި ބަސް ހުއްޓިތަކުން ބަސް ދަތުރު ފެށޭނެއެވެ. އަދި ހުޅުމާލޭގެ ނިރޮޅުމަގުގެ ބައެއް ސަރަހައްދުތަކުގައި ހުރި ބަސް ހުއްޓިތަކުން ވެސް ޚިދުމަތް ހޯދޭނެއެވެ. ހުޅުމާލޭގައި ބަސް ހުއްޓިތައް ހުރީ ޢާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުން 10 ވަރަކަށް މިނިޓުން ބަސްހުއްޓިއަށް ހިނގާފައިދެވޭނެ ސަރަހައްދުތަކުގައެވެ. މިޚިދުމަތް ލިބުމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް